Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވަރާން ޔުނައިޓެޑަށް ބަދަލުވުން

ރެއާލުން ވަރާން ވިއްކާނީ 50 މިލިޔަން ޔޫރޯއަށް

26 ޖުލައި 2021 | ހޯމަ 14:33

މިހާރު އަންނަނީ އަގެއް ކަނޑައެޅުމަށް މަޝްވަރާ ކުރަމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 26 ޖުލައި 2021 | ހޯމަ 14:33
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ރަފައެލް ވަރާން

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ރަފައެލް ވަރާން

މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ރެއާލް މެޑްރިޑުން ފްރާންސްގެ ޑިފެންޑަރު ރަފައެލް ވަރާން ވިއްކާނީ 50 މިލިޔަން ޔޫރޯއަށް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފްރާންސްގެ ލެންސްއިން ކެރިއަރު ފެށި ވަރާން ސްޕޭނުގެ ރެއާލާ ގުޅުނީ 2011 ވަނަ އަހަރުއެވެ. އަދި 2017 ވަނަ އަހަރު އޭނާ ވަނީ ރެއާލުގެ އެއްބަސްވުން އަންނަ އަހަރުގެ ނިޔަލަށް އާކޮށްފައެވެ. ސްޕެއިނުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ރެއާލް ދޫކޮށްލަން އުމުރުން 28 އަހަރުގެ ވަރާން ބޭނުންވެއެވެ. އަދި ރެއާލް ދޫކޮށްލަން ވަރާން ބޭނުންވަނީ ކެރިއަރުގައި އައު ތަޖުރިބާއެއް ކުރުމަށް ކަމަށްވެސް ރިޕޯޓުތައް ވަނީ ބުނެފައެވެ.

ރެއާލް ދޫކޮށްލަން ވަރާން ބޭނުންވާތީ، މި ފަހަރުގެ ޓްރާންސްފާގައި އޭނާ ވިއްކާލަށް ރެއާލަށް މަޖުބޫރުވެއެވެ. އެއީ މި ޓްރާންސްފާގައި އޭނާ ވިއްކާނުލެވިއްޖެނަމަ، އަންނަ އަހަރު ހިލޭ ޓްރާންސްފާއެއްގެ ދަށުން ވަރާނަށް ކުލަބު ބަދަލުކުރުމުގެ ފުރުސަތު އޮތުމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ވަރާންގެ ސޮއި ހޯދުމާއި ގާތަށް ޔުނައިޓެޑުން ގޮސްފައިވާއިރު، ޔުނައިޓެޑުން ރެއާލާއެކު މިހާރު އަންނަނީ އަގެއް ކަނޑައެޅުމަށް މަޝްވަރާ ކުރަމުންނެވެ. އަދި މި މަޝްވަރާގައި ރެއާލުން ވަރާން ވިއްކާނީ 50 މިލިޔަން ޔޫރޯއަށްކަން އަންގާފައިވާ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ޔުނައިޓެޑުން ވަރާންގެ ސޮއި ހޯދުމާ ގާތަށް ގޮސްފައިވާއިރު، މިހާތަނަށް އޭނާ ވަނީ ރެއާލަށް 360 މެޗު ކުޅެދީ، 17 ލަނޑު ޖަހާދީފައެވެ. އަދި ވަނީ އެ ކުލަބާއެކު ސްޕެނިޝް ލީގު ތިން ފަހަރު، ސްޕެނިޝް ކަޕް އެއް ފަހަރު، ސްޕެނިޝް ސުޕަ ކަޕް ތިން ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު، ޔުއެފާ ސުޕަ ކަޕް ތިން ފަހަރު އަދި ފީފާ ކުލަބު ވޯލްޑް ކަޕް ހަތަރު ފަހަރު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމަށް މިހާތަނަށް 79 މެޗު ކުޅެދީފައިވާ ވަރާނަކީ އެ ގައުމުން 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، އެ ޓީމުގައި ހިމެނުނު މުހިންމު ކުޅުންތެރިއެކެވެ.

އިތުރަށް ކިޔާލަން

13 ނޮވެމްބަރު 2018

ސަންޗޭޒް ހޯދުމަށް ރެއާލުން މަސައްކަތް ކުރަނީ

13 ނޮވެމްބަރު 2018
ސަންޗޭޒް ހޯދުމަށް ރެއާލުން މަސައްކަތް ކުރަނީ
05 ނޮވެމްބަރު 2018

އެސެންސިއޯ ދިނުމަށް ފަހު ހަޒާޑް ހޯދަން ރެއާލުން މަސައްކަތް ކުރަނީ!

05 ނޮވެމްބަރު 2018
އެސެންސިއޯ ދިނުމަށް ފަހު ހަޒާޑް ހޯދަން ރެއާލުން މަސައްކަތް ކުރަނީ!
22 އޮކްޓޯބަރު 2018

ރެއާލުން އިބްރަހަމޮވިޗަށް ފާރަލަނީ!

22 އޮކްޓޯބަރު 2018
ރެއާލުން އިބްރަހަމޮވިޗަށް ފާރަލަނީ!
18 އޮކްޓޯބަރު 2018

ސްޓާލިން ހޯދުމަށް ރެއާލުން މަސައްކަތް ފަށައިފި

18 އޮކްޓޯބަރު 2018
ސްޓާލިން ހޯދުމަށް ރެއާލުން މަސައްކަތް ފަށައިފި
29 ސެޕްޓެމްބަރު 2017

ވަރާންއާއި އަސެންސިއޯ ރެއާލްގެ އެއްބަސްވުން އާކޮށްފި

29 ސެޕްޓެމްބަރު 2017
ވަރާންއާއި އަސެންސިއޯ ރެއާލްގެ އެއްބަސްވުން އާކޮށްފި
26 ސެޕްޓެމްބަރު 2017

ޔުނައިޓެޑުން އަނެއްކާ ވެސް 100 މިލިޔަން ޕައުންޑުގެ ބިޑަކަށް ތައްޔާރު ވަނީ!

26 ސެޕްޓެމްބަރު 2017
ޔުނައިޓެޑުން އަނެއްކާ ވެސް 100 މިލިޔަން ޕައުންޑުގެ ބިޑަކަށް ތައްޔާރު ވަނީ!
04 ޖުލައި 2017

ވެރާޓީ އަށް 80 މިލިއަން ޔޫރޯއަށްވުރެ ގިނައިން ހަރަދުކުރަން ބާސާ ބޭނުމެއްނުވޭ

04 ޖުލައި 2017
ވެރާޓީ އަށް 80 މިލިއަން ޔޫރޯއަށްވުރެ ގިނައިން ހަރަދުކުރަން ބާސާ ބޭނުމެއްނުވޭ
01 ޖުލައި 2017

ޔުނައިޓެޑަށް 30 މިލިއަން ޔޫރޯއަށް ބަދަލުވާން ޕެރިސިޗް ހުރީ ތައްޔާރަށް

01 ޖުލައި 2017
ޔުނައިޓެޑަށް 30 މިލިއަން ޔޫރޯއަށް ބަދަލުވާން ޕެރިސިޗް ހުރީ ތައްޔާރަށް
20 ޖޫން 2017

ޔުނައިޓެޑަށް މޮރާޓާ ވިއްކާލުމަށް ރެއާލުން އެއްބަހެއް ނުވޭ: ރެއާލްގެ ރައީސް

20 ޖޫން 2017
ޔުނައިޓެޑަށް މޮރާޓާ ވިއްކާލުމަށް ރެއާލުން އެއްބަހެއް ނުވޭ: ރެއާލްގެ ރައީސް
18 މެއި 2017

ސެލްޓަވީގޯ ބަލިކޮށް ރެއާލުން ލީގު ހޯދުމާ އެއް ޕޮއިންޓް ގާތަށް

18 މެއި 2017
ސެލްޓަވީގޯ ބަލިކޮށް ރެއާލުން ލީގު ހޯދުމާ އެއް ޕޮއިންޓް ގާތަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް