Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެތުލެޓިކޯއިން ޓްރިޕިއާ ވިއްކާލުން

ޓްރިޕިއާ ވިއްކާލަން އެތުލެޓިކޯއިން ބޭނުމެއް ނުވޭ

ޓްރިޕިއާ ގަންނަން ކުރާ މަސައްކަތް ޔުނައިޓެޑުން ވަނީ ވަރުގަދަކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 20 ޖުލައި 2021 | އަންގާރަ 14:13
އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޑިފެންޑަރު ކިއެރަން ޓްރިޕިއާ

އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޑިފެންޑަރު ކިއެރަން ޓްރިޕިއާ

މި ފަހަރުގެ ޓްރާންސް ބާޒާރުގައި އިންގްލެންޑުގެ ޑިފެންޑަރު ކިއެރަން ޓްރިޕިއާ ވިއްކާލަން އެތުލެޓިކޯ މެޑްރިޑުން ބޭނުންނުވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ދާދި ފަހުން މީޑިއާތަކުން ވަނީ އުމުރުން 30 އަހަރުގެ ޓްރިޕިއާ ގަންނަން ކުރާ މަސައްކަތް މެންޗެސްޓާ ޔުނައިޓެޑުން ވަރުގަދަކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ. އެގޮތުން ޓްރިޕިއާ ގަތުމަށް ޔުނައިޓެޑުން 20 މިލިޔަން ޕައުންޑުގެ ބިޑެއް އެތުލެޓިކޯއަށް ހުށަހަޅާފައިވާ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

އެކަމަކު ސްޕެއިނުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މި ފަހަރުގެ ޓްރާންސްފާގައި ޓްރިޕިއާ ވިއްކާލަން އެތުލެޓިކޯއިން ވަނީ ދެކޮޅު ހަދާފައެވެ. އެކަމަކު އެ ޑީލް ކުރިއަށް ގެންދަން ޓްރިޕިއާގެ އޭޖެންޓް ޕްރެޝަރު ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މެންޗެސްޓާ ސިޓީ ޔޫތު ޓީމުން ކެރިއަރު ފެށި ޓްރިޕިއާ ފުރަތަމަ ފާހަގަވާން ފެށީ ބާންލީއަށް ކުޅުނުއިރުއެވެ. އޭގެ ފަހުން ޓޮޓެންހަމް ހޮޓްސްޕާގައި ޓްރިޕިއާ މޮޅު ކުޅުމެއް ދެއްކިއިރު، އޭނާ އެތުލެޓިކޯއަށް ބަދަލުވީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި 20 މިލިޔަން ޕައުންޑުގެ ފީއަކަށެވެ.

އެތުލެޓިކޯއާއެކު ޓްރިޕިއާ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރު ޖޫން މަހު ހަމަވާއިރު، ދާދި ފަހުން ޓްރިޕިއާ ވަނީ އަލުން އިނގިރޭސި ކުލަބަކަށް ކުޅެން ބޭނުންވާ ކަމަށް ބުނެފައެވެ. އެހެންކަމުން މި ފަހަރުގެ ޓްރާންސްފާގައި ޓްރިޕިއާ ވިއްކާލަން އެތުލެޓިކޯއަށް މަޖުބޫރުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ސަބަބަކީ މި ބާޒާރުގައި ޓްރިޕިއާ ވިއްކާނުލައިފިނަމަ، އަންނަ އަހަރު އޭނާއަށް ހިލޭ ޓްރާންސްފާއެއްގެ ދަށުން ކުލަބު ބަދަލުކުރެވޭނެތީއެވެ.

އެތުލެޓިކޯގައި މިދިޔަ ދެ ސީޒަނުގައި ޓްރިޕިއާ މޮޅު ކުޅުމެއް ދެއްކިއިރު، އޭނާ ވަނީ މިހާތަނަށް އެ ޓީމަށް 68 މެޗު ކުޅެދީފައެވެ. އަދި ވަނީ އެތުލެޓިކޯއާއެކު މިދިޔަ ސީޒަނުގެ ސްޕެނިޝް ލީގު ކާމިޔާބުކޮށްފައެވެ.

ކިއެރަން ޓްރިޕިއާއެތުލެޓިކޯ މެޑްރިޑް

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
28 ސެޕްޓެމްބަރު 2025

އަލްވަރޭޒްގެ ދެ ލަނޑާ އެކު އެތުލެޓިކޯ އިން ރެއާލް ލަދު ގަންނަވާލައިފި

28 ސެޕްޓެމްބަރު 2025
އަލްވަރޭޒްގެ ދެ ލަނޑާ އެކު އެތުލެޓިކޯ އިން ރެއާލް ލަދު ގަންނަވާލައިފި
18 ސެޕްޓެމްބަރު 2025

ފަހު ވަގުތު އެތުލެޓިކޯ އަތުން ލިވަޕޫލް މޮޅުވެއްޖެ

18 ސެޕްޓެމްބަރު 2025
ފަހު ވަގުތު އެތުލެޓިކޯ އަތުން ލިވަޕޫލް މޮޅުވެއްޖެ
26 ފެބުރުއަރީ 2025

ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އެތުލެޓިކޯ އެއްވަރު

26 ފެބުރުއަރީ 2025
ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އެތުލެޓިކޯ އެއްވަރު
05 ފެބުރުއަރީ 2025

ގެޓާފޭ ބަލިކޮށް، އެތުލެޓިކޯ ސެމީ ފައިނަލަށް

05 ފެބުރުއަރީ 2025
ގެޓާފޭ ބަލިކޮށް، އެތުލެޓިކޯ ސެމީ ފައިނަލަށް
02 ފެބުރުއަރީ 2025

އެތުލެޓިކޯ އިން މަޔޯކާ ބަލިކޮށްފި

02 ފެބުރުއަރީ 2025
އެތުލެޓިކޯ އިން މަޔޯކާ ބަލިކޮށްފި
22 ޑިސެމްބަރު 2024

އެތުލެޓިކޯ އަތުން ބަލިވެ، ބާސެލޯނާ އަށް އެއް ވަނަ ގެއްލިއްޖެ

22 ޑިސެމްބަރު 2024
އެތުލެޓިކޯ އަތުން ބަލިވެ، ބާސެލޯނާ އަށް އެއް ވަނަ ގެއްލިއްޖެ
09 ޑިސެމްބަރު 2024

ސެވިއްޔާ ބަލިކޮށް، އެތުލެޓިކޯ ތިން ވަނައިގައި

09 ޑިސެމްބަރު 2024
ސެވިއްޔާ ބަލިކޮށް، އެތުލެޓިކޯ ތިން ވަނައިގައި
01 ސެޕްޓެމްބަރު 2024

ބިލްބާއޯ ކައިރިން އެތުލެޓިކޯ މޮޅުވީ ފަހު ވަގުތު

01 ސެޕްޓެމްބަރު 2024
ބިލްބާއޯ ކައިރިން އެތުލެޓިކޯ މޮޅުވީ ފަހު ވަގުތު
28 އޯގަސްޓު 2024

އަލްވަރޭޒް އަށް އިތުބާރު އޮވޭ، ބަދަލުތަކެއް ފެންނާނެ: ސިމިއޯން

28 އޯގަސްޓު 2024
އަލްވަރޭޒް އަށް އިތުބާރު އޮވޭ، ބަދަލުތަކެއް ފެންނާނެ: ސިމިއޯން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު