Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮރެއާ ބައްރަށް ސުލްހަ ގެނައުން

އަސްކަރީ ފަރިތަކުރުންތައް ވަރުގަދަކުރާނަމަ މަސްރަހު ގޯސްވާނެ: އުތުރު ކޮރެއާ

2 އޯގަސްޓު 2021 | ހޯމަ 02:07

އެމެރިކާއާ ގުޅިގެން ދެކުނު ކޮރެޔާއިން އޯގަސްޓް މަހުގެ ތެރޭގައި އަސްކަރީ ފަރިތަކުރުން ފަށާ ވާހަކަތައް އަނެއްކާވެސް ވަނީ ފެންމަތިވެފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 2 އޯގަސްޓު 2021 | ހޯމަ 02:07
އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮން އުންގެ ކޮއްކޯފުޅު ކިމް ޔޯ ޖޮންއަކީ އޭނާގެ ޚާއްޞަ މުޝީރެއްގެ ގޮތުގައި ނުރަސްމީކޮށް މަސައްކަތްކުރައްވާ ބޭފުޅެއް

އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮން އުންގެ ކޮއްކޯފުޅު ކިމް ޔޯ ޖޮންއަކީ އޭނާގެ ޚާއްޞަ މުޝީރެއްގެ ގޮތުގައި ނުރަސްމީކޮށް މަސައްކަތްކުރައްވާ ބޭފުޅެއް

އެމެރިކާއާ ގުޅިގެން ދެކުނު ކޮރެއާއިން ކުރިއަށްގެންދާ އަސްކަރީ ފަރިތަކުރުންތައް ބާއްވައިފިނަމަ ކޮރެއާ މަސްރަހުގައި ބަދަހިކުރަން މަސައްކަތްކުރާ ގުޅުންތަކަށް އަސަރުކުރާނެކަމަށް އުތުރު ކޮރެޔާއިން ބުނެފިއެވެ.

އުތުރު ކޮރެޔާއިން މިހެން ބުނެފައި މިވަނީ އެމެރިކާއާ ގުޅިގެން ދެކުނު ކޮރެޔާއިން އޯގަސްޓް މަހުގެ ތެރޭގައި އަސްކަރީ ފަރިތަކުރުންތަކެއް ބާއްވަން މަސައްކަތްކުރަމުންދާކަމަށް ޚަބަރުތައް ހާމަވެފައި ވަނިކޮށެވެ. މި ފަރިތަކުރުންތަކަކީ އުތުރު ކޮރެޔާގެ މަސްލަހަތު ނެތްކަމަކަށްވެފައި، ދެކުނު ކޮރެއާގެ ބާރުވެރިކަން ދައްކާ ޗަރުކޭހެއްކަމަށް އެތައް ފަހަރެއްގެ މަތިން އުތުރު ކޮރެއާއިން އަދި ވަކިން ޚާއްސަކޮށް އެ ޤައުމުގެ ޒަޢީމުގެ ކޮއްކޯފުޅު ކިމް ޔޯ ޖޮން ވަނީ ވިދާޅުުވެފައެވެ.

އެމެރިކާއާ ގުޅިގެން ދެކުނު ކޮރެޔާއިން އޯގަސްޓް މަހުގެ ތެރޭގައި އަސްކަރީ ފަރިތަކުރުން ފަށާ ވާހަކަތައް އަނެއްކާވެސް ފެންމަތިވުމުން، މިކަމާ ގުޅެގޮތުން އުތުރު ކޮރެއާގެ ޒަޢީމުގެ ކޮއްކޯފުޅު ކިމް ޔޯ ޖޮންގް ވިދާޅުވީ މިއީ ދެ ޤައުމުގެ ދެމެދުގައި ރަސްމީ ބައްދަލުވުމެއް ބޭއްވުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްކަން އެމެރިކާއިން ވެސް އަދި ދެކުނު ކޮރެއާއިން ވެސް ހަނދާން ބަހައްޓަންޖެހޭކަމަށެވެ. މި ފަދަ ދަނޑިވަޅެއްގައި އެ ދެ ޤައުމު ގުޅިގެން އަސްކަރީ ފަރިތަކުރުންތަކެއް ބޭއްވުމަކީ ބުއްދިވެރިކަމެއް ނޫންކަމަށް ކިމް ޖޮން ޔޯ ޖޮންގް ވިދާޅުވިއެވެ. އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮން އުންގެ ޚާއްޞަ މުޝީރެއްގެ ގޮތުގައި ނުރަސްމީކޮށް މަސައްކަތްކުރައްވާ އޭނާގެ އަންހެން ކޮއްކޮ ކިމް ޔޯ ޖޮންގްވަނީ ދެކުނު ކޮރެޔާއަކީ އުތުރު ކޮރެޔާގެ ދުޝްމަނެއްކަމަށް ވެސް މީގެ ކުރިން ސިފަކުރައްވާފައެވެ.

ދެ ކޮރެއާގެ މައްސަލަ ހައްލުކުރުމަށް އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕްގެ ވެރިކަމުގައި ފެށި މަސައްކަތް މަޑުޖެހިފައި އޮތުމަށް ފަހު ފާއިތުވި ދުވަސްތަކުގައި އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާއާ ދެމެދު ގުޅުންތައް ބަދަހިކުރުމުގެ މަސައްކަތްވަނީ އަނެއްކާވެސް ފަށައިފައެވެ. އެ ގޮތުން ދެ ކޮރެޔާގެ ދެމެދުގައި ގުޅުންތައް ބަދަހިކުރުމަށް ދެ ޤައުމުން ގުޅިގެން ޚާއްޞަ އިދާރާއެއް އަލުން ޤާއިމުކުރުމަށާއި ދެ ޤައުމުގެ ދެމެދުގައި ރަސްމީ ބައްދަލުވުމެއް ބޭއްވުމަށްވަނީ މަޝްވަރާކޮށްފައެވެ. އަދި އުތުރު ކޮރެޔާގެ ޒަޢީމު ކިމު ޖޮން އުންނާއި ދެކުނު ކޮރެޔާގެ ރައީސް މޫން ޖައި އިންނާ ދެމެދު ރަސްމީ ސިޓީތަކެއް ވަނީ ބަދަލުކުރައްވާފައިވާއެވެ. އެއީ 2018 ވަނަ އަހަރުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ގުޅުންތައް ގޯސްވިފަހުން ގުޅުންތައް އަލުން ބަދަހިކުރުމަށް ކުރިޔަށް އަޅައި ފުރަތަމަ ފިޔަވަޅެވެ. އޭގެ އިތުރުން ދެ ކޮރެއާގެ ދެމެދުގައި ގުޅުންތައް ބަދަހިކުރެވިއްޖެނަމަ އުތުރު ކޮރެއާއާއި އެމެރިކާއާ ދެމެދު އޮތް ހީނަރުވެފައިވާ ގުޅުންތައް ބަދަހިކުރުމަށް ވެސް ފުރުޞަތު ލިބޭނެއެވެ.

އެމެރިކާއިން އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމާމެދު ގެންގުޅޭ ސިޔާސަތުތައް އާއްމުކުރަން ތައްޔާރުވަމުން އަންނަނިކޮށް އުތުރުކޮރެއާއިން އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރާމެދު އެ ޤައުމުން ވަނީ ނުރުހުން ވެސް ފާޅުކޮށްފައެވެ. އުތުރު ކޮރެއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާ ސަރުކާރުން ދައްކާފައިވާ ވާހަކަތަކުން ދޭހަވަނީ އުތުރު ކޮރެއާއާ މެދު "ދެކޮޅުވެރިކަމުގެ ސިޔާސަތެއް" ގެންގުޅެން ބޭނުންވާކަން ކަމުގައެވެ. މިދިޔަ ހަފްތާގައި ބައިޑެން ވިދާޅުވީ އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމަކީ ދުނިޔޭގެ ސަލާމަތަށް އޮތް "ސީރިއަސް ނުރައްކަލެއް" ކަމަށެވެ. ވައިޓް ހައުސްއިން ބުނީ އުތުރު ކޮރެއާއާ މެދު އަމަލު ކުރާނީ ވަރަށް ވިސްނުންތެރިކަމާއެކުގައި ކަމަށެވެ.

ތަރުޖަމާނު ޖެން ސާކީ ވިދާޅުވީ އެމެރިކާގެ ޚާރިޖީ ސިޔާސަތު މުރާޖައާކޮށްފައިވާ ކަމަށާއި އުތުރު ކޮރެއާގެ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ޕްރޮގްރާމް ހުއްޓުވަން ކުރީގެ ސަރުކާރުތަކުން ފެއިލްވި ސަބަބުތައް ދެނެގަނެ، އާ ސަރުކާރުން ފިލާވަޅު ލިބިގެންފައިވާ ކަމަށެވެ. އޭގެ ބަދަލުގައި އާ ސިޔާސަތު ބިނާވަނީ އަމަލުން ކަންކަން ކުރުމަށާއި ޑިޕްލޮމެޓިކް ގުޅުންތަކުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވިއެވެ. ސިޔާސަތަށް ގެނައި ބަދަލާ މެދު މަޝްވަރާ ކުރަން ޖަޕާނާއި ދެކުނު ކޮރެއާގެ ވެރިން ވަރަށް އަވަހަށް އެމެރިކާއާ އެކު ބައްދަލުކުރެވޭނެ ކަމަށް އެމެރިކާއިން އުންމީދުކުރެއެވެ. އެމެރިކާގެ ރައީސް ބައިޑަން ކޮންގްރެސްގައި އިއްވެވި ރިޔާސީ ބަޔާނުގައި އުތުރު ކޮރެއާއާ ގުޅޭގޮތުން ދައްކަވާފައިވާ ވާހަކަތަކާ ބެހޭގޮތުން އުތުރު ކޮރެއާގެ ފޮރިން މިނިސްޓަރ ވަނީ ބައިޑަންއާ ފޯނުން ގުޅުއްވައި ވާހަކަދައްކަވާފައެވެ.

އުތުރު ކޮރެއާގެ ޒައީމްގެ ކޮއްކޯފުޅުގެ ބަހުގެ ހޫނު ހަމަލާތަކެއް އެމެރިކާއާއި ދެކުނު ކޮރެއާއަށް އަމާޒުވެފައި މިވަނީ، އެ ޤައުމުގެ ޒައީމް ކިމް ޖޮންގް އުން އާންމުންގެ ތެރެއަށް ނިކުމެވަޑައިގެން އުޅުއްވުން މަދުކުރައްވާފަައިވާ ދުވަސްވަރަކުއެވެ. މިކަމުގައި ވެސް އުތުރު ކޮރެއާގެ ޒައީމްގެ ސީދާ ބަހެއް ވިދާޅުވެފައެއް ނުވެއެވެ.

އުތުރު ކޮރެއާގެ ޒައީމް ކިމް ޖޮން އުން މިފަހަކަށް އައިސް ދޭތެރެ ދޭތެރެއިން އާންމުކޮށް ބޭރަށް ނުކުތުން މެދުކަނޑާލައި "ބްރޭކްތަކެއް" ނަގަން ވަނީ ފަށާފައެވެ. 2014 ވަނަ އަހަރު 40 ދުވަސްވަންދެން އާންމުނަށް ފެނިވަޑައިނުގެން އުޅުއްވުމުން ބައެއް މީޑިއާތަކުން ވަނީ ކިމް އަވަހާރަވެއްޖެ ކަމަށާއި، އެކަން ޝާހީ އާއިލާއިން ސިއްރުކުރަން އުޅެނީކަމަށް ވެސް ރިޕޯޓްކޮށްފައެވެ. އެގޮތުން ބަރު ދަން ލުއިވެ މޫނު ފުޅުގެ ބައްޓަން ވެސް ބަދަލުވެފައިވާކަމަށް އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

21 މެއި 2017

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

21 މެއި 2017
ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި
20 މެއި 2017

އުތުރު ކޮރެއާ އަށް އަސްކަރީ ފިޔަވަޅު އަޅައިފި ނަމަ ނަތީޖާ ހިތިވާނެ: ޖޭމްސް މެޓިސް

20 މެއި 2017
އުތުރު ކޮރެއާ އަށް އަސްކަރީ ފިޔަވަޅު އަޅައިފި ނަމަ ނަތީޖާ ހިތިވާނެ: ޖޭމްސް މެޓިސް
30 އެޕްރީލު 2017

އެމެރިކާގެ އަސްކަރީ ފައުޖުތަކެއް ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެއްޖެ

30 އެޕްރީލު 2017
އެމެރިކާގެ އަސްކަރީ ފައުޖުތަކެއް ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެއްޖެ
30 އެޕްރީލު 2017

ކިއުބާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އެންމެން މަރުވެއްޖެ

30 އެޕްރީލު 2017
ކިއުބާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އެންމެން މަރުވެއްޖެ
24 އެޕްރީލު 2017

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި
22 އެޕްރީލު 2017

އަފްޣާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ތާލިބާނުންގެ ވަރުދަގަ ޙަމަލާއެއް!

22 އެޕްރީލު 2017
އަފްޣާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ތާލިބާނުންގެ ވަރުދަގަ ޙަމަލާއެއް!
07 އެޕްރީލު 2017

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

07 އެޕްރީލު 2017
ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި
08 މާރިޗު 2017

ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު

08 މާރިޗު 2017
ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
12 ފެބުރުއަރީ 2017

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް