Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޮލިމްޕިކްސްގައި ވާދަކުރާ ކޮންޓިންޖެންޓް

އޮލިމްޕިކްސްގެ ރާއްޖޭގެ ޗެފް ޑި މިޝަނަރަކަށް މުންތަގިމް

މުންތަގިމް ވަނީ ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި މަސައްކަތްކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 19 ޖުލައި 2021 | ހޯމަ 10:46
ރާއްޖޭގެ ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަރަށް ހަމަޖެއްސި އަޙްމަދު މުންތަގިމް

ރާއްޖޭގެ ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަރަށް ހަމަޖެއްސި އަޙްމަދު މުންތަގިމް

މި މަހު ފަށާ އޮލިމްޕިކް ގޭމްސްގައި ރާއްޖޭން ވާދަކުރާ ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަރަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މުންތަގިމް (މުންތޭ) ހަމަޖައްސައިފިއެވެ.

އާދީއްތަ ދުވަހު އޮލިމްޕިކް ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރު (ޗަމްޕީ) އާއި ނައިބު ރައީސް އަޙްމަދު އިސްމާޢީލް އަދި ސެކްރެޓަރީ ޖެނެރަލް ތަމޫހު އަޙްމަދު ސައީދު (ތަމޫ) ވަނީ އޮލިމްޕިކްސްގައި ބައިވެރިވާ އެތުލީޓުންނާއި އޮލިމްޕިކްސްގެ ރާއްޖޭގެ ޗެފް ޑި މިޝަނަރަކަށް މުންތަގިމާ ބައްދަލުކޮށްފައެވެ.

ރާއްޖޭގެ ޗެފް ޑި މިޝަނަރަކަށް ހަމަޖެއްސި މުންތަގިމް އަންނަނީ 2008 ވަނަ އަހަރުން ފެށިގެން އެތުލެޓިކްސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު އަދާކުރައްވަމުންނެވެ. މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި މުންތަގިމް ވަނީ އެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ހަތަރުވަނަ ދައުރަކަށް އައްޔަންކޮށްފައެވެ.

މީގެ އިތުރުން މުންތަގިމް ވަނީ ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި މަސައްކަތް ކޮށްފައެވެ. އެގޮތުން 2019 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސް އާއި، 2018 ވަނަ އަހަރު ޖަޕާނުގެ ޖިފޫގައި އޮތް އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ އިތުރުން ހޮންކޮންގްގައި އޮތް އޭޝިއަން ޔޫތު އެތުލެޓިކްސް ޗެމްޕިއަންޝިޕްގައިވެސް މުންތަގިމް ވަނީ އިންޓަނޭޝަނަލް ޓެކްނިކަލް އޮފިޝަލް (އައިޓީއޯ) އެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. މުންތަގިމަކީ އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަން (އައިއޭއޭއެފް) ގެ ލެވެލް ދޭއްގެ ރެފުރީ ފާސް އޮންނަ ހަމައެކަނި ދިވެހި ރެފުރީއެވެ.

އަންނަ ހުކުރު ދުވަހު މި އަހަރުގެ އޮލިމްޕިކްސް ފަށާއިރު، އޮލިމްޕިކްސްގައި ވާދަކުރަން ރާއްޖޭގެ ކޮންޓިންޖެންޓް ވަނީ އާދީއްތަ ދުވަހުގެ ހެނދުނު ފުރާފައެވެ. މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖެއިން ހަތަރު އެތުލީޓަކު ވާދަކުރާނެއެވެ. އެއީ އެތުލެޓިކްސް އިވެންޓުގައި ވާދަކުރާ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި، ބެޑްމިންޓަން އިވެންޓުގައި ވާދަކުރާ ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިޔާ ފާތިމަތު ނަބާހާ (ނަބާ) ގެ އިތުރުން ފެތުމުގެ އިވެންޓުގައި ވާދަކުރާ ދެ ފެތުންތެރިން ކަމަށްވާ އައިޝަތު ސާޖިނާ އާއި މުބާލް އައްޒާމް އިބްރާހީމެވެ.

މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް އޮލިމްޕިކްސް ބާއްވާއިރު، މިއީ މިދިޔަ އަހަރުގެ ގޭމްސްއެވެ. މި އަހަރަށް ގޭމްސް ފަސްކުރަން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ނިންމީ ކޮވިޑް-19 އާ ގުޅިގެންނެވެ.

އަޙްމަދު މުންތަގިމްޓޯކިއޯ އޮލިމްޕިކްސްމޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2024

މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި

23 ސެޕްޓެމްބަރު 2024
މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި
21 ޖުލައި 2024

އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ ހިފަހައްޓާނީ ދީމާއާއި އިބާދުالله

21 ޖުލައި 2024
  އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ ހިފަހައްޓާނީ ދީމާއާއި އިބާދުالله
02 އޮކްޓޯބަރު 2022

ހިމްނާ އާއި އިބާދުﷲ ޖެމެއިކާއަށް ފުރައިފި

02 އޮކްޓޯބަރު 2022
ހިމްނާ އާއި އިބާދުﷲ ޖެމެއިކާއަށް ފުރައިފި
13 އޯގަސްޓު 2022

މިއީ ކުޅިވަރުގެ ސިޔާސަތު ބަދަލުކުރުމުގެ ނަތީޖާ: މިނިސްޓަރު މަޙްލޫފް

13 އޯގަސްޓު 2022
މިއީ ކުޅިވަރުގެ ސިޔާސަތު ބަދަލުކުރުމުގެ ނަތީޖާ: މިނިސްޓަރު މަޙްލޫފް
29 ޖުލައި 2022

ކޮމަންވެލްތު ގޭމްސް ފަށައިފި، ދިވެހި ޓީމުތައް އޮތީ ފުރިހަމައަށް ތައްޔާރަށް

29 ޖުލައި 2022
ކޮމަންވެލްތު ގޭމްސް ފަށައިފި، ދިވެހި ޓީމުތައް އޮތީ ފުރިހަމައަށް ތައްޔާރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު