Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީހުން ދިރިއުޅޭ ރަށްރަށަށް ފަތުރުވެރިން ދިއުން

މީހުން ދިރިއުޅޭ ރަށްރަށަށް ފަތުރުވެރިން ދިއުމުގައި އަމަލުކުރަން ޖެހޭ އުސޫލަށް ބަދަލުތަކެއް

ރާއްޖެއަށް އެތެރެވާއިރު 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ނަތީޖާއެއް އޮންނަން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 22 ޖުލައި 2021 | ބުރާސްފަތި 00:58
ރާއްޖެ އައި ފަތުރުވެރިންތަކެއް،

ރާއްޖެ އައި ފަތުރުވެރިންތަކެއް،

ގެސްޓް ހައުސްތައް ހުންނަ ރަށްރަށަށް ޝަރުތުތަކާއެކު، ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ ފަތުރުވެރިންނަށް ޖުލައި 26 ވަނަ ދުވަހުން ފެށިގެން ދަތުރުކުރެވޭނެކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ކޮވިޑް-19ގެ ވެކްސިންގެ ޑޯޒުތައް ފުރިހަމަނުވާ ފަތުރުވެރިން، ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް ޗެކް-އިން ވުމަށް ހުޅުވާލާފައިވާކަން ފާހަގަކޮށް އެ އޭޖެންސީން ބުނީ ރަށުގައި ދިރިއުޅޭ އާބާދީގެ 60 އިންސައްތައަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައިވުމާއި، ރަށުގައި ފަތުރުވެރިންނަށް ޚިދުމަތްދިނުމުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް ހިމެނޭގޮތަށް 95 އިންސައްތަ މީހުންނަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައިވާނަމަ އެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިން ޑޯޒްތައް ފުރިހަމަވާން ޖެހޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

Advertisement - newsAdvertisement

2021 ޖުލައި 26 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިން، މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކް އިން ވުމާ ގުޅޭގޮތުން އެޗްޕީއޭއިން ބުނީ ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)އިން އިމަރޖެންސީ ޔޫސްއަށް ލިސްޓްކޮށްފައިވާ ކޮވިޑް-19 ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސް ވެފައިނުވާ ނަމަ، މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކް-އިން ނުވެވޭނެ ކަމަށެވެ. އަދި ގެސްޓްހައުސްތަކަށް ޗެކް-އިން ކުރާ، ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަތުރުވެރިންނާއެކު ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިންނަށް ޗެކް-އިން ވެވޭނެ ކަމަށެވެ.

އެޗްޕީއޭއިން ބުނީ ރާއްޖެއަށް އެތެރެވާއިރު 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ނަތީޖާއެއް އޮންނަން ޖެހޭ ކަމަށާއި، މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކުން ފަތުރުވެރިން ޗެކް-އައުޓް ވާއިރު ނެގެޓިވް ޕީސީއާރު ނަތީޖާއެއް އޮންނަން ޖެހޭ ކަމަށެވެ.

އެޗްޕީއޭއިން ބުނީ ވެކްސިން ޑޯޒް ފުރިހަމަވެފައިވާ ކަމަށް ބަލާނީ ވެކްސިން ޖަހަންޖެހޭ ޑޯޒްތައް ފުރިހަމަ ވުމަށްފަހު 14 ދުވަސް ވުމުން ކަމަށެވެ.

ފަތުރުވެރިން ރާއްޖެއަށް ދަތުރުކުރާ ގައުމުތަކުގައި ބަލީގެ ހާލަތު އޮތްގޮތަށް ބަލައި މީހުން ދިރިއުޅޭ ރަށްރަށަށް ފަތުރުވެރިން ޗެކް-އިން ކުރުމުގައި އަމަލުކުރުމަށް ބަދަލުގެނެވޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭފަތުރުވެރިންޓޫރިސްޓް އެރައިވަލް

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
16 ޑިސެމްބަރު 2024

މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ

16 ޑިސެމްބަރު 2024
މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ
15 ޑިސެމްބަރު 2024

އަރިދަފުސްރޯގާ، އިންފުލުއެންޒާ އަދި ބޭރަށް ހިންގުން މިދިޔަ މަހު އިތުރުވެއްޖެ

15 ޑިސެމްބަރު 2024
އަރިދަފުސްރޯގާ، އިންފުލުއެންޒާ އަދި ބޭރަށް ހިންގުން މިދިޔަ މަހު އިތުރުވެއްޖެ
22 ނޮވެމްބަރު 2024

ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

22 ނޮވެމްބަރު 2024
ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު