Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވުން

ދިވެހިރާއްޖެއިން ވަނީ ކޮވިޑްގެ ތެރޭގައި ފަތުރުވެރިކަން ހިންގައި، ދުނިޔެއަށް މިސާލު ދައްކާފައި: ކޮރެއާ

26 ޖުލައި 2021 | ހޯމަ 15:34

ސަފީރު ވަނީ ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ހުރިހާ ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވާފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 26 ޖުލައި 2021 | ހޯމަ 15:34
ކޮރެއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިފައި ހުންނަވާ ސަފީރު ވީޖިންގް ޖިއޮންގް

ކޮރެއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިފައި ހުންނަވާ ސަފީރު ވީޖިންގް ޖިއޮންގް

ދިވެހިރާއްޖެއިން ވަނީ ކޮވިޑްގެ ތެރޭގައި ފަތުރުވެރިކަން ހިންގައި، މުޅި ދުނިޔެއަށް މިސާލު ދައްކާފައިކަމަށް ކޮރެއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މިނިވަން ދުވަހުގެ ތަހުނިޔާ ވިދާޅުވުމަށް ކުރެއްވި މެސެޖެއްގައި ކޮރެއާގެ ސަފީރު ވީޖިންގް ޖިއޮންގް ވަނީ، މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށާއި، ދިވެހި ހުރިހާ ރައްޔިތުންނަށް ފޮނުއްވާފައެވެ.

Advertisement - newsAdvertisement

ރާއްޖެއިން މިނިވަންކަމުގެ 56 އަހަރު ފުރިހަމަ ކުރާއިރު، ރާއްޖެއާއި ކޮރެއާގެ ގުޅުންވެސް ވަރަށް ބޮޑަށް ބަދަހިވެފައިވާކަން ސަފީރު ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖެއަކީ ކޮރެއާއިން އަބަދުވެސް ޚާއްސަ އަހަންމިއްޔަތުކަމެއްދޭ ގައުމެއްކަމުގައި ފާހަގަކުރެއްވިއެވެ. ދިވެހިންނަކީ މަސައްކަތްތަތެރި އަދި މިނިވަންކަމަށް ލޯބިކުރާ ރައްޔިތުންތަކެއްކަން ވޭތުވެ ދިޔަ ތަނުގައި ސާބިތުކޮށްދީފައިވާކަމަށް ސަފީރު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި މަސައްކަތަށް 193 މެމްބަރުންގެ ތާއީދާއެކު ހޮވުމަކީ މިކަމުގެ އަލިގަދަ ހެތްކެއްކަމުގައި ސިފަކުރެއްވިއެވެ. މި ދަތުރުގައި ކޮރެއާއިން މިނިސްޓަރަށް އަބަދުވެސް ތާއީކުރެއްވިކަމަށްވެސް ވިދާޅުވިއެވެ.

1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް މިނިވަންކަން ލިބުމަށްފަހު މުޅި ދުނިޔެއަށް މިސާލު ދައްކާފައިވާކަމަށް ސަފީރު ވިދާޅުވިއެވެ. އެގޮތުން އެންމެ ފަގީރު ގައުމުތަކުގެ ގިންތިން އަރައިގަތުމަށް ކުރި މަސައްކަތުން މިއަދު ރާއްޖެއަކީ މެދު މިނުގެ އާމްދަނީއެއް ލިބޭ ގައުމަކަށް ވެފައިވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކޮވިޑް-19ގެ ތެރޭގައިވެސް ރާއްޖެއިން މިސާލު ދައްކުވައިދިންކަން ފާހަގަކުރެއްވިއެވެ. އެގޮތުން ކޮރެއާއާއި ރާއްޖެއިން ކޮވިޑްގެ ދަތި ހާލަތުގައިވެސް ފަތުރުވެރިކަން ހިންގައި، ދުނިޔެއަށް މިސާލު ދައްކާފައިކަމަށް ވިދާޅުވެފައެވެ. މި މެސެޖުގައި ސަފީރު ވަނީ ރާއްޖެއަށް ބޭނުންވާ ކަންކަމަށް މަގުފަހިކޮށްދިނުމަށް ކޮރެއާއިން މަދަދުވެރިވެދޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ކޮވިޑް-19އިން އަރައިގަތުމަށް ވަރަށް ގާތުން މަސައްކަތްކުރާނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ

20 ފެބުރުއަރީ 2017
ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
25 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް