Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑްގެ އަސްލު

ކޮވިޑު އުފެދުނީ ޗައިނާގެ ލެބަކުން ކަމަށް ހެކިތަކުން ސާބިތުވޭ

ކޮވިޑްގެ ހަގީގަތް ޗައިނާއިން ހާމަކުރުމަށް އެމެރިކާއިން ޗައިނާއަށް ޑިމާންޑު ކުރަން ޖެހޭ

އަތޫފް އާތިފް
އަތޫފް އާތިފް | 18 ޖުލައި 2021 | އާދީއްތަ 02:11
އެމެރިކާގެ ކުރީގެ ނައިބު ރައީސް މައިކް ޕެންސް

އެމެރިކާގެ ކުރީގެ ނައިބު ރައީސް މައިކް ޕެންސް

ކޮވިޑު އުފެދިގެން އައީ ޗައިނާގެ ލެބަކުން ކަމަށް މިހާތަނަށް ލިބިފައިވާ ހެކިތަކުން ސާބިތުވާ ކަމަށް އެމެރިކާގެ ކުރީގެ ނައިބު ރައީސް މައިކް ޕެންސް ވިދާޅުވެއްޖެއެވެ.

މައިކް ޕެންސް ވިދާޅުވީ ކޮވިޑް ވައިރަސް އުފެދުނު ގޮތުގެ ހަގީގަތް ޗައިނާގެ ސަރުކާރުން ސިއްރުކުރަން މަސައްކަތްކުރި ނަމަވެސް އެކަން އެގޮތަށް ނުވާނެ ކަމަށެވެ. އަދި ކޮވިޑްގެ ހަގީގަތް ޗައިނާއިން ހާމަކުރުމަށް އެމެރިކާއިން ޗައިނާއަށް ޑިމާންޑު ކުރަން ޖެހޭ ކަމަށް ވެސް ޕެންސް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިހާތަނަށް ލިބިފައިވާ ހެކިތަކުން އެކަނިވެސް ކޮވިޑް އުފެދިގެން އައީ ޗައިނާގެ ވޫހާންގެ ލެބަކުންކަން ސާބިތުވާ ކަމަށާއި، އެކަން އޮޅުވާލުމަށް ޗައިނާގެ ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކޮވިޑްގެ ހަގީގަތް ޗައިނާ ސަރުކާރުން އޮޅުވާލަން މަސައްކަތް ކުރާ ސަބަބެއް ސާފުނުވާ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ ކުރިން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ކޮވިޑް އުފެދިގެން އައީ ޗައިނާއިންކަން ކަށަވަރުކުރުމަށް ފުރިހަމަ ތަހުގީގު ރިޕޯޓެއް އެކުލަވާލުމަށް އަންގާފައެވެ.

އެމެރިކާގެ އިންޓެލިޖެންސުން މިހާތަނަށް ހޯދިހޯދުންތަކުން ދެ ސިނާރިއޯއެއް ފާހަގަވެފައިވީ ނަމަވެސް އަދިވެސް ނަތީޖާއަކާ ހަމައަށް ނާދެވޭ ކަމަށް ބައިޑެން ވިދާޅުވެފައިވެއެވެ. ބައިޑެން ވެރިކަމާ ހަވާލުވި ފަހުން ކޮވިޑް-19އާ މެދު ކުރީގެ ރައީސް ޓްރަމްޕް ދެކެމުން އައި ގޮތާ މުޅިން ތަފާތެވެ. އަދި ވޫހާންއިން ވައިރަސް ފެތުރިގެން އައި ގޮތާމެދު ދެކޭގޮތް ވެސް ތަފާތެވެ.

ވައިރަހުގެ އަސްލު ހޯދުމަށް ޑަބްލިއުއެޗްއޯއިން ވެސް ވަނީ މަސައްކަތް ކޮށްފައެވެ. މިކަމާ ގުޅިގެން ޑަބްލިޔުއެޗްއޯއިން އެކުލަވާލި ރިޕޯޓްގައިވާ ގޮތުން ވައިރަސްގެ އަސްލަކީ ވާލެވެ. ވާލުގެ ޒަރީޢާއިން އެހެން ޖަނަވާރުންނަށް ވައިރަސް ފެތުރި އިންސާނުންނާ ހަމައަށް ވައިރަސް ފޯރީއެވެ.

މައިކް ޕެންސްކޮވިޑް-19އެމެރިކާޗައިނާ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު