Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޗްއާރްސީއެމް އައު އިމާރަތް

އެޗްއާރްސީއެމްގެ އޮފީސް ދެން ހިންގާނީ ކުރީގެ ސްޓާރ ސިނަމާ އިމާރާތުގައި

ކޮމިޝަނުގެ ޚިދުމަތްތައް އޮންލައިންކޮށް ލިބޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 އޯގަސްޓު 2021 | އާދީއްތަ 14:08
އެޗްއާރުސީއެމް- އޯގަސްޓު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރަސްމީކޮށް މ.ސްޓަރކްލައުޑްސް އަށް މަސައްކަތްތައް ވަނީ ބަދަލުކޮށްފައި

އެޗްއާރުސީއެމް- އޯގަސްޓު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރަސްމީކޮށް މ.ސްޓަރކްލައުޑްސް އަށް މަސައްކަތްތައް ވަނީ ބަދަލުކޮށްފައި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) ހިންގަމުންދިޔަ އިމާރަތް ބަދަލުކޮށްފިއެވެ.

އެޗްއާރްސީއެމް އިމާރަތް މީގެ ކުރިން ހިންގަމުން ދިޔައީ މއ. އުތުރުވެހި އިމާރާތުގައެވެ. ނަމަވެސް އޯގަސްޓު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރަސްމީކޮށް މ.ސްޓަރކްލައުޑްސް އަށް މަސައްކަތްތައް ބަދަލުކޮށް، އައު އިމާރާތުގައި މަސައްކަތް ކުރަން ވަނީ ފަށާފައެވެ. އެހެންނަމަވެސް، ކޮމިޝަނުގެ ޚިދުމަތްތައް އޮންލައިންކޮށް ލިބޭނެ ކަމަށާއި، ކޮމިޝަނުގެ ހޮޓްލައިން 1424ށް ގުޅައިގެން ޚިދުމަތްތައް ފަހި ކުރެވޭނެކަމަށް އެޗްއާރްސީއެމްއިން މައުލޫމާތު ދެއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެޗްއާރްސީއެމްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ކުރިން ބޭނުން ކުރަމުންދިޔަ އިމާރާތް ބާވުމުގެ ސަބަބުން އެކި ގޮންޖެހުންތައް ހުރި ކަމަށާއި، ކަރަންޓު މައްސަލައާއި، ފެންބޮޑުވުމުގެ ސަބަބުން ދިމާވި ބައެއް މައްސަލަތައް ހުރިކަމަށެވެ.

އެޗްއާރްސީއެމްގެ ޚިދުމަތްތައް މެދުނުކެނޑި ދިނުމަށްޓަކައި ކޮމިޝަނުގެ ހިލޭ ގުޅޭ ނަންބަރު 1424 އާއިcomplaint@hrcm.org.mvއަދިinfo@hrcm.org.mvއީމެއިލްގެ އިތުރުން، ސަރުކާރުގެ މުޢާމަލާތްތައް ކުރުމަށް ހަމަޖެހިފައިވާ ޖެމްސް މެދުވެރިކޮށް ލިބޭ އިންތިޒާމްވަނީ ހަމަޖައްސާފައެވެ. އެގޮތުން ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައި ހުރިއިރުވެސް ކޮމިޝަނުން ވަނީ މެދުނުކެނޑި ޚިދުމަތްތައް ފޯރުކޮށްދީފައެވެ.

އެޗްއާރްސީއެމްއަށް ކޮންމެ އަހަރަކުވެސް ގިނަ މައްސަލަތަކެއް ހުށައެޅޭއިރު، އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން މައްސަލަތައް އެކަށީގެންވާ ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމުގައި ދަތިތައް ހުރިކަން ކޮމިޝަނުން އެކި ފަހަރުމަތިން ފާހަގަކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް
20 ފެބުރުއަރީ 2017

ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި

20 ފެބުރުއަރީ 2017
ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު