Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ ސިފައިން އިރާގުން ފޭބުން

މި އަހަރު ނިމޭއިރު އެމެރިކާ ސިފައިން އިރާގުން ފައިބާނެ - ބައިޑެން

27 ޖުލައި 2021 | އަންގާރަ 08:05

ބޮޑުވަޒީރު މުސްތަފާ ވިދާޅުވީ މިހާރު އިރާގުގައި އެމެރިކާ ސިފައިން ހަރަކާތްތެރިވުން މުހިންމު ނޫންކަމަށް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 27 ޖުލައި 2021 | އަންގާރަ 08:05
އެމެރިކާގެ ރައީސް ޖޯ ބައިޑެން

އެމެރިކާގެ ރައީސް ޖޯ ބައިޑެން

މި އަހަރު ނިމޭ އިރު އިރާގުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިން އެގައުމުން ފައިބާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން މިހެން ވިދާޅުވެފައި ވަނީ އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލް ކަދީމީ އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ދެ ބޭފުޅުން ބައްދަލުކުރައްވައި ދެއްކެވި ވާހަކަތަކުގެ ތެރޭގައެވެ. އެ ބައްދަލުވުމުގައި ދެގައުމުގެ ގުޅުމާ ގުޅޭ ގިނަ ކަންތައްތަކަކާ ގުޅޭ ގޮތުން ރައީސް ބައިޑަން އާއި ބޮޑުވަޒީރު މުސްތަފާ ވަނީ މަޝްވަރާކުރައްވާފައެވެ.

މި މަޝްވަރާތަކުގެ ތެރޭގައި އިރާގުގައި މިހާރު ހަރަކާތްތެރިވާ 2500 އެއްހާ ސިފައިން މި އަހަރު ނިމޭ އިރު އެ ގައުމުން ފޭބުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން ބޮޑުވަޒީރު މުސްތަފާ ވަނީ މިހާރު އިރާގުގައި އެމެރިކާ ސިފައިން ހަރަކާތްތެރިވުން މުހިންމު ނޫން ކަމަށް ވިދާޅުވެފައެވެ.

ރައީސް ބައިޑެން ވަނީ އެމެރިކާގެ ސިފައިން އިރާގުން ފޭބި ނަމަވެސް އިރާގުގެ ސިފައިންނަށް ހާއްސަ ޓްރެއިނިން ޕްރޮގުރާމްތައް ކުރިއަށް ގެންދާނެ ކަމަށާއި އައިއެސްއާ ދެކޮޅަށް އިރާގުގެ ސަރުކާރުން ކުރަމުންދާ ހަނގުރާމާގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ.

2016 ވަނަ އަހަރު އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރައީސް ކަމަށް އައުމަށް ކެމްޕެއިން ކުރެއްވިއިރު ވިދާޅުވެފައިވަނީ އެމެރިކާ ސިފައިން އެކި ގައުމުތަކުގައި ތިބެގެން ކުރިޔަށްގެންދާ ހަނގުރާމަތައް ނިމުމަކަށް ގެންނަވާނެ ކަމަށެވެ. އެހެންނަމަވެސް އަފްޣާނިސްތާން، އިރާގު، ސީރިޔާ ފަދަ ގައުމުތަކުގައި އަދިވެސް މަދުން ނަމަވެސް އެމެރިކާ ސިފައިން އެބަ ތިއްބެވެ.

މިދިޔަ މަހު އިރާގުގެ ބޮޑުވަޒީރާއެކު ބޭއްވި ބައްދަލު ކުރެއްވުމެއްގައި ޓްރަމްޕް ވަނީ އިރާގުގައި ތިބި އެމެރިކާ ސިފައިން އެ ގައުމުން ބާލާނެ ކަމަށް ޓްރަމްޕް މީގެކުރިން ވެވަޑައިގެންނެވި ވައުދު ތަކުރާރު ކުރައްވާފައެވެ.

އަނެއްކޮޅުން ބަލާއިރު އިރާގުގެ ގާނޫނު ހަދާ މަޖިލީހުން މި އަހަރުގެ ކުރީކޮޅު ވަނީ އެ ގައުމުގައި ތިބި ބޭރު ގައުމުތަކުގެ ސިފައިން އެ ގައުމުން ފޭބުމަށް ފާސްކޮށްފައެވެ. ޤާނޫނު ހަދާ މަޖިލީހުގެ މި ނިންމުމާއެކު އިރާގުގައި ތިބި އެމެރިކާ އާއި އެމެރިކާ އާ ގުޅިފައިވާ ފައުޖުތައް ވަނީ އެ ގައުމުން ފައިބަން ފަށާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

ހަނދުގައި އެންމެ ފަހުން ހިނގި އެސްޓްރޮނޯޓް ޖީން 82 އަހަރުގައި ނިޔާވެއްޖެ

17 ޖެނުއަރީ 2017
ހަނދުގައި އެންމެ ފަހުން ހިނގި އެސްޓްރޮނޯޓް ޖީން 82 އަހަރުގައި ނިޔާވެއްޖެ
14 ޖެނުއަރީ 2017

ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ

14 ޖެނުއަރީ 2017
ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
13 ޖެނުއަރީ 2017

ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް

13 ޖެނުއަރީ 2017
ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް