Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަށު ފެރީ ނިޒާމު

ރަށު ފެރީ ނިޒާމުގެ ޓެސްޓު ދަތުރުތައް އޮގަސްޓުގައި

21 ޖުލައި 2021 | ބުދަ 17:02

ފުރަތަމަ ފެރީ ބަނދެ ނިމުމަކާ މިހާރު ގާތްވެއްޖެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 21 ޖުލައި 2021 | ބުދަ 17:02
ވިލިމާލެ  ފެރީ ޓަރމިނަލް

ވިލިމާލެ ފެރީ ޓަރމިނަލް

"'އިންޓަރގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" ނުވަތަ ރަށު ފެރީގެ ޓެސްޓު ދަތުރުތައް، އަންނަ އޮގަސްޓު މަހު ފަށާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ފުރަތަމަ ޒޯންގެ ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނައިރު، ފުރަތަމަ ފެރީ ބަނދެ ނިމުމަކާ މިހާރު ގާތްވެފައިވާ ކަމަށާއި، ފުރަތަމަ ޓެސްޓް ދަތުރުތައް އޮންނާނީ މާލެ ސަރަހައްދުގައި ކަމަށެވެ. 17 ފެރީއެއް ބަނުމަށް ނިންމާފައިވާއިރު، ބޭރުން ގެންނަ ބައެއް ސާމާނު ގެނައުމުގައި، ކޮވިޑްގެ ހާލަތާއެކު ލަސްތަކެއްވި ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އުތުރުގެ ރަށްރަށުގައި ޤާއިމުކުރާ ޚާއްސަ ފެރީ ޓަރމިނަލްތަކުގެ މަސައްކަތް ފަށައިގެން މިހާރު ކުރިއަށްދާ ކަމަށާއި، ފެރީގެ ނިޒާމު ފެށޭއިރު ޓަރމިނަލްތައް ހުންނާނީ ނިމިފައި ކަމަށް ޢާޒިމް ވިދާޅުވިއެވެ.

ދައުލަތުގެ ބަޖެޓުން 157 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫއު ކުރިއަށްގެންދިޔުމުގައި ސަރުކާރުގެ ވިސްނުމަކީ، ސަބްސިޑައިޒް ކޮށްގެންވެސް "ރަށު ފެރީ"ގެ ނިޒާމު ނަގާ ކޮޅަށްޖެހުމެވެ. މުޅި ރާއްޖެ ދަތުުރުފަތުގެ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުގައި އެންމެ ފުރަތަމަ ފެރީގެ ޚިދުމަތް ފަށަނީ އުތުރުގެ 3 އަތޮޅުގައެވެ. މުޅިރާއްޖެ 6 ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ، ބާކީހުރި ޒޯންތަކުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ކުރިއަށްގެންގޮސް، 2023 ގައި މުޅި މަޝްރޫޢު އެއްކޮށް ނިންމުމަށް ސަރުކާރުންވަނީ އަމާޒުހިފާފައެވެ.

އެމްޓީސީސީ ބުނެފައިވަނީ ފެރީގެ ނިޒާމު ފަށާއިރު، މުވައްޒަފުން ނަގާނީ އެ ސަރަހައްދަކުން ކަމަށެވެ. ފުރަތަމަ ޒޯނުގައި މަސައްކަތްކުރުމަށްވެސް 80ށްވުރެ ގިނަ މުވައްޒަފުން ބޭނުންވެއެވެ.

މި ފެރީ ނެޓްވޯކްއިން 6 ރީޖަންގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅައިލެވޭއިރު، އެއް ރީޖަން އަނެއް ރީޖަންއާ ވެސް ގުޅިގެންދާނެއެވެ. މިގޮތަށް ފަސިންޖަރުން އުފުލާ ފެރީ ގުޅުވައިލެވިގެންދާނީ ތަފާތު ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓް ލިންކް"، "ނަން-ކޮމިއުޓް ލިންކް"، އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ. ކޮމިއުޓް ލިންކްއަކީ އެ ރީޖަންއެއްގައި ހިމެނޭ ރަށްތައް ގުޅުވައިދޭ، އާންމުކޮށް ކުރަންޖެހޭ މަސައްކަތް ނުވަތަ ޒަރޫރީ ބޭނުންތަކަށް ކުރާ ކުރު ދަތުރުތަކަށް ޚާއްސަކުރެވިފައިވާ ލިންކްއެވެ. ނަން-ކޮމިއުޓް ލިންކްއަކީ ދެ ރަށެއްގެ ދެމެދުގައި ކުރާ، ދިގު ދަތުރުތަކަށް ޚާއްސަކޮށްފައިވާ ލިންކްއެވެ. އަދި ހައިވޭ ލިންކްއަކީ އެއް ރީޖަން އަނެއް ރީޖަންއާ ގުޅުވައިދޭ މައި ދަތުރުފަތުރުގެ ހަބްއެވެ.

އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކްގައި ހިމެނޭ ދެވަނަ ޚިދުމަތަކީ ކާގޯ ނުވަތަ މުދާ އުފުލާ ފެރީގެ ޚިދުމަތެވެ. މި ޚިދުމަތަކީ އެ ރީޖަންއެއްގައި ހިމެނޭ ހުރިހާ ރަށްތަކާއި އެންމެ ކައިރީގައި އޮންނަ ކޮމަރޝަލް ހަބްއާ ގުޅުވައިދޭނެ ޚިދުމަތެކެވެ.

އެމްޓީސީސީ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
30 ސެޕްޓެމްބަރު 2025

ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!

30 ސެޕްޓެމްބަރު 2025
ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!
29 ސެޕްޓެމްބަރު 2025

ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި

29 ސެޕްޓެމްބަރު 2025
ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި
26 ސެޕްޓެމްބަރު 2025

317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

26 ސެޕްޓެމްބަރު 2025
317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް