Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޑިފެންސިވްް މިޑްފީލްޑަރުންގެ މުހިންމުކަން

ޑިފެންސިވްް މިޑްފީލްޑަރުން ދިވެހި ފުޓްބޯޅައަށް ވަރަށް މުހިންމު: މޯހަން

ގައުމީ ޓީމު ވެސް އަދި ދިވެހި ފުޓްބޯޅަ ވެސް މޮޅުވާނީ ޑިފެންސިވްް މިޑްފީލްޑަރުން އުފައްދައިގެން

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް, ރާއްޖެ އެމްވީ | 17 ޖުލައި 2021 | ހޮނިހިރު 10:34
މުޙައްމަދު ޝިޔާޒް

މުޙައްމަދު ޝިޔާޒް

ރާއްޖޭގެ ފުޓްބޯޅައިގައި ޑިފެންސިވް މިޑްފީލްޑަރުން އުފެދުން ވަރަށް މުހިންމު ކަމަށާއި މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މޮޅެތި ޓީމުތަކުގައި އެއްމެ މުހިންމު މަގާމެއްގެ ގޮތުގައި ފާހަގަ ވެގެންދިޔައީ ޑިފެންސިވް މިޑްފީލްޑަރު ކަމަށް ތަޖްްރިބާކާރު ކޯޗު މުޙައްމަދު ޝިޔާޒް މޯހަން ބުނެފިއެވެ.

ރާއްޖެޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމްގައި ވާހަކަ ދައްކަމުން މޯހަން ބުނީ ދިވެހި ކޯޗުން ކުޅުންތެރިޔާ އެ މަގާމަށް ކުޅުވަން ބޭނުން ވިޔަސް އެކަން ކުރެވޭނީ ކުޅުންތެރިޔާގެ ސިކުނޑި އެމަގާމަށް ކުޅެން ފުރިހަމައަށް ބޭނުން ވެގެން ކަމަށެވެ.

ޑިފެންސިވް މިޑްފީލްޑަރުން މި ފަހަރުގެ ޔޫރޯގައި ފެނިގެންދިޔައީ ހަމަ އެކަނި ޑިފެންސް ކުރާ ކުޅުންތެރިއެއްގެ ގޮތުގައި ނޫން ކަމަށާއި އެ ކުޅުންތެރިއަކީ މުޅި މެޗުގެ ކޮންޓްރޯލް ނަގައިގެން ޓީމަށް މެޗު ކޮންޓްރޯލު ކޮށްދޭ ކުޅުންތެރިޔާ ކަމަށާއި އެ ކުޅުންތެރިޔާ އަކީ މެޗުގެ ސްޕީޑް އަދި ޕާސްތަކާއި ކުޅުންތެރިން ތަންތަނަށް މޫވް ކުރާއިރު އެ ބެލެންސް ހިފަހައްޓަން ވެސް އެންމެ މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިޔާ ކަމަށް މޯހަން ބުންޏެވެ.

ޑިފެންސިވްް މިޑްފީލްޑަރުންނަކީ ކާރެއް ނަމަަ އެ ކާރުގެ އިންޖީނު ކަމަށާއި މަސައްކަތް ކުރަން މި ޖެހެނީ އިންޖީނު ކަމަށްވާއިރު މި ފަހަރުގެ ޔޫރޯގައި އެކަން ވަރަށް ރަނގަޅަށް ފެނިގެންދިޔަ ކަމަށް މޯހަން ބުންޏެވެ.

ރާއްޖޭގައި މި މަގާމު ވަރަށް މަދުއިރު މިހާރުގެ ފުޓްބޯޅައިގެ ޖީލުގައި ވެސް މި މަގާމު ދައްކަމަށާއި އެ ވިސްނުމުގައި ކުޅޭ ކުޅުންތެރިން ނެތޭ ވެސް ބުނެވިދާނެ ކަމަށް މޯހަން ފާހަގަ ކުރިއެވެ.

ރާއްޖޭގައި މި މަގާމަށް ކުޅޭ ކުޅުންތެރިން އެބަތިބި ކަމަށާއި އެހެން ނަމަވެސް މި ވިސްނުމުގައި ކުޅޭ ކުޅުންތެރިން ނެތްއިރު އަރަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ޑިފެންސިވްް މިޑްފީލްޑަރުންގެ ވިސްނުން ހުރި ކުޅުންތެރުން ނެތް ކަމަަށް މޯހަން ބުންޏެވެ.

ޑިފެންސިވްް މިޑްފީލްޑަރުގެ ވިސްނުން ހުރި އެމަގާމަށް ކުޅޭތަން މިހާރު ވެސް ލީގްގައި ފެންނަނީ އުމުރުން 34 އަހަރު ނޫނީ 35 އަހަރުގެ ކުޅުންތެރިންކަމަށްވާއިރު ފުޓްބޯޅަ ކުރިއެރުވުމަށް އަދި ގައުމީ ޓީމު މޮޅު ޓީމަކަށް ހެދުމަށް ވެސް މި މަގާމަށް ކުޅޭނެ ޒުވާން ކުޅުންތެރިން ބޭނުންވާ ކަމަށް މޯހަން ބުންޏެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފެނުނު ކަންކަމާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން މޯހަން ބުނީ ޒުވާން ކުޅުންތެރިން ކޯޗުންގެ ބަސް އަހައިގެން ހިތްވަރާއި ޖޯޝާއިއެކު ބިރެއް ނެތި ކުޅުނުތަން ފެނިގެންދިޔަ ކަމަށާއި ރާއްޖޭގެ ޒުވާން ކުޅުންތެރިން ވެސް އެ ހިތްވަރު އެ ޖޯޝް ދައްކަންޖެހޭ ކަމަށެވެ.

ކުޅުންތެރިން ގައުމީ ސަލާމަށް ދޭ ލޯބި އަދި ގައުމީ ސަލާމް ކިޔާލާ ޖޯޝް ފެނުމުން ވަރަށް ބޮޑު އަސަރެއް ކުރި ކަމަށާއި ރާއްޖޭގެ ހުރިހާ ކުޅިވަރެއްގައި ވެސް ގައުމީ ޖޯޝް ގައުމީ ސަލާމް އުފައްދަން ޖެހޭއިރު މިހާރު ރާއްޖޭގައި ގައުމީ ސަލާމުން ލިބެންޖެހޭ ޖޯޝާއި ފޯރި ވަރަށް ކުޑަ ކަމަށް މޯހަން ބުންޏެވެ.

ފުޓްބޯޅަ އެސޯސިއޭޝަނުން ކުދި އުމުރު ފުރާތަކަށް ގައުމީ ސަލާމް ކިޔުން ލާޒިމް ކުރުމާއި ޕްރިމިއާ ލީގުގައި ގައުމީ ސަލާމް ކިޔުން ލާޒިމުކޮށްފައިވާއިރު އެއީ ވަރަށް ރަނގަޅުކަމެއް ކަމަށާއި އެހެން ނަމަވެސް ގައުމީ ސަލާމުގެ ހަގީގީ ލޯބި ކުޅުންތެރިންގެ ހިތުގައި އުފެދޭނީ ހިތުގައި އެ ޖޯޝް އުފައްދައިގެން ކަމަށް މޯހަން ބުންޏެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުއެފްއޭއެމް

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

13 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު