Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެާހޯރަފުށީގައި ލައިސަންސް ކާޑު ދޫކުރަން ފެށުން

ހޯރަފުށީގައި ލައިސަންސް ކާޑު ދޫކުރުމުގެ ޚިދުމަތް ފަށައިފި

26 ޖުލައި 2021 | ހޯމަ 07:17

ލައިސަންސް ކާޑުގެ ޚިދުމަތާއެކު ޕްރެކްޓިކަލް ބާއްވާނެ ތަނެއް ވެސް ވަނީ ގާއިމުކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 26 ޖުލައި 2021 | ހޯމަ 07:17
ހޯރަފުށީގައި ލައިސަންސް ކާޑު ދޫކުރުމުގެ ހިދުމަތް ފެށުން

ހޯރަފުށީގައި ލައިސަންސް ކާޑު ދޫކުރުމުގެ ހިދުމަތް ފެށުން

ހއ. ހޯރަފުށި ކައުންސިލް މެދުވެރިކޮށް ލައިސަންސް ކާޑު ދޫކުރުމުގެ ޚިދުމަތް ފަށައި، ލައިސަންސް ނަގަން ދުއްވަން ދަސްކުރާ ސަރަހައްދު ރަސްމީކޮށް ހުޅުވައިފިއެވެ.

މި ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ހޯމަ ދުވަހު ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ. މި ޚިދުމަތާއެކު މީގެ ކުރިން އަތޮޅުގެ ވެރިކަން ކުރާ ރަށުން ލައިސަންސް ފޮތް ހޯދުމަށާއި، މާލެ ގޮސް ލައިސަންސް ނެގުމަށް ކުރަންޖެހޭ މަސައްކަތް ނިމުމަކަށް އައިސް ރަށުގައި ތިބެގެން ލައިސަންސް ކާޑު ލިބޭނެ ގޮތް މަގުފަހިވެގެންދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ މި މަސައްކަތަކީ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސަލީމްގެ އެހީތެރިކަމާއެކު ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މި މަސައްކަތާއެކު ރަށުގައި ތިބެގެން ފަސޭހަކަމާއެކު ލައިސަންސް ކާޑު ލިބިގެންދާނެ ކަމަށާއި، ކުރިން ލައިސަންސް ނެގުމަށް ކުރަން ޖެހުނު ދިގު ދަތުރުތައް ނިމުމަކަށް އަންނާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ ތަރައްގީގެ ގޮތުން ނަމަވެސް މިއަދު އެޅިގެން މިދަނީ މުހިންމު މަސައްކަތެއް ކަމަށާއި، ކުރިން ރަށުގައި ތިބެގެން ލައިސަންސް ލިބޭނެ އެއްވެސް ގޮތެއް ނޯންނަ ކަމަށާއި، ލައިސަންސް ފޮތް ކުރިން ހޯދަން ޖެހެނީ މާލެއަށް ނުވަތަ އަތޮޅު ވެރިކަން ކުރާ ރަށަކަށް ގޮސްގެން ކަމަށެވެ.

އެހެންނަމަވެސް މި ޚިދުމަތް ހޯދުމަށް ކުރަން ޖެހުނު ދަތުރު މިވަނީ ނިމުމަކަށް އައިސްފައި ކަމަށާއި، އަމިއްލަ ރަށުން ޚިދުމަތް ލިބޭނެ ގޮތް މިވަނީ ފަހިވެފައި ކަމަށެވެ.

ލައިސަންސް ކާޑުގެ ޚިދުމަތާއެކު ހޯރަފުށީގައި ވަނީ އެއްގަމު ލައިސަންސް ނެގުމަށް ވަކި ސަރަހައްދެއް ހަމަޖައްސައި، ލައިސަން ނެގުމަށް ޕްރެކްޓިކަލް ހެދުމަށާއި ދަސްކުރުމަށް ވަކި ސަރަހައްދެއް ހަމަޖައްސާފައެވެ. މިތަން ހަދާފައި ވަނީ ކައުންސިލާ ގުޅިގެން ސީއެސްއާރުގެ ދަށުން ފެނަކަ ކޯޕަރޭޝަނުންނެވެ.

އިތުރަށް ކިޔާލަން

23 މާރިޗު 2017

އޭޑީކޭ ފްލޫ ކްލިނިކްތަކުގެ ޚިދުމަތް މެދުކަނޑާލައިފި

23 މާރިޗު 2017
އޭޑީކޭ ފްލޫ ކްލިނިކްތަކުގެ ޚިދުމަތް މެދުކަނޑާލައިފި
18 މާރިޗު 2017

ރާއްޖެ ޓީވީއަށް އެހީވުމަށް ހޯރަފުށީގައި ވެސް ފަންޑު ފޮށި ބަހައްޓަނީ

18 މާރިޗު 2017
ރާއްޖެ ޓީވީއަށް އެހީވުމަށް ހޯރަފުށީގައި ވެސް ފަންޑު ފޮށި ބަހައްޓަނީ
13 މާރިޗު 2017

އެއްމަސްދުވަހުގެ ކާޑު ގަންނާނެ ވަރުވެސް ދައުލަތުގެ ޚަޒާނާއަކު ނެތް:އަމީރު

13 މާރިޗު 2017
އެއްމަސްދުވަހުގެ ކާޑު ގަންނާނެ ވަރުވެސް ދައުލަތުގެ ޚަޒާނާއަކު ނެތް:އަމީރު
09 މާރިޗު 2017

ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި

09 މާރިޗު 2017
ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް