Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިސްބާހު ހައްޔަރުކުރުން

މިސްބާހު ހިފެހެއްޓުމަށް އިމިގްރޭޝަނަށް އަންގާފައެއް ނެތް

މިސްބާހު މާލެ އައީ ކޮލަމްބޯއިން ފުރައިގެން ރާއްޖެ އައި ފްލައިޓެއްގައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 24 ޖުލައި 2021 | ހޮނިހިރު 10:47
މިސްބާހު މުހައްމަދު - މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި

މިސްބާހު މުހައްމަދު - މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި

ހދ.ނޮޅިވަރަންފަރު މިސްބާހު މުހައްމަދު ހިފެހެއްޓުމަށް އަންގާފައި ނުވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ މިސްބާހު ހިފެހެއްޓުމަށް އެއްވެސް ކޯޓު އަމުރެއް އިމިގްރޭޝަނަށް ލިބިފައިނުވާ ކަމަށެވެ. އިމިގްރޭޝަނުން ފުރާ މީހުންނާ އަންނަ މީހުން ހިފަހައްޓާނީ ކޯޓު އަމުރެއް އެކަމަށް ލިބުމުން ކަމުގައި އިމިގްރޭޝަނުން މައުލޫމާތުދެއެވެ. އެފަދަ އަމުރެއް ނެތުމުން އޭނާއަށް އިމިގްރޭޝަން ކައުންޓަރުން ކްލިއަރެންސް ލިބުނީ ކަމަށް ބުނެއެވެ.

ހދ. ނޮޅިވަރަންފަރު، މޯނިންގސަން، މިސްބާހު މުހައްމަދު ގެއްލިގެން އޭނާ ހޯދުމަށް ފުލުހުން އިއުލާންކުރީ މިދިޔަ މޭމަހުގެ 14 ވަނަ ދުވަހުއެވެ. އޭނާ މާލެ އައިސްފައިވަނީ 23 ވަނަ ދުވަހު ކޮލަމްބޯއިން ފުރައިގެން ރާއްޖެ އައި، ސްރީލަންކަން އެއަރލައިންގެ ފްލަިއޓް، UL101 ގައެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަަރީފު ހޮނިހިރު ދުވަހު ވިދާޅުވެފައިވަނީ، ބޭރު ގައުމެއްގައި ހުރެފައި މިސްބާހު ރާއްޖެއައިސް އިމިގްރޭޝަން ކްލިއަރ ވެގެން އޭނާ އެންމެ ލަގެޖަކާއެކު ނުކުންނަން އަންނަނިކޮށް ކަސްޓަމްސްގެ އޮފިސަރަކަށް ޝައްކުވެ، ޕާސްޕޯޓާއި އެހެނިހެން ލިޔެކިޔުންތައް ބެލި ބެލުމުން އެއީ ހޯދަން އިއުލާން ކޮށްފައިވާ މީހެއްކަން އެނގުމުން ހިފެހެއްޓީ ކަމަށެވެ. އޭނާ ހިފެހެއްޓުމަށްފަހު ފުލުހުންނާ ގުޅައި މައުލޫމާތު ހިއްސާކުރީ ކަމަށް ޝަރީފު ވިދާޅުވިއެވެ. އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

މިސްބާހުގެ މައްޗަށް ޑްރަގް ކޯޓުން 3 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ، މި އަހަރުގެ ޖޫން މަހުއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނީ، މިސްބާހު އަދި ކަރެކްޝަނާ ހަވާލުކޮށްފައި ނުވާ ކަމަށެވެ.

މިސްބާހު ގެއްލިގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކުރީ އެޕްރީލް މަހުން ފެށިގެން އޭނާގެ އެއްވެސް ޚަބަރެއް ނުވުމުންނެވެ. މިކަމާ ގުޅޭގޮތުން ޖޫން މަހު ފުލުހުން ބުނީ، މިސްބާހު ހުރީ ޕާކިސްތާނުގެ ޑްރަގް ނެޓްވާރކެއްގައި ރަހީނުކޮށްފައި ކަމަށެވެ. އޭނާ ރާއްޖެއިން ބޭރަށް ދިޔައި، 2020 ނޮވެމްބަރު މަހުގެތެރޭގައި ކަމަށް ފުލުހުންވަނީ ބުނެފައެވެ.

ފުލުހުންގެ ސްޓޭޓްމެންޓާއެކު މިސްބާހުގެ ވީޑިއޯއެއްވެސް އާއްމުވިއެވެ. އެ ވީޑިއޯގައި އޭނާ ބުނެފައިވަނީ، އޭނާއަކީ ޑްރަގު ނެޓްވޯކަކާ ގުޅުމެއް ހުރި މީހެއް ނޫންކަމަށާއި, ދިވެހި ފުލުހުން ހަދަމުންދަނީ ދޮގު ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު