Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިލެއްފަހި ބަނދަރުގެ މަސައްކަތް

ބިލެއްފަހި ބަނދަރުގެ މަސައްކަތް ފެބްރުއަރީގެ ކުރިން ނިންމާނަން – އާޒިމް

26 ޖުލައި 2021 | ހޯމަ 06:37

ބަނދަރުގައި މިހާރު ކުރަމުންދާ މަސައްކަތަކީ އެއްގަމުތޮށި ލުމުގެ މަސައްކަތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 26 ޖުލައި 2021 | ހޯމަ 06:37
ބިލެއްފަހި ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ

ބިލެއްފަހި ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ

ށ. ބިލެއް ފަހީގެ ބަނދަރުގެ މަސައްކަތް އަންނަ ފެބްރުއަރީގެ ކުރިން ނިންމާނެ ކަމުގެ ޔަގީންކަން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ދެއްވައިފިއެވެ.

އެމްޓީސީސީން ބިލެއްފަހީގައި ކުރިއަށްގެންދާ މަޝްރޫއުގެ މަސައްކަތް ބައްލަވާލެއްވުމަށް ކުރެއްވި ދަތުރުގައި ރާއްޖެޓީވީއާ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ އާދީއްތަ ދުވަހު ބިލެއްފަހީ ބަނދަރުގެ އެއްގަމު ތޮށީގެ ކޮންކްރީޓް ބްލޮކް އެތުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، މަސައްކަތް ކުރިއަށްދާ ގޮތަށް ބަލައި ނިންމަން ހަމަޖެހިފައިވާ ތާރީޚުގެ ކުރިން މަސައްކަތް ނިންމާނެ ކަމަށެވެ.

Advertisement - newsAdvertisement

28.42 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އާޒިމް ވިދާޅުވީ މަސައްކަތަށް ގެންނަން ޖެހޭ ބައެއް ބަދަލުތައް ގެނެސް ކައުންސިލާއި ރައްޔިތުން ބޭނުންވާ ގޮތަށް މަސައްކަތް ކޮށް ނިންމައި، ޒަމާނީ ބަނދަރެއް ބިލެއްފަހީގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.

އަދި މި ބަނދަރުވެގެންދާނީ ޒަމާނީ އަދި ފެންވަރު ރަނގަޅު ބަނދަރަކަށް ކަމަށާއި، މީގެ ކުރިން ދިމާވި މައްސަލަތައް ބަނދަރާއެކީގައި ހައްލުވެގެންދާނެ ކަމަށެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ބިލެއްފަހި ކައުންސިލްގެ ރައީސް ވިދާޅުވީ މަސައްކަތް ކުރިއަށްދާ ގޮތާ މެދު ހިތްހަމަޖެހޭ ކަމަށާއި، އުއްމީދަނީ ބަނދަރުގެ މަސައްކަތް ނިމި ރައްޔިތުންނަށް އެކަމުގެ ފައިދާ ލިބިގެން ދިއުން ކަމަށެވެ. އަދި އެމްޓީސީސީގެ މަސައްކަތާއި ދޭތެރޭގައި ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށާއި، ކައުންސިލާއި ރައްޔިތުން އެދުނު ގޮތަށް ބަނދަރަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނެސްދީފައިވާ ކަމަށެވެ.

ބިލެއްފަހި ބަނދަރުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ އިރު މިހާރު ކުރަމުންދަނީ އެއްގަމު ތޮށި ލުމުގެ މަސައްކަތެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޑިސެމްބަރު 2019 ގައެވެ.

މި މަޝްރޫއުގެ ދަށުން 24،125 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 376 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 98 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި، 1159 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި މަގުބައްތި ޖެހުން ހިމެނެއެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން

3

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

4

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

5

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް