Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮރޯނާވައިރަސްގެ ހަގީގަތް ހޯދުން

ކޮވިޑްގެ ހަގީގަތް ހޯދުމުގެ ތަހުގީގަށް އެމެރިކާގެ އެއްބާރުލުން ލިބޭނެ

ތަހުގީގުގެ މަރުހަލާތައް އަވަސްކުރަން ޖެހޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 29 ޖުލައި 2021 | ބުރާސްފަތި 17:31
އެންޓޮނީ ބްލިންކެން - އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް

އެންޓޮނީ ބްލިންކެން - އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް

ކޮވިޑްގެ ހަގީގަތް ދެނެގަތުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ކުރިއަށް ގެންދާ ތަހުގީގަށް އެމެރިކާއިން އެއްބާރުލުން ދޭނެކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ވިދާޅުވެއްޖެއެވެ.

ބްލިންކެން މިހެން ވިދާޅުވީ ބުދަ ދުވަހު ކުވެއިތުގައި ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އަދަނޯމްއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ބްލިންކެން ވިދާޅުވީ ހުރިހާ ދިރާސާތަކަށްވެސް އެއްބާރުލުން ލިބޭނެ ކަމަށާއި، މި ބަލިމަޑުކަމުން ފިލާވަޅު ލިބިގަނެ، މުސްތަގުބަލުގައި އަތުވެދާނެ އެހެން ބަލިމަޑުކަމަކަށް ތައްޔާރުވާން ޖެހޭނެ ކަމަށެވެ. އަދި ތަހުގީގުގެ މަރުހަލާތައް އަވަސް ކުރުމުގެ މުހިންމު ކަމާއި, ތަހުގީގަކީ އަވަސް ދުވެލީގައި، ހެކިތަކުގެ މައްޗަށް ބިނާކޮށް، ދެފުށް ފެންނަ ގޮތަށް ކުރިއަށްދާންޖެހޭ ކަމެއް ކަމަށެވެ. އަދި މި ތަހުގީގަކީ، އެއްވެސް ނުފޫޒެއް ނެތި ނިންމާ ތަހުގީގަކަށް ވާން ޖެހޭނެ ކަމަށެވެ.

ޗައިނާގެ ވޫހާން ސިޓީއިން 2019ވަނަ އަހަރުގެ ފަހުކޮޅުގައި ފެނުނު ކޮރޯނާވައިރަސްގެ ހަގީގަތް ރަނގަޅަށް ދެނެގަންނަން ފުރިހަމަ ތަހުގީގެއް ކުރަން ޑަބްލިއުއެޗްއޯއަށް ދަނީ ޕްރެޝަރު ބޮޑުވަމުންނެވެ.

މިދިޔަ ޖެނުއަރީ މަހު ޑަބްލިއުއެޗްއޯއިން ވަނީ މިނިވަން ތަޖުރިބާކާރުންގެ ޓީމެއް ވޫހާންއަށް ފޮނުވާފައެވެ.

ކޮރޯނާވައިރަސް ދުނިޔެއަށް ފެތުރުނީ ވޫހާންގެ ލެބަކުން ލީކުވެގެން ކަމަށް ދެކެވޭ ވާހަކަ ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. ނަމަވެސް އެއީ އެއްވެސް ހަގީގަތެއް ނެތް ކޮންސްޕިރެސީ ތިއަރީއެއް ކަމަށް ޗައިނާ ސަރުކާރުން ދަނީ ބުނަމުންނެވެ.

ތަހުގީގުގެ ފުރަތަމަ މަރުހަލާ ނިންމުމަށްފަހު، ޖެނުއަރީ މަހު ޑަބްލިއުއެޗްއޯއިން ބުނީ ވައިރަސް ފެތުރުނީ ލެބަކުން ލީކުވެގެން ކަމަށް ބެލުމުގެ ފުރުސަތު ކުޑަ ކަމަށެވެ. އެހެންނަމަވެސް މި ޖުލައި މަހުގެ ކުރީކޮޅު ޑަބްލިއުއެޗްއޯއިން ބުނީ އެ ތަހުގީގުގެ ދެވަނަ މަރުހަލާ ފަށަން ޖެހޭ ކަމަށެވެ. އެ މަރުހަލާގައި ޗައިނާގެ ލެބުތައް އޮޑިޓް ކުރާނެއެވެ. އެމެރިކާއިން އަންނަނީ ވޫހާންގައި ހުންނަ ބަޔޯޓެކް ލެބެއް ރަނގަޅަށް ބެލުމަށް ބާރުއަޅަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު