Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ހޮސްޕިޓަލްތަކުން ދޭ ޚިދުމަތްތައް

ބޮޑު ޗުއްޓީއަކާއެކު ހޮސްޕިޓަލްތައް ވެސް ޗުއްޓީއަށް ދިޔައީތަ؟

ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު ބޭސްފަރުވާއަށް އައިސްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 27 ޖުލައި 2021 | އަންގާރަ 05:48
ސިއްހީ ފަރުވާއަށް ގިނަ ބަޔަކު އަދިވެސް އަންނަނީ މާލެސިޓީއަށް

ސިއްހީ ފަރުވާއަށް ގިނަ ބަޔަކު އަދިވެސް އަންނަނީ މާލެސިޓީއަށް

ޒަމާނުއްސުރެ ދައްކަމުންދާ އެއް ވާހަކައަކީ އަތޮޅުތެރޭގެ ރަށްތަކުން އެކަށީގެންވާ ސިއްހީ ޚިދުމަތް ނުލިބޭ ވާހަކައެވެ. ދިގު ދަތުރުތައް ކުރުމަށްފަހު މާލެ ސިޓީއަށް އަންނަން ޖެހޭ ވާހަކައެވެ. އާސަންދަ ޚިދުމަތާއެކު ބޭސްފަރުވާ ހިލޭ ލިބުނު ކަމުގައި ވިޔަސް ދަތުރުފަތުރަށް ބޮޑު ހަރަދެއް ހޭދަކުރަން ޖެހުމަކީ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. މިކަންބޮޑުވުންތަކަށް އިތުރު ހާސްކަމާއި ހިތްދަތިކަމެއް ގެނުވަނީ ޑޮކްޓަރަށް ދެއްކުމަށް މާލެ އައުމަށްފަހު އެކަށީގެންވާ ފަރުވާއެއް ނުލިބި ރަށަށް ފުރައިގެންދާން ޖެހޭތީއެވެ. މިދުވަސްވަރާ ދިމާކޮށް އަނެއްކާ ވެސް މިވަނީ މިއަޑު ގަދަވެފައެވެ.

ވާނީވެސް އެހެންނޫންތޯއެވެ. އަޟްހާ އީދު ބަންދާއި، ޖުލައި 26އާ ދިމާކޮށް ލިބިގެން ދިޔައީ ބޮޑު ޗުއްޓީއެކެވެ. އެއްބަޔަކު ޗުއްޓީ ހޭދަކުރުމަށް ރަށްރަށަށް ފުރައިގެން ދިޔައީއެވެ. އަނެއް ބައި މީހުން ސުކޫލު ބަންދު ދުވަސްވަރާ ދިމާވުމާ ގުޅިގެންނާއެކު އަނބިދަރިން ގޮވައިގެން އައީ މާލެއަށެވެ. އެންމެ ބޮޑު މަޤުސަދަކީ ދަރިންނާއި، އަނބިން ޑޮކްޓަރަށް ދައްކާލުމަށްފަހު، ދިރާސީ އައު އަހަރަށް ބޭނުންވާ ސާމާނުތައް ގަތުމެވެ. ނަމަވެސް މީގެ ތެރެއިން ބައެއް އާއިލާތަކަށް ޑޮކްޓަރަށް ދައްކާ ނުލެވި، ފުރައިގެން ދާން މަޖުބޫރުވީއެވެ.

ސަބަބުތައް ބައިވަރެވެ. ޑޮކްޓަރުން އެޕޮއިންޓްމަންޓް ކެންސަލް ކުރުމާއި، ޑޮކްޓަރުންގެ ޗުއްޓީ ދިގުކުރުމާއި، އެ ޑޮކްޓަރު މީހާ ދެން މީހުން ބަލަން ނުކުންނާނެ ދުވަހެއް ވެސް ރައްޔިތު މީހާއަށް ނޭނގުމެއެވެ. ހޮސްޕިޓަލަށް ގުޅުމުން ''ޑޮކްޓަރު ޑިއުޓީއަށް ނުކުންނަވާނެ ދުވަހެއް އަޅުގަނޑަކަށް ނޭނގޭ، ޖަވާބެއް ލިބުނީމަ މިކޮޅުން ގުޅާލާނަން'' މިއީ ދޭ ޖަވާބެއެވެ. ބަލީގައި އަބަދު ވެސް ދައްކަމުން އައި ޑޮކްޓަރު ފިޔަވައި އެހެން ޑޮކްޓަރަކަށް ދެއްކުމަކީ ވެސް އަލުން ބަލުން ފަރުވާ ފަށަން ޖެހޭ ފަދަ އުނދަގޫ ކަމެކެވެ. ހުރިހާ ތަކުލީފެއް އުފުލަން ވެސް ޖެހޭނީ ރައްޔިތު މީހާއެވެ.

ޑޮކްޓަރު ޑިއުޓީއަށް ނުކުންނަވާނެ ދުވަހެއް ނޭނގި ކުލީ ކޮޓަރީގައި ދުވާލަކަށް 500 ރުފިޔާ ދައްކަދައްކާ މިއަދު ވެސް އެތައް ބަޔަކު ތިބޭނެ ކަމާމެދު ޝައްކެއް ނެތެވެ. މީގެ ތެރޭގައި އަތްމަތި އެއްކޮށް ހުސްވެގެން ހަފްތާއެއް ހޭދަ ކުރުމަށްފަހު ފުރައިގެން ދިޔަ އާއިލާތައް ވެސް ވަކި މަދެއް ނުވާނެއެވެ. ސަރުކާރުގެ މައި ހޮސްޕިޓަލް (އައިޖީއެމްއެޗް) އަދި އޭޑީކޭއަށް ގިނަ ބަޔަކު ބަރޯސާވެފައިވާއިރު، ޗުއްޓީއާއެކު ހޮސްޕިޓަލްތައް ވެސް ޗުއްޓީވުމަކީ ދެރަކަމެކެވެ. ހާލަކުން ފަހަރަކު ނޫނީ ފޯނު ވެސް ނުނަގަނީއެވެ. އަދި އައިޖީއެމްއެޗުން ބަލީގެ ޚާއްސަ ޑޮކްޓަރަކަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހައްދައިފިނަމަ ބަލި ރަނގަޅުވެ، ހަނދާން ނެތޭ ފަހުން ވެސް އެޕޮއިންޓްމަންޓް ޔަގީން ކުރުމަށް ހޮސްޕިޓަލުން ގުޅާ ވާހަކައަކީ އައު ވާހަކައެއް ނޫނެއެވެ. ހާލަތު މިހެން ހުރިއިރު އިތުރު ގޮތެއް ނެތި، މާލޭގެ ކްލިނިކްތަކަށް ގޮސްގެން ބައެއް މީހުން ޑޮކްޓަރަށް ދައްކައެވެ. ނަމަވެސް ގިނަ ކްލިނިކްތަކުން އާސަންދަ ޚިދުމަތް ނެތުމާއެކު އަގު ބޮޑުވުމަކީ ގިނަ ބަޔަކަށް އެފޯޑް ނުކުރެވޭ ކަމެކެވެ.

މި މައްސަލައާ ގުޅޭ ގޮތުން އާންމުންގެ މީހަކު ސޯޝަލް މިޑިއާގައި ކަންބޮޑުވުންފާޅުކޮށް ބުނެފައިވަނީ ބޭސްފަރުވާއަށް މާލެއަށް އައީ އެނޫން ގޮތެއް ނެތިގެން ކަމަށެވެ. ނަމަވެސް އަތުން 10،000ށް ވުރެ ގިނަ ރުފިޔާ ހޭދަކުރުމަށްފަހު ފުރައިގެން ރަށަށްދާން ޖެހުނީ ޑޮކްޓަރަށް ނުދެއްކި ކަމަށް އެމީހާ ބުނެފައިވެއެވެ. މިގޮތަށް ދިމާވާނީ ކިތައް އާއިލާއަށްތޯއާއި ޑޮކްޓަރަށް ނުދެއްކި އިންތިޒާރުގައި ތިބީ ކިތައް ބަލި މީހުންތޯ މިއީ މިހާރު އުފެދޭ ސުވާލެއް ނޫންތޯއެވެ.

މިމައްސަލައާ ގުޅިގެން ހެލްތް މިނިސްޓްރީން ބުނެފައިވަނީ އަތޮޅުތެރޭގެ ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ޕްލޭންތަކެއް ކުރެވި މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. މުޅި ރާއްޖެ ހަތަރު ރީޖަންއަކަށް ބަހާލެވި ހޮސްޕިޓަލްތައް ގާއިމުކުރެވިގެންދާނެ ކަމަށެވެ. ރީޖަންތަކުގެ ހޮސްޕިޓަލްތަކާއެކު މާލެއަށް ބަރޯސާވާން ނުޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ޗުއްޓީތަކާ ދިމާކޮށް މިފަދަ މައްސަލަތައް ފެންމަތިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، މި މައްސަލަތައް ހައްލުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ޗުއްޓީއާ ދިމާކޮށް މީހުން ބަލި ނުވާނަމަ ހޮސްޕިޓަލްތައް ޗުއްޓީއަށް ދިއުން އެންމެ ރަނގަޅެވެ. ނަމަވެސް ޗުއްޓީއަކަސް ބަލި މީހުން ބައްޔެވެ. އެމަރޖެންސީކޮށް ފަރުވާ ދޭން ޖެހޭ ހާލަތްތައް ވެސް މެދުވެރިވެއެވެ. އެހެންކަމުން ޗުއްޓީއާ ދިމާކޮށް ޑޮކްޓަރަށް ނުދެއްކި ތަކުލީފު އުފުލަން ޖެހުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. ހަރުދަނާ ފިޔަވަޅުތަކެއް އަޅައި މިނޫން ގޮތަކަށް ހޮސްޕިޓަލްތަކުގެ މެނޭޖްމެންޓްތަކުން މަސައްކަތް ކުރަން ޖެހެއެވެ. ޑޮކްޓަރަށް ދެއްކޭނެ ދުވަސްތައް އާންމުންނަށް އެނގޭނެ ގޮތަކަށެވެ. ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ބުރަ މަސައްކަތްތައް ކުރަމުންދާ ދަނޑިވަޅެއްގައި މިގޮތަށް ކަންކަން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެންމެފަހުގެ ޓެކްނޮލޮޖީއާކު ސިއްހީ ޚިދުމަތްތައް ފައްކާކުރި ނަމަވެސް މިފަދަ މައްސަލަތަކަށް ހައްލު ނުލިބޭނަމަ ބިކަ ވަނީ ރައްޔިތު މީހާއެވެ. މިއީ ހަމަ ސިއްހީ ފަރުވާއަށް ސަލާން ޖެހުންފަދަ ކަމެއް ނޫންތޯއެވެ!

ކޮމެންޓް

އިތުރަށް ކިޔާލަން

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު