Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސްގެ ތިލަދުންމަތީ ދަތުރުފުޅު

ކުޅުދުއްފުށި ސިޓީގެ 3 ސްކޫލެއްގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

17 ޖުލައި 2021 | ހޮނިހިރު 09:07

އަފީފުއްދީން ސްކޫލަކީ ރާއްޖޭގައި އަލަށް ވަށާޖެހޭ ތަޢުލީމު ފުރިހަމަވާގޮތަށް ފަރުމާކުރާ 5 ސްކޫލުގެ ތެރެއިން މިއަހަރު ތަރައްޤީ ކުރާ އެއް ސްކޫލު

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 17 ޖުލައި 2021 | ހޮނިހިރު 09:07
ާރައީސް ދަތުރުފުޅު

ާރައީސް ދަތުރުފުޅު

ކުޅުދުއްފުށި ސިޓީގެ 3 ސްކޫލެއްގެ އިސްވަރިންނާ ރައީސް ބައްދަލު ކުރައްވައިފިއެވެ.

ކުޅުދުއްފުށި ސިޓީގެ ޖަލާލުއްދީން ސްކޫލާއި، ހދ. އަތޮޅު ތަޢުލީމީ މަރުކަޒާއި، އަފީފުއްދީން ސްކޫލުގައި އެތައް ޒަމާނެއްވަންދެން ޙައްލުނުވެ ހުރި ކަންކަން ސަރުކާރުން ޙައްލުކޮށްދެއްވައިފިކަމުގައި، މި 3 ސްކޫލުގެ އިސްވެރިނާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބޭއްވެވި ބައްދަލުކުރެއްވުމުގައި ސްކޫލްތަކުގެ ވެރިން ފާހަގަކުރެއްވިއެވެ. ހޮނިހިރު ދުވަހުގެ ހެނދުނު މި ބައްދަލުކުރެއްވުން އޮތީ ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގައެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި ސްކޫލްތަކުގެ އިސްވެރިން ވަނީ ސްކޫލްތަކުގައި މިހާރު ކުރިޔަށްދާ އަދި، ޕްލޭންކުރެވިފައިވާ ޢުމްރާނީ މަޝްރޫޢުތައް ބާރަށް ކުރިޔަށްދާތީ އެކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ސްކޫލްތަކަށް ބޭނުންވާ އިތުރު ޚިދުމަތްތަކާއި، ބޭނުންވާ އިތުރު ކަންކަމާއި އިންސާނީ ވަޞީލަތްތައް އިތުރަށް ތަރައްޤީކުރުމާއި ބެހޭގޮތުން އަދި ކުދިންގެ ތަޢުލީމު ކުރިއެރުވުމަށް ބޭނުންވާ ކަންތައްތައް ސްކޫލްތަކުގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާއާ ވަނީ ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އަފީފުއްދީން ސްކޫލަކީ ރާއްޖޭގައި އަލަށް ވަށާޖެހޭ ތަޢުލީމު ފުރިހަމަވާގޮތަށް ފަރުމާކުރާ 5 ސްކޫލުގެ ތެރެއިން މިއަހަރު ތަރައްޤީ ކުރާ 2 ސްކޫލުގެ ތެރޭގައި ހިމެނޭ އެއް ސްކޫލުކަން ފާހަގަކުރެއްވިއެވެ. އަދި، މި ބައްދަލުކުރެއްވުމުގައި މި ޕްރޮޖެކްޓާބެހޭ ޕްރެޒެންޓޭޝަނެއްވެސް ހުށަހަޅާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ އިދާރާތަކުގެ މުސާރަތައް ހާމޮނައިޒްކުރުމުގެ ގޮތުން ސަރުކާރުން ފައްޓަވައިފައިވާ މަސައްކަތުގައި އެންމެ އިސްކަމެއް ދެއްވާނީ ތަޢުލީމީ ދާއިރާއަށްކަން ހާމަކުރައްވާފައެވެ. އަދި، ތަޢުލީމީ ދާއިރާއިން މިދުވަސްވަރު ކުރިޔަށްގެންދާ މުހިންމު މަސައްކަތްތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ 12 އަހަރާއި 18 އަހަރާ ދެމެދުގެ ހުރިހާ ސްކޫލް ދަރިވަރުންނާ ޓީޗަރުންނަށް އަމާޒުކޮށް ޚާއްޞަ ވެކްސިން ޕްރޮގްރާމެއް ފެށުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ އަފީފުއްދީން ސްކޫލުގެ ޙާލަތު ބައްލަވާލައްވާފައެވެ.

ކުޅުދުއްފުށި ސިޓީގެ ސުކޫލްތަކަށް މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ގެނެސްފައިވާ ކުރިއެރުންތަކަށް ބަލާއިރު، ހދ. އަތޮޅު ތަޢުލީމީ މަރުކަޒު ގައި ސެޕްޓެމްބަރ 2019 ގައި 4 ބުރީގެ 12 ކުލާސްރޫމްގެ އިމާރާތުގެ މަސައްކަތް ފަށައި، މިހާރު ކުރަމުން ދަނީ ފިނިޝިންގ މަސައްކަތެވެ. ޕްރި ސްކޫލުން ފެށިގެން ގްރޭޑް 10ށް ކިޔަވައިދޭ ސުކޫލަކަށް 2020 ގައި ބަދަލުކުރެވި، ކިޔަވައި ދެއްވާނެ ޓީޗަރުން ހަމަކޮށްފައިވެއެވެ. 2021 ވަނަ އަހަރުގެ ބަޖެޓުގައި ސުކޫލް އޮފީހުގެ އާއިމާރާތުގެ މަސައްކަތް ވަނީ ހިމަނާފައެވެ.

ޖަލާލުއްދީން ސުކޫލްވަނީ 10-1 ކިޔަވައިދޭ ސުކޫލަކަށް 2020 ގައި ބަދަލުކޮށްފައެވެ. 2021 ވަނަ އަހަރުގެ ބަޖެޓުގައި 8 ކުލާސްރޫމްގެ އިމާރާތެއް ވަނީ ހިމަނާފައެވެ.

އަފީފުއްދީން ސުކޫލުގެ ޖާގަ ދަތިވުމުން ވަގުތީ 2 ކުލާސްރޫމްވަނީ އަޅާފައެވެ. އިންޑިއާގެ ހިލޭއެހީގެ ދަށުން އިންކުލޫސިވް އެޑިޔުކޭޝަން ސަޕޯޓް ޔުނިޓެއް ޤާއިމްކޮށް ސެން ޓީޗަރސް ހަމަޖެއްސާފައިވެއެވެ. 2021 ވަނަ އަހަރުގެ ބަޖެޓުގައި 8 ކުލާސްރޫމްގެ އިމާރާތް ހިމަނާފައިވެއެވެ. ރާއްޖޭގެ 5 ސަރަހައްދެއްގައި ޒަމާނީ ތަޢުލީމް ފުޅާކުރުމުގެ ޕްލޭންގެ ދަށުން ކުޅުދުއްފުށީގައި ޤާއިމްކުރާ ސެންޓަރ އަފީފުއްދީން ސުކޫލްގައި ވަނީ ގާއިމް ކޮށްފައެވެ.

ރައީސް ސޯލިހުކުޅުދުއްފުށި ސިޓީ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި

18 އޮކްޓޯބަރު 2025
ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި
09 ސެޕްޓެމްބަރު 2025

ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ

09 ސެޕްޓެމްބަރު 2025
ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ
07 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު

07 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު
22 އޯގަސްޓު 2025

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު

22 އޯގަސްޓު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު
11 ޖުލައި 2025

ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި

11 ޖުލައި 2025
ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި
12 އޮކްޓޯބަރު 2024

އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް "ލާމަރުކަޒީ ގުޅުން" ކުޅުދުއްފުށީގައި ފެށިއްޖެ

12 އޮކްޓޯބަރު 2024
އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް "ލާމަރުކަޒީ ގުޅުން" ކުޅުދުއްފުށީގައި ފެށިއްޖެ
16 މެއި 2024

ކުޅުދުއްފުށި ސިޓީއަށް އަނެއްކާވެސް ކަރަންޓުގެ މައްސަލަ ދިމާވެއްޖެ

16 މެއި 2024
ކުޅުދުއްފުށި ސިޓީއަށް އަނެއްކާވެސް ކަރަންޓުގެ މައްސަލަ ދިމާވެއްޖެ
05 މެއި 2024

އަލިފާން ރޯވެ ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް

05 މެއި 2024
އަލިފާން ރޯވެ ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް
02 މެއި 2024

ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފި

02 މެއި 2024
ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފި
23 އެޕްރީލު 2024

"ނަޔާ ކުޅުދުއްފުށި" ގޮފި އުފެއްދުމުގެ މަސައްކަތް އަލީ ވަހީދު ފައްޓަވައިފި

23 އެޕްރީލު 2024
"ނަޔާ ކުޅުދުއްފުށި" ގޮފި އުފެއްދުމުގެ މަސައްކަތް އަލީ ވަހީދު ފައްޓަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް