Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމީރާގެ 11 ވަނަ އަހަރީ ދުވަހުގެ މެސެޖް

ޓެކްސް ދައްކާ ފަރާތްތަކަށް ދެވެން ހުރި ލުއިތައް މި އަންނަނީ ދެމުން: ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން

2 އޯގަސްޓު 2021 | ހޯމަ 08:23

ކޮވިޑުގެ ހާލަތު ދިގުދެމިގެން ދިޔަނަމަވެސް މީރާގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސްފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 2 އޯގަސްޓު 2021 | ހޯމަ 08:23
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން

ޓެކްސް ދައްކާ ފަރާތްތަކަށް ގާނޫނީ ތަރަހައިގެ ތެރެއިން ދެވެން ހުރި ލުއިތައް ދެމުން އަންނަ ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުޙުﷲ ޖަމީލް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ 11 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ނެރުއްވި މެސެޖްގައި ފަތުޙުﷲ ވިދާޅުވީ މީރާގެ 10 ވަނަ އަހަރީ ދުވަސް އައި އިރުވެސް އެ ކުންފުނި ތަޖުރިބާ ކުރަމުން ދިޔައީ ރާއްޖެއާއި މުޅި ދުނިޔެ ވެސް ފަހުގެ ތާރީޚެއްގައި ދެކެފައިވާ އެންމެ ބޮޑު އާންމު ސިއްހަތުގެ ކާރިސާގެ ތެރޭގައި ވަނިކޮށް ކަމަށެވެ. ކޮވިޑުގެ ޕެންޑަމިކް އަހަރަކަށްވުރެ އިތުރަށް ދިގުދެމިގެން ދިޔުމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމަށާއި އާންމު ދިރިއުޅުމާއި ރައްޔިތުންގެ ފުދުންތެރިކަމަށް ވެސް މިކަމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައިވާ ކަމަށް ފަތުޙުﷲ ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށާއި މި އުނދަގޫ ހާލަތުން އަރައިގަތުމަށްޓަކައި ޓެކްސް ދައްކާ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަަކަށް އެހީތެރިވެދިނުމުގެ ގޮތުން ގާނޫނީ ތަރަހައިގެ ތެރެއިން، ޓެކްސްގެ ނިޒާމުގައި ޓެކްސް ދައްކާ ފަރާތްތަކަށް ދެވެން ހުރި ލުއިތައް ހަމަޖައްސަވައިދެއްވާކަން ފާހަގަކުރައްވައި ފަތުޙުﷲ ވިދާޅުވީ ޓެކުހުގެ ސުންގަޑިތައް ފަސްކޮށްދިނުމާއި އިންސްޓޯލްމަންޓް އުސޫލުން ޓެކްސް ދެއްކުމުގެ ފުރުސަތު އިތުރަށް ފަސޭހަކޮށްދިނުމާއި ޖޫރިމަނާ މާފުކުރުމުގެ އުސޫލު ލުއިކޮށްދީފައިވާ ކަމަށެވެ.

ކޮވިޑުގެ ހާލަތު ދިގުދެމިގެން ދިޔަނަމަވެސް މީރާގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސްފައިވާ ކަމަށާއި ޓެކްސް ނިޒާމު ހިންގުން ހަރުދަނާކޮށް ކުރިއަރާފައިވާ އެހެން ޓެކްސް ނިޒާމުތަކުގައި ވެސް އަމަލުކުރާ އުސޫލުން މީރާގެ މަސައްކަތްތައް ވެސް ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީ އާއި ކޮމްޕްލަންސް އިމްޕްރީވްމަންޓް ޕްލޭންގެ ދަށުން ކުރުމަށް ރޭވިފައިވާ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މީރާގެ އިދާރީ މަސައްކަތްތައް ހަރުދަނާކޮށް ނުރައްކާތެރި ހާލަތަަކަށް ނުވަތަ ކާރިސާއަކަށް ތައްޔާރުވުމުގެ ގޮތުން މުއައްސަސާއަށް ދިމާވެދާނެ ރިސްކްތައް ދެނެގަނެ އަދި އެ ރިސްކްތައް މިޓިގޭޓްކުރުމުގެ ގޮތުން މީރާގެ ބިޒްނަސް ކޮންޓިނިއުޓީ ރިސްކް އަދި އެންޓަޕްރައިޒް ރިސްކް ރަޖިސްޓަރީ އަދި މިޓިގޭޝަން ޕްލޭން ހިމޭނެ ގޮތުން، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުގެ ފަންނީ އެހީތެރިކަމާއެކު މީރާގެ ބިޒްނަސް ކޮމިއުނިޓީ ޕްލޭން ފާއިތުވި އަހަރުގެ ތެރޭގައި ވަނީ އެކުލަވާލާފައެވެ. އިޤްތިޞާދީގޮތުން ދަތި ހާލަތެއްގައި ގައުމުވާއިރު ރާއްޖޭން ނަފާ ހޯދާ މަލްޓިނޭޝަނަލް ކުންފުނިތަކުން ރާއްޖެއަށް ލިބެންވާ ޓެކްސް ހަމައަށް ލިބޭކަން ކަށަވަރުކުރުމުގެ މުހިއްމުކަން ބޮޑުވެފައިވާ ކަމަށް ވެސް މި މެސެޖުގައި ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން މިފަދަ ކުންފުނިތައް އޮޑިޓްކުރުމުގެ ތަމްރީނާއި ހުނަރު މީރާގެ މުވައްޒަފުންގެ ކިބައިގައި އިތުރުކުރުމަށް އެހީތެރިވެދީ އަމަލީ ގޮތުން މީރާގެ އޮޑިޓަރުންނާއެކު މަސައްކަތް ކޮށްދިނުމަށް އޯއީސީޑީ އާއި ޔޫއެންޑީޕީގެ އެހީގައި ހިންގޭ ޓެކްސް އިންސްޕެކްޓާރސް ވިތައުޓް ބޯޑަރސް ޕްރޮގްރާމުގެ ދަށުން ޓްރާންސްފަރ ޕްރައިސިންގ އޮޑިޓާ ގުޅޭ ނިއުޒިލޭންޑްގެ ތަޖުރިބާކާރެއް ހަމަޖެހި މީރާގެ އޮޑިޓަރުންނާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ.

ފަތުޙުﷲ އިތުރަށް ވިދާޅުވީ މީރާ އިން ޚިދުމަތް ހޯދާ ފަރާތްތަަކަށް އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުން މީރާއަށް ދައްކާ އެންމެހާ ފައިސާ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަަމަށާއި ފައިސާ ދެއްކޭނެ އިތުރު ގޮތެއް ފަހިކޮށްދިނުމުގެ ގޮތުން ދިރާގު ޕޭ އަދި އުރީދޫ އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ފާއިތުވި އަހަރު ހަަމަޖައްސާފައިވާ ކަމަށެވެ. މީރާ އިން ފާއިތުވި އަަހަރު ކުރި މަސައްކަތްތަކަށް އަލިއަޅުވާލައްވައި ފަތުޙުﷲ ވިދާޅުވީ އިތުރު ދެ އޮފީހެއް ރާއްޖޭގެ ދެ އަތޮޅެއްގައި ގާއިމުކޮށްފައިވާ ކަމަށެވެ. މި އޮފީސްތަކާއެކު ރާއްޖޭގެ 17 އަތޮޅެއްގައި މިހާރު ވަނީ މީރާގެ އޮފީސްތައް ގާއިމުކޮށްފައެވެ.

މީރާގެ ހަޔާތުން 12 ވަނަ އަހަރަކަށް ކުރިމަތިލާއިރު ކާމިޔާބު މުއައްސަސާއެއްގެ ގޮތަށް ކުރިއަށްދަނީ މީރާގެ މުވައްޒަފުންގެ މިންނެތް މަސައްކަތާއި ޓެކްސް ދައްކާ ފަރާތްތަކުންނާއި އާންމުން ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމުގެ ސަބަބުން ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

01 ޖޫން 2017

ފަތެއް ނެތް، ލިބެން ހުރި ފަތުގެ ބާވަތްތަކުގެ އަގުތައް އެހާ މަތީގަ!

01 ޖޫން 2017
ފަތެއް ނެތް، ލިބެން ހުރި ފަތުގެ ބާވަތްތަކުގެ އަގުތައް އެހާ މަތީގަ!
13 އެޕްރީލު 2017

ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސްއާ ގުޅޭ ޖޫރިމަނާތައް މީރާއިން މަޢާފް ކުރަނީ!

13 އެޕްރީލު 2017
ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސްއާ ގުޅޭ ޖޫރިމަނާތައް މީރާއިން މަޢާފް ކުރަނީ!
29 މާރިޗު 2017

ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

29 މާރިޗު 2017
ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ
04 މާރިޗު 2017

ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ

04 މާރިޗު 2017
 ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ
24 ފެބުރުއަރީ 2017

ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

24 ފެބުރުއަރީ 2017
ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް
10 ފެބުރުއަރީ 2017

ސަރަޙައްދީ އޮފީސްތަކަށް ބަލައިގަތް ޓެކްސް ޢާމްދަނީ އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ސަރަޙައްދީ އޮފީސްތަކަށް ބަލައިގަތް ޓެކްސް ޢާމްދަނީ އިތުރުވެއްޖެ
01 ފެބުރުއަރީ 2017

މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ

01 ފެބުރުއަރީ 2017
މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ
17 ޖެނުއަރީ 2017

ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީޢަވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާގޮތަށް ހަމަޖައްސައިފި

17 ޖެނުއަރީ 2017
ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީޢަވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާގޮތަށް ހަމަޖައްސައިފި
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
10 ޖެނުއަރީ 2017

އެމްޓީސީސީގެ ހުރިހާ އިސްވެރިން ދުވުމުގައި ބައިވެރިވާން ނިންމައިފި

10 ޖެނުއަރީ 2017
އެމްޓީސީސީގެ ހުރިހާ އިސްވެރިން ދުވުމުގައި ބައިވެރިވާން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް