Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއުރިދޫއަށް 16 އަހަރު ފުރުން

ދެގޮތެއްނުވެ އެންމެ ފުރިހަމަ ޚިދުމަތް ފޯރުކޮށްދިނުމުގައި 16 އަހަރު

1 އޯގަސްޓު 2021 | އާދީއްތަ 11:40

ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ އިންޓަނެޓާއި މުވާސަލާތީގެ ޚިދުމަތްތައް އަތްފޯރާ ފަށުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 1 އޯގަސްޓު 2021 | އާދީއްތަ 11:40
އުރީދޫ

އުރީދޫ

ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން ޚިދުމަތްދޭ ދެވަނަ ކުންފުންޏެއް އުފަންވެ މަސައްކަތްތައް ފެށިގެން ދިޔައީ 2005 ވަނަ އަހަރުއެވެ. އެއީ ވަތަނިއްޔާގެ ނަމުގައެވެ. ކުންފުނީގެ މަސައްކަތްތައް ފެށިގެން އައިރު ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ. ކުންފުނި އުފައްދައި ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން ޚިދުމަތްދިނުމުގެ ފުރުސަތު ކުންފުންޏަށް ދިންއިރު، ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މުޅި ރާއްޖެއަށް ކަވަރޭޖް ފޯރުކޮށްދޭން ޖެހޭނެކަން ބުނެފައި އޮތްއޮތުން ވެގެން ދިޔައީ އެންމެ ފުރަތަަމަ ކުންފުންޏަށް ކުރިމަތިވި ޗެލެންޖަކަށެވެ. މިހާ ބޮޑު ޗެލެންޖަކަށް މިކަންވީ ސަބަބަކީ އޭރު ރާއްޖޭގައި އޮތް ހަމައެކަނި ޓެލެކޮމިއުނިކޭޝަން ކުންފުންޏަށްވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ޚިދުމަތް ފޯރުކޮށްދޭން ފެށިފައިނުވާތީއެވެ.

ވަތަނިއްޔާއަށް ޓެލެކޮމިއުނިކޭޝަން ޚިދުމަތްދިނުމުގެ ލައިސަންސް ލިބުނީ 2005 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އެއާއެކު ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ކުންފުނީގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ފެށިއެވެ. ނަމަވެސް އެ އަހަރަކީ މޫސުން ގޯސްވެ، ވާރޭވެހުމުގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކުގައި ފެންބޮޑުވުމުގެ މައްސަލަތައް ފެންމަތިވި އަހަރެއް ކަމުން، ގިނަ ގޮންޖެހުންތަކެއް ވަތަނިއްޔާއަށް ކުރިމަތިވިއެވެ. އެކަމަކު ގޮންޖެހުންތަކާއެކުވެސް ވަތަނިއްޔާގެ އެކި ޓީމުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވާން ފެށިއެވެ. އަދި ޖުލައި މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ކުންފުނީގެ ޚިދުމަތްދެވޭނެ އިންތިޒާމުތައް ހަމަޖައްސައި، އޮގަސްޓް މަހުގެ އެއްވަނަ ދުވަހު ވަތަނިއްޔާގެ މަސައްކަތްތައް ރަސްމީކޮށް ފެށުނެވެ.

ވަތަނިއްޔާއަށް ގިނަ އަދަދެއްގެ ރައްޔިތުންގެ އެއްބާރުލުން ލިބިގެން ދިޔައިރު، ރަށްރަށަށް މި ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުންފުނިން ކުރަން ފެށުން ވެގެންދިޔައީ ދިވެހިންގެ މޫނުމައްޗަށް ހިނިތުންވުން ގެނުވި ކަމަކަށެވެ. އެގޮތުން ރަށްރަށުގައި ޚިދުމަތް ދިނުމަށް ހަމަޖައްސަންޖެހޭ ކަންތައްތައް ހަމަޖެއްސުމަށް އާންމު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ކުންފުންޏަށް ލިބިގެންދިޔައެވެ. ރަށްރަށުގައި ގާއިމުކުރަންޖެހޭ އެންޓަނާތައް ގާއިމުކުރުމަށްވެސް އެތައް ދުވަހެއް ނަގައެވެ. އެންމެ އެކަށޭނަ ވަސީލަތްތައް ރަށްރަށުގައި ނެތުން ވެގެންދިޔައީ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ.

ގިނަ ގޮންޖެހުންތަކަކާއި ފެށި މަސައްކަތްތައް ކާމިޔާބު ކަމާއެކު ފުޅާކުރަމުންގޮސް، އަށް އަހަރަށް ފަހު ވަަތަނިއްޔާގެ ނަން އުރީދޫ މޯލްޑިވްސްއަށް ރީބްރޭންޑް ކުރެވިގެން ދިޔައެވެ. 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އުރީދޫ މޯލްޑިވްސްގެ ގޮތުގައި މަސައްކަތްތައް ފަށައި، ކުންފުނިން ފޯރުކޮށްދެމުންދިޔަ ޚިދުމަތްތައް އިތުރަށް ފުޅާކުރިއެވެ. މިއަދާ ހަމައަށް އައިރު ތަފާތު ގިނަ ޚިދުމަތްތައް ތައާރަފުކޮށް، ކަސްޓަމަރުން އެންމެ ހިންހަމަޖެހޭނެ ގޮތަށް ޚިދުމަތްތައް ފޯރުކޮށްދިނުމަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އުރީދޫން އެންމެ އިސްކަންދޭ އެއް ކަމެވެ.

އޭގެ އެއް ހެއްކަކީ މުޅި ދުނިޔެއަށް ކުރިމަތިވި ބަލިމަޑުކަމުގެ ތެރޭގައި ކަސްޓަމަރުންނަށް އެހީތެރިވުމުގެ ގޮތުން އެކުންފުނިން ކޮށްދީފައިވާ ކަންތައްތަކެވެ. އިންޓަނެޓްގެ ޚިދުމަތްތައް ފުޅާކޮށް ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ޚިދުމަތްތައް ލިބޭނެ މަގު ކުންފުނިން ވަނީ ފޯރުކޮށްދީފައެވެ. ކަސްޓަމަރުންގެ ބޭނުންތައް ފުއްދުމައްޓަކައި ކަސްޓަމަރުން ގަޔާވާނެ ތަފާތު ޕެކޭޖުތައް ތައާރަފުކޮށްދިނެވެ. އަދި މިފަހަކަށް އައިސް ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައިފާ އިންޓަނުގެ އަގުތަކަށް ހައްލު ހޯދައިދިނުމުގެ މަސައްކަތްވެސް މިހާރު ވަނީ އުރީދޫން ކޮށްފައެވެ.

ދިވެހި ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމުގައި ހޭދަކުރި 16 އަހަރުގެ ތެރޭގައި އެކުންފުންޏަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ އިންޓަނެޓާއި މުވާސަލާތީގެ ފެންވަރު ރަނގަޅު ޚިދުމަތްތައް އަތްފޯރާ ފަށުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމެވެ. އެގޮތުން އުރީދޫ މޯލްޑިވްސްގެ ފިކްސްޑް ބްރޯޑްބޭންޑް އަދި ސުޕަރނެޓްގެ ޚިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ދާދި ފަހުން ވަނީ އުރީދޫ ސުޕަރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އަޕްގްރޭޑްކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 100 އިންސައްތާއާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑް ލިބިގެންދާ ގޮތަށް މިހާރު ވަނީ ހަދާފައެވެ. އަދި ސުޕަރނެޓް ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށް ޑޭޓާ ރޯލް އޯވަރގެ ޚިދުމަތާއެކު، މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާއާ އެއްވެގެންދާނެ އިންތިޒާމުތައްވެސް މިހާރު އުރީދޫން ވަނީ ހަމަޖައްސާފައެވެ.

އުރީދޫގެ ޚިދުމަތްތައް ރާއްޖޭގެ ހުރިހާ ހިސާބަކަށް ލިބެމުންދާއިރު، ކުންފުނިން ފޯރުކޮށްދެމުން އަންނަ ޚިދުމަތްތައް އިތުރަށް ފުޅާކޮށް އެންމެ ފުރިހަމަ ޚިދުމަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން ދަނީ މެދުކެނޑުމެއް ނެތި މަސައްކަތްކުރަމުންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

06 ޖޫން 2017

ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

06 ޖޫން 2017
ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!
20 މެއި 2017

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟
27 އެޕްރީލު 2017

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

27 އެޕްރީލު 2017
ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް
10 އެޕްރީލު 2017

ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

10 އެޕްރީލު 2017
ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ
30 މާރިޗު 2017

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017
ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟
19 ފެބުރުއަރީ 2017

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް
14 ފެބުރުއަރީ 2017

ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް

14 ފެބުރުއަރީ 2017
ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް
07 ފެބުރުއަރީ 2017

"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!

07 ފެބުރުއަރީ 2017
"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެވަމުން ގެންދަވާ އެތައް ބައެއްގެ އަގު ވަޒަންކޮށްފި

04 ފެބުރުއަރީ 2017
އައްޑޫ އެވޯޑް: ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެވަމުން ގެންދަވާ އެތައް ބައެއްގެ އަގު ވަޒަންކޮށްފި
28 ޖެނުއަރީ 2017

މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ

28 ޖެނުއަރީ 2017
މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް