Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ލަންކާގެ ރައީސްއާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާގެ ރައީސްގެ އަރިހަށް ޒިޔާރަތް ކުރައްވައިފި

22 ޖުލައި 2021 | ބުރާސްފަތި 10:05

މި ބައްދަލުކުރެއްވުމުގައި ކޮވިޑް-19 އިން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 22 ޖުލައި 2021 | ބުރާސްފަތި 10:05
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙާއި، ސްރީ ލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސަ

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙާއި، ސްރީ ލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސަ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް، ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސަގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާގެ ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައިވަނީ އެމަނިކުފާނު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ނުރަސްމީ ދަތުރުފުޅުގައި މިއަދު ހެނދުނު ކޮލަންބޯގައި ހުންނަ ޕްރެޒިޑެންޓަލް ސެކްރެޓޭރިއެޓްގައެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތާއި، އެ މަސައްކަތުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން، ފެސިލިޓީތަކަށް ބުރަނުވާނެގޮތަށް އެޅި ފިޔަވަޅުތައް ފާހަގަކުރައްވައި މި ބަލިމަޑުކަމުން އަރައިގަތުމުގައި އެންމެ އިސްކަމެއް ދެއްވަނީ ވެކްސިން ފުރިހަމަކުރުމަށް ކަމުގައި ދެ ގައުމުގެ ވެރިން ވެސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މިހާތަނަށް ވެކްސިން ޖެހޭ އާބާދީގެ 72.97 އިންސައްތަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި 59.07 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓާލައި ބޯޑަރު ކޮންޓްރޯލްކުރުމަށް އެޅި ފިޔަވަޅުތަކަށްފަހު އަލުން ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލާފައި ވަނީ 2020 ޖުލައި ގައެވެ. އޭގެ ފަހުން މިހާތަނަށް 700،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ދެބޭފުޅުންގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ވަނީ ރާއްޖެއާއި ސްރީލަންކާގެ ގާތް ގުޅުމުގެ މައްޗަށް އަލި އަޅުއްވާލައްވައި، ދެޤައުމުގެ ގުޅުން މުސްތަގުބަލުގައި ވެސް ވަރުގަދަކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގާއި، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް، ޞަބްރާ އިބްރާހީމް ނޫރައްދީން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
13 އޯގަސްޓު 2023

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި
13 އޯގަސްޓު 2023

ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

13 އޯގަސްޓު 2023
ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް
11 އޯގަސްޓު 2023

އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު

11 އޯގަސްޓު 2023
އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު
10 އޯގަސްޓު 2023

ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް

10 އޯގަސްޓު 2023
ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް
10 އޯގަސްޓު 2023

އެމްޑީޕީގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން - ރައީސް

10 އޯގަސްޓު 2023
އެމްޑީޕީގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން - ރައީސް
10 އޯގަސްޓު 2023

ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ

10 އޯގަސްޓު 2023
ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ
16 ޖުލައި 2023

ދިއްގަރު ރައްޔިތުންނަށް ރައީސް ދެއްވީ މި ދައުރާާއި އަންނަ ދައުރަށްވެސް އުފާވެރި ޚަބަރުތަކެއް

16 ޖުލައި 2023
ދިއްގަރު ރައްޔިތުންނަށް ރައީސް ދެއްވީ މި ދައުރާާއި އަންނަ ދައުރަށްވެސް އުފާވެރި ޚަބަރުތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް