Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބެންކޮކް އެއަރޕޯޓު

ކޮވިޑަށް ފަރުވާދިނުމަށް ބެންކޮކް އެއަރޕޯޓުގައި ހޮސްޕިޓަލެއް

ފަރުވާދިނުމަށް ޚާއްސަކޮށްގެ 1800 އެނދު ހުރޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 28 ޖުލައި 2021 | ބުދަ 18:36
ތައިލެންޑްގެ އެއަރޕޯޓްގައި އަޅާފައިވާ ހޮސްޕިޓަލް

ތައިލެންޑްގެ އެއަރޕޯޓްގައި އަޅާފައިވާ ހޮސްޕިޓަލް

ކޮވިޑަށް ފަރުވާދިނުމަށް ބެންކޮކް އެއަރޕޯޓުގައި ހޮސްޕިޓަލެއް އަޅައިފިއެވެ.

ބެންކޮކްގެ ބައިނަލްއަގުވާމީ އެއަރޕޯޓުގައި އަޅާފައިވާ މި ހޮސްޕިޓަލް އަޅާފައިވަނީ، ކާގޯ ގުދަނެއް ހުސްކުރުމަށްފަހުގައެވެ. ފަރުވާދިނުމަށް ޚާއްސަކޮށްގެ 1800 އެނދާއެކު، އެ ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާ ދިނުމަށް ބޭނުންވާ ހުރިހާ އިންތިޒާމުތަކެއްވެސްވަނީ ހަަމަޖައްސާފައެވެ.

ކޮވިޑަށް ޚާއްސަ ހޮސްޕިޓަލެއް އެއަރޕޯޓުގައި ގާއިމް ކުރިއިރު، އެ ގައުމަކީ ކޮވިޑްގެ އެންމެ ފުރަތަމަ ފެނުނު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. މިހާރުވެސް އެ ތައިލެންޑްގައި ބަލި ފެތުރެމުން އަންނާތީ ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 16,533 މީހުންނަށްވަނީ ބަލިޖެހިފައެވެ. އަދި ބަލިމަޑުކަމުގައި 133 މީހުންވަނީ މަރުވެފައެވެ. އެއާއެކު ތައިލޭންޑުގައި ބަލިޖެހުނު މީހުންގެ ޖުމުލަ އަދަދުވަނީ 543,361އަށް އަރާފައެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދުވަނީ 4,397އަށް އަރައިފައެވެ.

ތައިލެންޑްގެ ސަރުކާރުގެ އަމާޒުކޮށްފައިވަނީ އަހަރު ނިމުމުގެ ކުރިން 50 މިލިޔަން މީހުންނަށް ވެކްސިން ދިނުމަށެވެ. ނަމަވެސް އެ ޤައުމުގެ 66 މިލިޔަން މީހުންގެ އާބާދީން ވެކްސިންގެ ޑޯޒުތައް މިހާތަނަށް ފުރިހަމަކޮށްފައިވަނީ 5.6 އިންސައްތަ މީހުންނެވެ. ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވަނީ އާބާދީގެ 19.2 އިންސައްތައެވެ.

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2018

ނޯބެލް ސުލްހައިގެ އިނާމަށް ލިބުނު ލާރިން ހޮސްޕިޓަލެއް އަޅަނީ

15 ޑިސެމްބަރު 2018
ނޯބެލް ސުލްހައިގެ އިނާމަށް ލިބުނު ލާރިން ހޮސްޕިޓަލެއް އަޅަނީ
20 ނޮވެމްބަރު 2018

އެމެރިކާގެ ހޮސްޕިޓަލެއްގައި ހަތަރު މީހުން މަރާލައިފި

20 ނޮވެމްބަރު 2018
އެމެރިކާގެ ހޮސްޕިޓަލެއްގައި ހަތަރު މީހުން މަރާލައިފި
30 ޖުލައި 2018

ފަރުވާދިނުމަށް ނަވާޒު ޝަރީފު ޖަލުން ހޮސްޕިޓަލަށް ބަދަލުކޮށްފި

30 ޖުލައި 2018
ފަރުވާދިނުމަށް ނަވާޒު ޝަރީފު ޖަލުން ހޮސްޕިޓަލަށް ބަދަލުކޮށްފި
23 ފެބުރުއަރީ 2018

ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އެމެރިކާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަނީ!

23 ފެބުރުއަރީ 2018
ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އެމެރިކާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަނީ!
26 ޖެނުއަރީ 2018

ދެކުނު ކޮރެއާގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 37އަށް އަރައިފި

26 ޖެނުއަރީ 2018
ދެކުނު ކޮރެއާގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 37އަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު