Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޟްވާނުގެ މަރުގެ މައްސަލަ

ޔާމީން މަރުކޮމިޝަނަށް ހާޒިރުކުރަނީ ރިޟްވާނުގެ މަރާ ގުޅިގެން ސުވާލު ކުރުމަށް

1 އޯގަސްޓު 2021 | އާދީއްތަ 15:35

ރިޟްވާންގެ މަރާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ހިއްސާކުރުމަށް އެދިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 އޯގަސްޓު 2021 | އާދީއްތަ 15:35
ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރުން- އޯގަސްޓު މަހުގެ 3 ވަނަ ދުވަހު މަރުކޮމިޝަނަށް ހާޒިރުވެވަޑައިގަތުމަށް ރައީސް ޔާމީނަށް ވަނީ އަންގާފައި

ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރުން- އޯގަސްޓު މަހުގެ 3 ވަނަ ދުވަހު މަރުކޮމިޝަނަށް ހާޒިރުވެވަޑައިގަތުމަށް ރައީސް ޔާމީނަށް ވަނީ އަންގާފައި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މަރުކޮމިޝަނަށް ހާޒިރުވެވަޑައިގަތުމަށް އަންގާފައިވަނީ މަރާލާފައިވާ ނޫސްވެރިޔާ އަޙުމަދު ރިޟްވާނާ ގުޅޭގޮތުން ސުވާލު ކުރުމަށް ކަމަށް މަރުކޮމިޝަނުން ބުނެފިއެވެ.

އޯގަސްޓު މަހުގެ 3 ވަނަ ދުވަހު މަރުކޮމިޝަނަށް ހާޒިރުވުމަށް ރައީސް ޔާމީނަށް ވަނީ އަންގާފައެވެ. އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ކޮމިޝަނުގެ މެމްބަރު މިޞްބާޙު ޢައްބާސް ވިދާޅުވީ، ޔާމީން ހާޒިރުވުމަށް އަންގާފައިވަނީ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މ. ޝައިނިންގ ސްޓަރ ރިޟްވާންގެ މަރާ ގުޅިގެން ސުވާލު ކުރުމަށް ކަމަށެވެ.

Advertisement - newsAdvertisement

އެކަމާ ގުޅޭގޮތުން އެމަނިކުފާނުގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ, ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީން މަރު ކޮމިޝަނަށް ހާޒިރުވާން އަންގާފައިވާ ކަމަށާއި، މި ސަރުކާރުގެ ނިޔަތް އޮތީ އެކި ގޮތްގޮތުން ރައީސް ޔާމީނަށް އަނިޔާވެރިވުމަށް ކަމަށެވެ. ޑރ. ޖަމީލް ވިދާޅުވީ، އޯގަސްޓު މަހުގެ 3 ވަނަ ދުވަހު އެ ކޮމިޝަނަށް ހާޒިރުވެވަޑައިގަތުމަށް ރައީސް ޔާމީނަށް އަންގާފައިވާ ކަމަށެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަނުން, ރިޟްވާން ރަހީނުކުރި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ޖުލައި މަހު އާންމުކޮށްފައިވާއިރު، އެ ވީޑިއޯ ފަށާފައި ވަނީ މާލެއިން ރިޟްވާން ހުޅުމާލެއަށް ދިއުމަށް ސައިކަލުގައި ދިޔަ މަންޒަރާއި ފެރީޓާމިނަލްގެ ތެރޭގައި ރިޟްވާންގެ ހަރަކާތްތައް ދައްކުވައިދޭ ސީސީޓީވީ ފުޓޭޖްތަކުންނެވެ.

މަރު ކޮމިޝަނުން އާންމުކުރި ވީޑިއޯގައި ގޭ ކައިރިން އޭނާ ރަހީނުކޮށް، ގަދަކަމުން އެ ކާރަށް އަރުވާ މަންޒަރު ވެސް ކުޅެ ދައްކާފައިވެއެވެ. މަރުކޮމިޝަނުން މީގެ ކުރިން ވެސް ވަނީ އޭނާ ކާރަށް އަރުވަން އުޅުމުގެ ތެރޭގައި އެމީހުން އަތުން ވަޅިއެއް ވެއްޓިފައިވާ ކަމަށް ބުނެފައެވެ. އަދި އެ ވަޅިއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ މީހަކު ހުރި ނަމަ އަންގަން ވެސް އެދިފައިވެއެވެ. އެ ކޮމިޝަނުން ބުނީ ރިލްވާން ގެއްލުވާލިތާ ހަތް އަހަރުވާން ގާތްވެފައިވިޔަސް އަދިވެސް އެ ހާދިސާގެ މައުލޫމާތު އެނގޭ މީހުން އުޅޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންވެ އެފަދަ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ހިއްސާކުރުމަށް އެދިފައިވެއެވެ.

ރިޟްވާން ގެއްލުވާލިތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވަނިކޮށް, އޭނާ މަރާލާފައިވާކަމަށް މަރު ކޮމިޝަން އިން ވަނީ ބުނެފައެވެ. އެގޮތުން އެ ކޮމިޝަންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި އޭނާ މަރާލައި ކަނޑަށް އެއްލާލީ ކަމަށް ބުނެފައިވެއެވެ. އަދި އެ ހުރިހާ ކަމެއް ވެސް ކޮމިޝަން އިން ގުޅުވާފައިވަނީ ހަރުކަށި ފިކުރާއެވެ. ކޮމިޝަންއިން ބުނިގޮތުގައި އޭނާ ރަހީނުކުރީ ހަރުކަށި ފިކުރުގެ ބައެކެވެ. އަދި އޭނާ މަރާލުމުގެ ކުރިން ޝަހާދަތް ވެސް ލައިދީފައިވެއެވެ،

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

3

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

4

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

5

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް