Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮމަންވެލްތު ގޭމްސް

ކުލަގަދަ ރަސްމިއްޔާތަކާ އެކު ކޮމަންވެލްތު ގޭމްސް ފަށައިފި

5 އެޕްރީލު 2018 | ބުރާސްފަތި 11:21

މިއަހަރުގެ ކޮމަންވެލްތު ގޭމްސް ކުރިޔަށްދާނީ އޮސްޓްރޭލިއާގެ ކުއީންސްލޭންޑްގެ ގޯލްޑް ގޯލްޑް ކޯސްޓްގައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 5 އެޕްރީލު 2018 | ބުރާސްފަތި 11:21
ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ކޮމަންވެލްތުގެ މެމްބަރުގެ ގައުމުތަކުގެ މެދުގައި ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ ކޮމަންވެލްތު ގޭމްސް ކުލަގަދަ ރަސްމިއްޔާތަކާ އެކު އޮސްޓްރޭލިއާގައި ފަށައިފިއެވެ.

މިއަހަރުގެ ކޮމަންވެލްތު ގޭމްސް ކުރިޔަށްދާނީ އޮސްޓްރޭލިއާގެ ކުއީންސްލޭންޑްގެ ގޯލްޑް ކޯސްޓްގައެވެ. މިއަހަރުގެ ގޭމްސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްރިންސް ޗާލްސްގެ ދެ ކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ. ޕްރިންސް ޗާލްސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީ އެމަނިކުފާނުގެ މަންމާފުޅު ކުއީން އެލިޒަބަތަށް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ނުގެންނެވުނީމައެވެ. ހަމައެހެންމެ އޮސްޓްރޭލިއާގެ ބޮޑު ވަޒީރު މެލްކޮމް ޓާންބުލް ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތު ބަލާލުމަށް 35000 މީހުން ކެރޭރާ ސްޓޭޑިއަމްއަށް ވަދެފައިވެއެވެ.

އެ ޖަމިއްޔާގެ މެމްބަރު 71 ގައުމުން 4500 އެތުލީޓުން މި މުބާރާތުގައި ބައިވެރިވާއިރު ޖުމްލަ 275 ކުޅިވަރެއްގައި މި އެތުލީޓުން ވާދަކުރާނެއެވެ. މިއަހަރުގެ ގޭމްސް ވެގެންދާނީ ބައިނަލްއަގްވާމީ ބޮޑު ކުޅިވަރު މުބާރާތެއްގައި އަންހެން އަދި ފިރިހެން އެތުލީޓުންނަށް އެއްވަރަކަށް ކުޅިވަރު އިވެންޓް ބޭއްވިގެންދާނެ ފުރަތަމަ ފަހަރަށެވެ. މިއަހަރުގެ ގޭމްސް 12 ދުވަހަށް ދެމިގެންދާއިރު އެ 12 ދުވަހުގެ ތެރޭގައި ދުނިޔޭގެ 2.4 ބިލިއަން މީހުން ތަމްސީލު ކުރެވިގެންދާނެއެވެ. ހަމައެހެންމެ އެކި އިވެންޓްތައް 17 ސްޓޭޑިއަމެއްގައި ކުރިޔަށްދާނެއެވެ.

މިއަހަރުގެ ގޭމްސްގައި އަނެއްކާ ވެސް ބާސެކެޓްބޯލް ހިމަނާފައިވާއިރު ބީޗް ވޮލީ ހިމެނުމުގެ ގޮތުން ޖޫޑޯ ނުބާއްވާނެއެވެ. ހަމައެހެންމެ ކޮމަންވެލްތު ގޭމްސްގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް މިއަހަރު އަންހެނުންގެ ރަގްބީ ޔޫނިއަން ކުރިޔަށްދާނެއެވެ.

ޖުމްލަ 1600 މީހުންގެ އާބާދީއެއް އޮންނަ ކޮމަންވެލްތުގެ އެންމެ ކުޑަ ގައުމު ކަމަށްވާ ނިއުއޭ އިން މި ގޭމްސްގައި 19 އެތުލީޓުން ބައިވެރިވާނެއެވެ. ހަމައެހެންމެ 2013 ވަނަ އަހަރު އެ ޖަމިއްޔާއިން ވަކިވުމަށް ފަހު މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އަލަށް ގުޅުނު ގެމްބިއާ ވެގެންދާނީ ހަ އެތުލީޓުންނާ އެކު މި ގޭމްސްއަށް އެންމެ ކުޑަ ކޮންޓިންޖެންޓެއް ފޮނުވާ ގައުމަށެވެ.

މިއަހަރުގެ ކޮމަންވެލްތު ގޭމްސްއާ އެކު ނުކުޅެދޭ މީހުންނަށް ބާއްވާ އެންމެ ބޮޑު އެއް ކުޅިވަރު އިވެންޓް ކަމަށްވާ ޕެރަ ސްޕޯޓް ޕްރޮގްރާމް ވެސް ވަނީ ފަށާފައެވެ. ޖުމްލަ 38 އިވެންޓް މި ބައިގައި ކުރިޔަށްދާއިރު އޭގެ ތެރޭގައި އެތުލެޓިކްސް، ސްވިމިންގ، ޓޭބަލް ޓެނިސް އަދި ޓްރެކް ސައިކްލިންގްގެ އިތުރުން ޕަވަރލިފްޓިން ވެސް ކުރިޔަށްދާނެއެވެ. މި އިވެންޓުތަކުގައި 300 އެތުލީޓުން ވާދަކުރާއިރު މިއީ 2014 ވަނަ އަހަރު ސްކޮޓްލޭންޑްގެ ގްލާސްގޯގައި ބޭއްވި ގޭމްސްގައި ވާދަކުރި އެތުލީޓުންނަށް ވުރެ 73 އިންސައްތަ އިތުރު އަދަދެކެވެ.

މިއަހަރުގެ ގޭމްސްއަށް 474 އެތުލީޓުންނާ އެކު އެންމެ ބޮޑު ކޮންޓިންޖެންޓެއް ފޮނުވާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ އޮސްޓްރޭލިއާއެވެ. މިއަހަރުގެ ގޭމްސްގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ޝެއާ ދަ ޑްރީމް" އެވެ. ހަމައެހެންމެ މި ގޭމްސްގެ މެސްކޮޓަށް ދީފައިވާ ނަމަކީ "ބޮރޯބީ" އެވެ.

މިއަހަރުގެ ގޭމްސްގައި ރާއްޖެ ވާދަކުރަން އޮތް ނަމަވެސް 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ކޮމަންވެލްތުން ރާއްޖެ ވަކިވުމާ އެކު މިއަހަރުގެ ގޭމްސްގައި ރާއްޖެ ފެނިގެން ނުދާނެއެވެ. 2014 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގައި ފަސް ކުޅިވަރެއްގައި ރާއްޖޭގެ 23 އެތުލީޓުން ވާދަކުރިއެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް