Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓޯކިއޯ އޮލިމްޕިކްސް

ކުލަގަދަ ރަސްމިއްޔާތަކުން ޓޯކިއޯ އޮލިމްޕިކްސް ހުޅުވައިފި

23 ޖުލައި 2021 | ހުކުރު 18:17

އޮލިމްޕިކްސް ކުރިއަށްދާނީ އޮގަސްޓް މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 23 ޖުލައި 2021 | ހުކުރު 18:17
އޮލިމްޕިކް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތު: ދިވެހި ދިދަ އުފުލާލި މުބާލާއި ނަބާހާ

އޮލިމްޕިކް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތު: ދިވެހި ދިދަ އުފުލާލި މުބާލާއި ނަބާހާ

ޓޯކިއޯ އޮލިމްޕިކްސް ސްޓޭޑިއަމުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތަކުން ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު އޮލިމްޕިކް ގޭމްސް 2020 ރަސްމީކޮށް ފަށައިފިއެވެ.

ދުނިޔޭގެ 200 ށްވުރެ ގިނަ ގައުމުން ބައިވެރިވާ ގޭމްސް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު ހުކުރު ދުވަހުގެރޭ ބޭއްވިއިރު، އޮލިމްޕިކްސް ހުޅުވުމުގެ ގޮތުން ދަންމަރު ރޯކޮށްދިނީ ޖަޕާނުގެ ޓެނިސް ތަރި ނައޯމީ އޮސާކާއެވެ. މި ރަސްމިއްޔާތުގައި ޖަޕާނުގެ ތާރީޚާއި ސަގަފީ ހަރަކާތްތައް ދައްކާލިއިރު، ރަސްމިއްޔާތު ބަލަން 68,000 މީހުންގެ ޖާގައިގެ ސްޓޭޑިއަމަށް ވައްދާފައިވަނީ 1،000 ށްވުރެ މަދު މީހުންނެވެ.

ހުޅުވުމުގެ ރަސްމިއްޔާތުގެ އެންމެ ހާއްސަ ބަޔަކީ، ގައުމުތަކުގެ ކޮންޓިންޖެންޓުގައި ހިމެނޭ މެންބަރުން ތައާރަފުވުމަށް ސްޓޭޑިއަމް ވަށައި ހިނގާލުމެވެ. މި ހިނގާލުމުގައި ފެނިގެން ދިޔަ އެންމެ ކުޑަ އެއް ކޮންޓިންޖެންޓަކީ ދިވެހިރާއްޖޭގެ ފަޚުރުވެރި އެތުލީޓުންނާއި އޮފިޝަލުން ހިމެނޭ ކޮންޓިންޖެންޓެވެ.

މި ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލާލީ ފެތުންތެރިޔާ މުބާލް އައްޒާމް އިބްރާހީމާއި ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާއެވެ. މި ފަހަރުގެ އޮލިމްޕިކްސްގައި މުޅިން އަލަށް ދިދަ އުފުލުގެ ފުރުސަތު އަންހެން އެތުލީޓަކާއި ފިރިހެން އެތުލީޓަކަށް ދޭން އިންޓަނޭޝަން އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ނިންމީ މިންތީގެ ހަމަހަމަކަމަށް ތާއީދުކުރުމުގެ ގޮތުންނެވެ. މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖެއިން ހަތަރު އެތުލީޓަކު ވާދަކުރާނެއެވެ. އެއީ މުބާލާއި ނަބާހާގެ އިތުރުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި، ފެތުންތެރިޔާ އައިޝަތު ސާޖިނާއެވެ.

ޓޯކިއޯ އޮލިމްޕިކްސް ހުކުރު ދުވަހުގެރޭ ފެށިއިރު، ގޭމްސް ކުރިއަށްދާނީ އަންނަ އޮގަސްޓް މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ޕެރަލިމްޕިކްސް ބާއްވަން ތާވަލުކޮށްފައިވަނީ އޮގަސްޓް މަހުގެ 24 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރުގެ އޮލިމްޕިކްސް މި އަހަރަށް ފަސްކުރިއިރު، މިއީ ތާރީޚުގައި އޮލިމްޕިކްސް ފަސްކުރި ފުރަތަމަ ފަހަރެވެ. މި އަހަރުގެ ހޫނު މޫސުމުގައި އޮލިމްޕިކްސް ބާއްވާ ނަމަވެސް، މި އަހަރުގެ ގޭމްސްގައިވެސް ބޭނުންކުރާނެ ނަމަކީ "ޓޯކިއޯ އޮލިމްޕިކްސް 2020" އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2018

އޮލިމްޕިކްސް 2020 ގެ ކޮލިފައިން އަށް އަންހެން ފުޓުބޯޅަ ޓީމު ފަލަސްތީނަށް ފުރައިފި

05 ނޮވެމްބަރު 2018
އޮލިމްޕިކްސް 2020 ގެ ކޮލިފައިން އަށް އަންހެން ފުޓުބޯޅަ ޓީމު ފަލަސްތީނަށް ފުރައިފި
05 އެޕްރީލު 2018

ކުލަގަދަ ރަސްމިއްޔާތަކާ އެކު ކޮމަންވެލްތު ގޭމްސް ފަށައިފި

05 އެޕްރީލު 2018
ކުލަގަދަ ރަސްމިއްޔާތަކާ އެކު ކޮމަންވެލްތު ގޭމްސް ފަށައިފި
10 ޖެނުއަރީ 2018

ވިންޓަރ އޮލިމްޕިކްސްގައި ބައިވެރިވުމަށް އުތުރު ކޮރެއާގެ އެތްލީޓުން ދެކުނު ކޮރެއާ އަށް

10 ޖެނުއަރީ 2018
ވިންޓަރ އޮލިމްޕިކްސްގައި ބައިވެރިވުމަށް އުތުރު ކޮރެއާގެ އެތްލީޓުން ދެކުނު ކޮރެއާ އަށް
08 ޑިސެމްބަރު 2017

ކަލާ ރަން ކުލަގަދަ ގޮތެއްގައި ކުރިޔަށް ގެންގޮސްފި

08 ޑިސެމްބަރު 2017
ކަލާ ރަން ކުލަގަދަ ގޮތެއްގައި ކުރިޔަށް ގެންގޮސްފި
07 ޑިސެމްބަރު 2017

ފިނި މޫސުމުގެ އޮލިމްޕިކްސްއިން ރަޝިއާ ސަސްޕެންޑްކުރީ ސިޔާސީ މަންފާއެއް ހޯދުމަށް: ޕޫޓިން

07 ޑިސެމްބަރު 2017
ފިނި މޫސުމުގެ އޮލިމްޕިކްސްއިން ރަޝިއާ ސަސްޕެންޑްކުރީ ސިޔާސީ މަންފާއެއް ހޯދުމަށް: ޕޫޓިން
06 ޑިސެމްބަރު 2017

ފިނި މޫސުމުގެ އޮލިމްޕިކްސްގައި ރަޝިޔާ ބައިވެރިވުން މަނާކޮށްފި!

06 ޑިސެމްބަރު 2017
ފިނި މޫސުމުގެ އޮލިމްޕިކްސްގައި ރަޝިޔާ ބައިވެރިވުން މަނާކޮށްފި!
09 އޯގަސްޓު 2017

ސާފިން ޗެމްޕިއަންސް ޓްރޮފީ 2017ގެ ހުޅުވުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ބާއްވައިފި

09 އޯގަސްޓު 2017
ސާފިން ޗެމްޕިއަންސް ޓްރޮފީ 2017ގެ ހުޅުވުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ބާއްވައިފި
26 ޖުލައި 2017

ސެންޓާރާ ރަސްފުށީގައި ފުޓްސަލް ދަނޑެއް ހުޅުވައިފި

26 ޖުލައި 2017
ސެންޓާރާ ރަސްފުށީގައި ފުޓްސަލް ދަނޑެއް ހުޅުވައިފި
06 މެއި 2017

ތިންވަނަ ސްކޫލް ހޭންޑްބޯލް މުބާރާތް ކުލަގަދަ ރަސްމިއްޔާތަކާއެކު ނިންމާލައިފި

06 މެއި 2017
ތިންވަނަ ސްކޫލް ހޭންޑްބޯލް މުބާރާތް ކުލަގަދަ ރަސްމިއްޔާތަކާއެކު ނިންމާލައިފި
26 ޖެނުއަރީ 2017

އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ

26 ޖެނުއަރީ 2017
އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް