Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕެސްޓިސައިޑް އެކުލެވުން

ޔޫރޯ ފްރުޓްސް ބްރޭންޑްގެ "ތޮމްސަން ސީޑްލެސް ގްރޭޕްސް" ބޭނުން ނުކުރަން އަންގައިފި

އެމްއެފްޑީއޭއިން ދަނީ އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 17 ޖުލައި 2022 | އާދީއްތަ 08:26
ތޮމްސަން ސީޑްލެސް ގްރޭޕްސް

ތޮމްސަން ސީޑްލެސް ގްރޭޕްސް

ހުންނަންވީ މިންވަރަށްވުރެ އިތުރަށް "ޕެސްޓިސައިޑް" ހުރުމުން އިންޑިއާގެ "ޔޫރޯ ފްރުޓްސް" ބްރޭންޑްގެ "ތޮމްސަން ސީޑްލެސް ގްރޭޕްސް" ވިއްކުމާއި، ބޭނުންކުރުން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަފް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ބުނީ ޔޫރޯ ފްރުޓްސް ބްރޭންޑްގެ ތޮމްސަން ސީޑްލެސް ގްރޭޕްސް ރާއްޖެ އެތެރެވެފައިވާކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލަރޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑްއިން އެ އޮތޯރިޓީއަށް އަންގާފައިވާކަމަށެވެ.

މި އުފެއްދުން އެކްސްޕޯޓުކޮށްފައިވަނީ އިންޑިއާގެ ޔޫރޯ ފްރުޓްސް ޕްރައިވެޓް ލިމިޓެޑުންނެވެ. މި އުފެއްދުން ހޯލްސޭލްކޮށްފައިވަނީ ނެދަރލެންޑްސްގެ ކުންފުންޏެއް ކަމުގައިވާ "ގްލޯބަލް ގްރީން ޓީމް" އިން ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.

އެމްއެފްޑީއޭއިން ބުނީ މި އެލަރޓާއި ގުޅިގެން މި އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ދެނެގަތުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުންދާކަމަށެވެ.

އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޔޫރޯ ފްރުޓްސް ބްރޭންޑުގެ "ތޮމްސަން ސީޑްލެސް ގްރޭޕްސް" ނުވިއްކުމަށާއި، ބޭނުން ނުކުރުމަށް އެމްއެފްޑީއޭއިން ވަނީ އަންގާފައެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ)

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2024

މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

29 އޮކްޓޯބަރު 2024
މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
10 އޮކްޓޯބަރު 2024

ދަފުތަރުގައި ރަޖިސްޓްނުވެ އެކި ބާވަތްތައް ވިއްކަމުންދާނަމަ ސަމާލުވުމަށް އިލްތިމާސްކޮށް، ފިޔަވަޅު އަޅާނަން: ހެލްތް މިނިސްޓްރީ

10 އޮކްޓޯބަރު 2024
ދަފުތަރުގައި ރަޖިސްޓްނުވެ އެކި ބާވަތްތައް ވިއްކަމުންދާނަމަ ސަމާލުވުމަށް އިލްތިމާސްކޮށް، ފިޔަވަޅު އަޅާނަން: ހެލްތް މިނިސްޓްރީ
26 އޯގަސްޓު 2024

"ވަންގަވް"ގެ ދަށުން ދެމުން ދިޔަ ފުޑް އެސްޓަބްލިޝްމަންޓް ރެޖިސްޓްރޭޝަން ޚިދުމަތް އެމްއެފްޑީއޭގެ ދަށަށް ބަދަލުކޮށްފި

26 އޯގަސްޓު 2024
"ވަންގަވް"ގެ ދަށުން ދެމުން ދިޔަ ފުޑް އެސްޓަބްލިޝްމަންޓް ރެޖިސްޓްރޭޝަން ޚިދުމަތް އެމްއެފްޑީއޭގެ ދަށަށް ބަދަލުކޮށްފި
27 އެޕްރީލު 2024

ދެ ބްރޭންޑެއްގެ ހަވާދުގެ ބައެއް ބާވަތްތައް އެތެރެކުރުމާއި ބޭނުންކުރުން އަދި ވިއްކުން މަނާކޮށްފި

27 އެޕްރީލު 2024
ދެ ބްރޭންޑެއްގެ ހަވާދުގެ ބައެއް ބާވަތްތައް އެތެރެކުރުމާއި ބޭނުންކުރުން އަދި ވިއްކުން މަނާކޮށްފި
14 މާރިޗު 2024

ކުކުޅު ބިސް ވިއްކުމާއި ރައްކާކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި

14 މާރިޗު 2024
ކުކުޅު ބިސް ވިއްކުމާއި ރައްކާކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު