Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހެންޑަސަންގެ އެއްބަސްވުން އާކުރުން

ހެންޑަސަންގެ އެއްބަސްވުން އާކުރުމުގައި ދެބަސްވުންތަކެއް

ދިގު މުއްދަތަކަށް ހެންޑަސަންގެ އެއްބަސްވުން އާކުރަން ލިވަޕޫލުން ބޭނުމެއް ނުވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 20 ޖުލައި 2021 | އަންގާރަ 13:59
ލިވަޕޫލުގެ ކެޕްޓަން ޖޯޑަން ހެންޑަސަން

ލިވަޕޫލުގެ ކެޕްޓަން ޖޯޑަން ހެންޑަސަން

ލިވަޕޫލުގެ ކެޕްޓަން ޖޯޑަން ހެންޑަސަންގެ އެއްބަސްވުން އާކުރުމުގައި ދެބަސްވުންތަކެއް ހުރުމުން މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ހެންޑަސަން އެ ޓީމު ދޫކޮށްލުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 31 އަހަރުގެ ހެންޑަސަން މި ވަގުތު ލިވަޕޫލުގެ އެއްބަސްވުމުގައި ހުރީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މި އެއްބަސްވުމުގެ ދަށުން ހެންޑަސަންއަށް ހަފުތާއަކު 140،000 ޕައުންޑުގެ މުސާރައެއް ލިބެއެވެ. އެކަމަކު މިދިޔަ ސީޒަނުގައި ލިވަޕޫލުން ވަނީ ހެންޑަސަންގެ އެއްބަސްވުން އާކުރުމުގެ މަސައްކަތް ފަށާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ހެންޑަސަން އެއްބަސްވުން އާކުރަން ބޭނުންވަނީ އިތުރު ހަތަރު އަހަރަށް، ހަފުތާއަކު 180،000 ޕައުންޑުގެ މުސާރައެއް ލިބޭ ގޮތަށެވެ. އެކަމަކު ދިގު މުއްދަތަކަށް އެއްބަސްވުން އާކުރަން ލިވަޕޫލުން ބޭނުންނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން މި ފަހަރުގެ ޓްރާންސްފާ ބާޒާރު ނިމުމުގެ ކުރިން ހެންޑަސަން ލިވަޕޫލް ދޫކޮށްލުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ހެންޑަސަންގެ އެއްބަސްވުން އާކުރުމުގައި ދެބަސްވުންތަކެއް ހުރި ކަމަށް ރިޕޯޓުތައް ބުނިއިރު، ހިލޭ ޓްރާންސްފާއެއްގެ ދަށުން ނެދަލެންޑްސްގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް ޕީއެސްޖީއަށް ބަދަލުވީވެސް އެއްބަސްވުން އެއްބަސްވުން އާކުރުމުގައި ދެބަސްވުންތަކެއް ހުރުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ލިވަޕޫލުގައި ވައިނަލްޑަމް ބަހައްޓަން އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބޭނުންވި ނަމަވެސް، ވައިނަލްޑަމް ބޭނުންވި ގޮތަށް އެއްބަސްވުން އާކުރަން ލިވަޕޫލުގެ މެނޭޖުމަންޓުން ބޭނުންނުވި ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ހެންޑަސަން ލިވަޕޫލް ދޫކޮށްލުމުގެ ފުރުސަތު އޮތް ކަމަށް ރިޕޯޓުތައް ބުނިއިރު، އޭނާއަކީ މި ފަހުން ލިވަޕޫލުން ހޯދި ބޮޑެތި ކާމިޔާބީތަކުގެ މޭސްތިރިއެވެ. އެގޮތުން ސްޓީވެން ޖެރާޑަށްފަހު ލިވަޕޫލުގެ ކެޕްޓަންގެ މަގާމު ހެންޑަސަން އަދާކުރަމުން އަންނައިރު، އޭނާގެ ކެޕްޓަންކަމުގައި ލިވަޕޫލުން ވަނީ 30 އަހަރަށްފަހު އިނގިރޭސި ޕްރިމިއާ ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕުގެ އިތުރުން ފީފާ ކުލަބު ވޯލްޑް ކަޕުވެސް ކާމިޔާބުކޮށްފައެވެ. އަދި ހެންޑަސަން ވަނީ މިހާތަނަށް ލިވަޕޫލަށް ކުޅެދިން 392 މެޗުގައި 30 ލަނޑު ޖަހާފައެވެ.

ޖޯޑަން ހެންޑަސަންލިވަޕޫލް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު