Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ރާއްޖެ އަންނަ ފަތުރުވެރިން

ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 600،000ން މައްޗަށް

މިހާރު ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަނީ 3,204 ފަތުރުވެރިން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 30 ޖުލައި 2021 | ހުކުރު 05:33
ބަލިމަޑުކަމުގެ ތެރޭގައިވެސް ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވުން

ބަލިމަޑުކަމުގެ ތެރޭގައިވެސް ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވުން

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، އަހަރަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް ބޭނުންވާ އަދަދުގެ ދެ ބައިކުޅަ އެއް ބަޔަށްވުރެ ގިނަ ފަތުރުވެރިން މިހާރު މިވަނީ ރާއްޖެ އައިސްފައެވެ. މި އަހަރު ނިމޭ އިރަށް ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން އަމާޒުހިފާފައިވާ އިރު، އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 600،000ށް ވުރެ މައްޗަށް އަރައިފައެވެ. ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ޖުލައި 28ގެ ނިޔަލަށް 600,252 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައި 1ން 28ށް 89,703 ފަތުުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު، 25.1 އިންސައްތަ ދަށް އަދަދެއް ނަމަވެސް މި އަހަރުގެ ޖޫން އަދި މެއި މަހާ އަޅާބަލާއިރު، ވަރަށް ބޮޑު އިތުރުވުމެކެވެ. އެގޮތުން މެއި މަހު 64,613 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ޖޫން މަހު ރާއްޖެ އައިސްފައި ވަނީ 56,166 ފަތުރުވެރިންނެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މެއި އަދި ޖޫން މަހު ދަށްވެގެން ދިއުމަށް ފަހު އަނެއްކާވެސް މިވަނީ ހަލުވި ސްޕީޑެއްގައި އިތުރުވާން ފަށާފައެވެ.

Advertisement - businessAdvertisement

މި އަހަރުގެ ފުރަތަމަ ތިން މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، އެއް މަހަށް ވުރެ އަނެއް މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ. ޖެނުއަރީ މަހު 92,103 ފަތުރުވެރިން ރާއްޖެ އައި އިރު، ފެބްރުއަރީ މަހު އެ އަދަދު ވަނީ 96,882 ފަތުރުވެރިންނަށް އިތުރުވެފައެވެ. އަދި މާޗު މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް އަރާފައިވާއިރު، މިއީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލި ފަހުން އެއް މަހެއްގައި ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައި ފުރަތަމަ ފަހަރެވެ. އެމަހު 109,585 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ނަމަވެސް އޭޕްރިލް މަހު މި އަދަދު ވަނީ 91,200 ފަތުރުވެރިންނަށް ވެއްޓިފައެވެ.

މިހާރު ރާއްޖެއަށް ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އަދަދުވެސް މިވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މިހާރު ދުވާލެއްގެ މައްޗަށް 3,204 ފަތުރުވެރިން ރާއްޖެ އަންނަ ކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަހަރު ފެށުނު އިރު، ޖެނުއަރީ މަހު ދުވާލަކު އެވްރެޖުކޮށް ރާއްޖެ އައިސްފައި ވަނީ2,971 ފަތުުރުވެރިންނެވެ. ފެބްރުއަރީ މަހު މިއަދަދު 3,460 ފަތުރުވެރިންނަށް އިތުރުވެފައިވާއިރު، މާޗު މަހު ދުވާލަކު އެވްރެޖުކޮށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ 3,535ށް އިތުރުވެފައެވެ. އޭޕްރިލް މަހުން ފެށިގެން ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ މަޑުމަޑުން ދަށަށް ދާން ފަށާފައެވެ. އެގޮތުން އޭޕްރިލް މަހު 3,040ށް މި އަދަަދު ވެއްޓުނު އިރު، މެއި މަހު މި އަދަދު ވަނީ 2,084ށް ދަށަށް ގޮސްފައެވެ. އަދި ޖޫން މަހު މި އަދަދު ހުރީ 1,872 ގައެވެ.

އަހަރު ފެށިގެން މިހާތަނަށް އައި އިރު ފަތުރުވެރިން ރާއްޖޭގައި އާންމުކޮށް ހޭދަކުރަނީ 9 ދުވަހެވެ. އަދި އަހަރުގެ މިހާތަނަށް 600,252 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއީ ފާއިތުވި އަހަރު ރާއްޖެ އައި 555,494 ފަތުރުވެރިންނާ އަޅާބަލާއިރު، 44,758 ފަތުރުވެރިން އިތުރު އަދަދެކެވެ. ފާއިތުވި އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިހާ ބޮޑުތަނުން ދަށަށް ގޮސްފައި މިވަނީ ކޮވިޑް-19ގެ ސަބަބުން ދިމާވި ގޮންޖެހުންތަކާއި ބަލިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކާއެކު ރާއްޖޭގެ ބޯޑަރު ތިން މަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް ބަންދުކުރުމާ ގުޅިގެންނެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިފަހުން 2020 ވަނަ އަހަރު ނިމުނު އިރު އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ އިންޑިއާ އިންނެވެ. އެގޮތުން އަހަރު ނިމުނު އިރު އެގައުމުން 62,960 ފަތުރުވެރިން އައިސްފައިވާ އިރު، އެގައުމުގެ ކޮވިޑް-19ގެ ހާލަތު ގޯސްވެ ރާއްޖެ އަށް ފަތުރުވެރިން އައުން މަނާކުރުމާ ހަމައަށް މި އަހަރު އެ ގައުމުން 62,000ށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި ޖުލައި 15 ގައި އިންޑިއާގެ ފަތުރުވެރިން ރާއްޖެ އައުމުގެ ހުއްދަ ދިނުމާއެކު ފުރަތަމަ ދުވަހު އެކަނިވެސް ހަތް ފްލައިޓަކުން ފަތުރުވެރިން ރާއްޖެ ދަތުރުކޮށްފައިވާއިރު، އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިވަނީ ލައްކައަކާ ގާތްކޮށްފައެވެ. އެ ގައުމުން 99,643 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ މި އަހަރު ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ 16.6 އިންސައްތައެވެ.

ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައި ގައުމެއްގެ ގޮތުގައި އޮތީ ރަޝިއާއެވެ. އެ ގައުމުން 140,824 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ ރާއްޖެ އައި ފަތުރުވެރިންގެ 23.5 އިންސައްތައެވެ. ދެ ވަނައިގައި އޮތީ އިންޑިއާގައެވެ. މި ލިސްޓުގެ ތިން ވަނައިގައި 33,361 ފަތުރުވެރިންނާއެކު އޮތީ ޖަރުމަނެވެ. އަދި ޔޫކްރެއިނުން 25,624 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، އެމެރިކާއިން 24,877 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އޭގެ އިތުރުން ސައުދީ އަރަބިޔާއިން 17,246 ފަތުރުވެރިން، ކަޒަކިސްތާނުން 17,105 ފަތުރުވެރިން، އިނގިރޭސިވިލާތުން 15,696 ފަތުރުވެރިން އަދި ސްޕެއިނުން 12,871 ފަތުރުވެރިނާއި ރޫމޭނިއާއިން 12,033 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ރާއްޖެ އަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ 10 ގައުމުގެ ލިސްޓުގައި ކުރިން މި ލިސްޓުގައި ނުހިމެނޭ ގިނަ ގައުމުތަކެއް ހިމެނޭ އިރު، ރާއްޖެ އިޝްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިހާރު ރާއްޖެ އިޝްތިހާރު ކުރުމަށް ގެންގުޅެނީ 'ވަން އައިލެންޑް ވަން ރިސޯޓް' ކޮންސެޕްޓެވެ. އަދި ރާއްޖެ އަކީ 'ލަގްޒަރީ ޑެސްޓިނޭޝަން' އެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން މިހާރުވެސް 10ށް ވުރެ ގިނަ މާކެޓުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް އެމްއެމްޕީއާރުސީން ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ސޯޝަލް މީޑިއާ އަދި އޮންލައިން ޕްލެޓްފޯމުތަކުގައި ކުރިއަށްގެންދާ ހަރަކާތްތަކާއި ފިޒިކަލް އިވެންޓްތައް ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

06 މާރިޗު 2017
 ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ

ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ

04 މާރިޗު 2017
އައިޓީބީގައި 88 ކުންފުނިން ބައިވެރިވޭ: އެމްއެމްޕީއާރްސީ

އައިޓީބީގައި 88 ކުންފުނިން ބައިވެރިވޭ: އެމްއެމްޕީއާރްސީ

25 ފެބުރުއަރީ 2017
ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

21 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު