Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު2032 ގެ އޮލިމްޕިކް ގޭމްސް

2032 ގެ އޮލިމްޕިކްސް އޮސްޓްރޭލިއާގެ ބްރިސްބަންގައި

21 ޖުލައި 2021 | ބުދަ 14:09

މިއީ އޮސްޓްރޭލިއާގައި އޮލިމްޕިކްސް ބާއްވާނެ ތިންވަނަ ފަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 21 ޖުލައި 2021 | ބުދަ 14:09
އައިއޯސީގެ މެންބަރު ގައުމުތަކުން ބޭއްވި ބައްދަލުވުމުގެ ތެރެއިން

އައިއޯސީގެ މެންބަރު ގައުމުތަކުން ބޭއްވި ބައްދަލުވުމުގެ ތެރެއިން

އޮސްޓްރޭލިއާގެ ސިޓީއެއް ކަމަށްވާ ބްރިސްބަންގައި 2032 ވަނަ އަހަރުގެ އޮލިމްޕިކް ގޭމްސް ބާއްވަން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ނިންމައިފިއެވެ.

ބްރިސްބަންގައި އޮލިމްޕިކްސް ބާއްވަން އައިއޯސީން ނިންމީ ބުދަ ދުވަހު ޖަޕާނުގެ ވެރިރަށް ޓޯކިއޯގައި ބޭއްވި އައިއޯސީގެ މެންބަރު ގައުމުތަކުގެ ބައްދަލުވުމުގައި ނެގި ވޯޓަށްފަހުއެވެ. 2032 ވަނަ އަހަރުގެ އޮލިމްޕިކްސް ބްރިސްބަންގައި ބާއްވަން ފާސްކުރިއިރު، އެ އަހަރުގެ އޮލިމްޕިކްސް ބާއްވަން ބިޑް ކުރި ހަމައެކަނި ސިޓީއަކީވެސް ބްރިސްބަންއެވެ.

ބްރިސްބަން އަކީ އޮސްޓްރޭލިއާގެ ސްޓޭޓެއް ކަމަށްވާ ކުއީންސްލެންޑުގެ ވެރިރަށެވެ. ބްރިސްބަންގައި 2032 ވަނަ އަހަރުގެ އޮލިމްޕިކްސް ބާއްވާއިރު، ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ބްރިސްބަން ހިމެނޭ ސަރަހައްދުގައި ކުޅިވަރުގެ ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެގޮތުން އަންނަ އަހަރުގެ ފީބާ އަންހެނުންގެ ބާސްކެޓްބޯޅަ ވޯލްޑް ކަޕާއި، އަންނަ އަހަރުގެ ޔޫސީއައި ރޯޑް ވޯލްޑް ޗެމްޕިއަންޝިޕުގެ އިތުރުން 2023 ވަނަ އަހަރުގެ ފީފާ އަންހެނުންގެ ވޯލްޑް ކަޕުވެސް އެ ސަރަހައްދުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

އަދި މީގެ ކުރިން ބްރިސްބަންގެ ކައިރީގައި އޮނަން ސިޓީއެއް ކަމަށްވާ ގޯލްޑް ކޯސްޓުގައި ވަނީ 2018 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްވެސް ބާއްވާފައެވެ.

ބުދަ ދުވަހު ބޭއްވި އައިއޯސީގެ މެންބަރު ގައުމުތަކުހެ ބައްދަލުވުމަށްފަހު އައިއޯސީގެ ރައީސް ތޯމަސް ބާކް ވިދާޅުވީ 2032 ވަނަ އަހަރުގެ އޮލިމްޕިކްސް ބްރިސްބަންގައި ބާއްވަން ނިންމިއިރު، އެ އަހަރުގެ ގޭމްސްއަށް އެ ކޮމިޓީން ދުރާލާ ތައްޔާރުވާނެ ކަމަށެވެ. އެގޮތުން އެ އަހަރުގެ ގޭމްސް ފުރިހަމަ ގޭމްސްއަކަށް ހެދުމަށް ދުރު ރާސްތާ ޕްލޭނެއް ތައްޔާރުކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

އޮސްޓްރޭލިއާގެ ސިޓީއެއް ކަމަށްވާ ބްރިސްބަންގައި 2032 ވަނަ އަހަރުގެ އޮލިމްޕިކްސް ބާއްވަން ނިންމިއިރު، މިއީ އޮސްޓްރޭލިއާގައި އޮލިމްޕިކްސް ބާއްވާނެ ތިންވަނަ ފަހަރެވެ. އެގޮތުން މީގެ ކުރިން 1956 ވަނަ އަހަރުގެ ގޭމްސް އޮސްޓްރޭލިއާގެ މެލްބަންގައި ބޭއްވިއިރު، 2000 ވަނަ އަހަރުގެ ގޭމްސް ވަނީ އެ ގައުމުގެ ސިޑްނީގައި ބާއްވާފައެވެ.

2032 ގެ އޮލިމްޕިކްސް

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

05 ސެޕްޓެމްބަރު 2019

ވިންޓާ އޮލިމްޕިކްސްގެ މެޑަލިސްޓް ފެނާންޑޭޒް މަރުވެފައި އޮއްވާ ފެނިއްޖެ

05 ސެޕްޓެމްބަރު 2019
ވިންޓާ އޮލިމްޕިކްސްގެ މެޑަލިސްޓް ފެނާންޑޭޒް މަރުވެފައި އޮއްވާ ފެނިއްޖެ
15 އޯގަސްޓު 2019

ފަސް ޓީމާއިއެކު މިނީ އޮލިމްޕިކްސް ކަނޑޫމާ ރިސޯޓުގައި ފަށައިފި

15 އޯގަސްޓު 2019
ފަސް ޓީމާއިއެކު މިނީ އޮލިމްޕިކްސް ކަނޑޫމާ ރިސޯޓުގައި ފަށައިފި
04 ޖުލައި 2019

އުންމީދަކީ ރާއްޖޭގެ ކައިޓް ސާފަރެއް އޮލިމްޕިކްސްގައި ވާދަކުރުން: ޔޫރީ

04 ޖުލައި 2019
އުންމީދަކީ ރާއްޖޭގެ ކައިޓް ސާފަރެއް އޮލިމްޕިކްސްގައި ވާދަކުރުން: ޔޫރީ
23 މާރިޗު 2019

ޝަރަފްވެރި ވަނަތަކާ އެކު ސްޕެޝަލް އޮލިމްޕިކްސް ޓީމް ރާއްޖެ އަތުވެއްޖެ

23 މާރިޗު 2019
ޝަރަފްވެރި ވަނަތަކާ އެކު ސްޕެޝަލް އޮލިމްޕިކްސް ޓީމް ރާއްޖެ އަތުވެއްޖެ
19 މާރިޗު 2019

ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖެއަށް ރަންމެޑަލް

19 މާރިޗު 2019
ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖެއަށް ރަންމެޑަލް
05 ނޮވެމްބަރު 2018

އޮލިމްޕިކްސް 2020 ގެ ކޮލިފައިން އަށް އަންހެން ފުޓުބޯޅަ ޓީމު ފަލަސްތީނަށް ފުރައިފި

05 ނޮވެމްބަރު 2018
އޮލިމްޕިކްސް 2020 ގެ ކޮލިފައިން އަށް އަންހެން ފުޓުބޯޅަ ޓީމު ފަލަސްތީނަށް ފުރައިފި
10 ޖެނުއަރީ 2018

ވިންޓަރ އޮލިމްޕިކްސްގައި ބައިވެރިވުމަށް އުތުރު ކޮރެއާގެ އެތްލީޓުން ދެކުނު ކޮރެއާ އަށް

10 ޖެނުއަރީ 2018
ވިންޓަރ އޮލިމްޕިކްސްގައި ބައިވެރިވުމަށް އުތުރު ކޮރެއާގެ އެތްލީޓުން ދެކުނު ކޮރެއާ އަށް
07 ޑިސެމްބަރު 2017

ފިނި މޫސުމުގެ އޮލިމްޕިކްސްއިން ރަޝިއާ ސަސްޕެންޑްކުރީ ސިޔާސީ މަންފާއެއް ހޯދުމަށް: ޕޫޓިން

07 ޑިސެމްބަރު 2017
ފިނި މޫސުމުގެ އޮލިމްޕިކްސްއިން ރަޝިއާ ސަސްޕެންޑްކުރީ ސިޔާސީ މަންފާއެއް ހޯދުމަށް: ޕޫޓިން
06 ޑިސެމްބަރު 2017

ފިނި މޫސުމުގެ އޮލިމްޕިކްސްގައި ރަޝިޔާ ބައިވެރިވުން މަނާކޮށްފި!

06 ޑިސެމްބަރު 2017
ފިނި މޫސުމުގެ އޮލިމްޕިކްސްގައި ރަޝިޔާ ބައިވެރިވުން މަނާކޮށްފި!
26 ޖެނުއަރީ 2017

އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ

26 ޖެނުއަރީ 2017
އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް