Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގުޅީފަޅު ބިންހިއްކުން

ވިޔަފާރި ބަނދަރު ބަދަލުކުރަން ގުޅީފަޅު ހިއްކުމަށް، 101 މިލިއަން ޔޫރޯގެ ފައިނޭންސިންގ ފެސިލިޓީގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

މި މަޝްރޫއުގެ ދަށުން، މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 16 ޖޫން 2022 | ބުރާސްފަތި 12:02
ގުޅީފަޅު ފޭސް 2 ހިއްކުމަށް ފައިނޭންސިންގ ފެސިލިޓީގެ އެއްބަސްވުމުގައި ސޮއިކުރަނީ

ގުޅީފަޅު ފޭސް 2 ހިއްކުމަށް ފައިނޭންސިންގ ފެސިލިޓީގެ އެއްބަސްވުމުގައި ސޮއިކުރަނީ

ގުޅީފަޅަށް މާލޭގެ ވިޔަފާރި ބަނދަރު ބަދަލުކުރުމަށްޓަކައި ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު – ފޭސް 2ށް 101 މިލިއަން ޔޫރޯގެ ފައިނޭންސިންގ ފެސިލިޓީ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން ސޮއިކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ގުޅީފަޅު ބިންހިއްކުމުގެ މަޝްރޫއު – ފޭސް2ށް ބޭނުންވާ ފައިނޭންސިންގ ފޯރުކޮށްދިނުމަށްޓަކައި 101،787،500 (ސަތޭކަ އެއްމިލިއަން ހަތްލައްކަ އަށްޑިހަ ހަތްހާސް ފަސްސަތޭކަ) ޔޫރޯ ލޯނުގެ ފެސިލިޓީ އެއްބަސްވުމެއްގައި، ދިވެހި ސަރުކާރާއި އޭބީއެން އަމްރޯ ބޭންކާއި، އޭކޭއޭ ބޭންކް އަދި އައިއެންޖީ ބޭންކުގެމެދުގައި ބުރާސްފަތި ދުވަހު ސޮއިކޮށްފައިވާ ކަމަށެވެ. ދިވެހި ރުފިޔާއިންނަމަ މިއީ 1,629,285,314.88 (އެއް ބިލިއަން ހަސަތޭކަ ނަވާވީސް މިލިއަން ދެލައްކަ އަށްޑިހަ ފަސްހާސް ތިންސަތޭކަ ސާދަ ރުފިޔާ، އަށްޑިހަ އަށް ލާރި)އެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރެވެ. އަދި އައިއެންޖީއާއި އޭކޭއޭ އެކްސްޕޯޓް ކްރެޑިޓް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ އައިއެންޖީ ބޭންކުގެ ޑިރެކްޓަރ ވިލެމް ވެން ނުއަސްއެވެ. އައި އޭބީއެން އަމްރޯ ބޭންކުގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ އެގްޒެކްޓިކް ޑިރެކްޓަރ، ހެޑް އޮފް އެކްސްޕޯޓް ފައިނޭންސް، ޔޫސްޓް ކިސާރސްއެވެ.

މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ، ގުޅީފަޅު ހިއްކައި ގުޅީފަޅުގައި އައު ޕޯޓެއް ތަރައްގީކޮށް، މިހާރު މާލޭގައި ބޭނުންކުރަމުންދާ މާލޭ އިންޓަރނޭޝަނަލް ޕޯޓް، ގުޅީ ފަޅަށް ރިލޮކޭޓް ކުރުމެވެ. މި މަޝްރޫއުގެ ސަބަބުން ކުރިމަގުގައި ރާއްޖޭގެ އިގުތިސާދަށް އެކަށީގެންވާވަރުގެ ޕޯޓެއް ގާއިމްކުރެވިގެންދާނެއެވެ.

އަދި މީގެ އިތުރުން މިހާރު މާލޭގެ ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރެވި، މާލޭގެ އެތެރޭގެ ޓްރެފިކް ފްލޯއަށް ލުއިލިބޭނެއެވެ. އަދި މާލޭގެ ބިމުގެ ޖާގަ އިތުރުކުރެވިގެންދާނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ. މި މަޝްރޫއުގެ ސަބަބުން، ރާއްޖޭގެ އިގުތިސާދު ކުރިއެރުވުމަށާއި، ރާއްޖޭގެ އިގުތިސާދީ ހަރަކާތްތައް އިތުރުކުރުމަށް ފުރުސަތު ފަހިވެގެންދާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ، މި މަޝްރޫއަކީ 2019-2023ށް ހެދިފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ގޮތުގެ މަތިން ގްރޭޓަރ މާލެ ތަރައްގީ ކުރުމުގެ ޕްލޭންގެ މުހިންމު މަޝްރޫއެއްކަމަށެވެ. މި އެއްވަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމާއި ފިނޭންސް މިނިސްޓްރީންގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މާލޭ ވިޔަފާރި ބަނދަރުގެ މާސްޓަރ ޕްލޭން ވަނީ ހަދާފައެވެ. އަދި ޑީޓެއިލް ޑިޒައިންއާ ހަމައަށް އާދެވިފައިވާއިރު، ކޮންޓްރެކްޓަރެއް ފައިނަލްކުރުމުގެ މަސައްކަތް މީގެކުރިން އެމްޕީއެލްއިން ކޮށްފައިވެއެވެ.

މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގައި ވާހަކަ ދައްކަވަމުން ޕްލޭނިން މިނިސްޓަރު އަސްލަމް މީގެ ކުރިން ވިދާޅުވީ، މާލޭގެ ވިޔަފާރި ބަނދަރު މިހާރު ތޮއްޖެހި ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވަމުންދާ ކަމަށާއި، ޖާގަ ބޮޑުކުރެވެންވެސް ނެތްކަމަށެވެ. އެގޮތުން ވިޔަފާރި ބަނދަރު އެހެން ސަރަހައްދަކަށް ބަދަލުކުރަންޖެހޭ ކަމަށާއި، އެންމެ އެކަށީގެންވާ ސަރަހައްދަކަށް ފެނުނީ ގުޅީފަޅުކަމަށް އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ، ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލު ކުރުމަށް މަޝްވަރާތައް ކުރެވި އެސަރަހައްދުން ބަލަންޖެހޭ ކަންކަން ބެލިކަމަށެވެ. ނަމަވެސް ތިލަފުއްޓަކީ ކުނިނައްތާލުމުގެ މަސައްކަތްކުރާ ބިމަކަށްވުމާއެކު މިފަދަ ކަމެއް ކުރުމަކީ އެންމެ އެކަށީގެންވާ ސަރަހައްދެއް ނޫންކަމަށް އަސްލަމް ވިދާޅުވިއެވެ.

ތިލަފުށީގައި އެކަހަލަ ކަންތައްތަކެއް ނުވެސް ކުރެވޭނެ ކަމަށާއި، އެސަބަބަށްޓަކައި، ގްރޭޓަރ މާލެ ރީޖަންގައި އޮތްތަނަކީ ގުޅީފަޅުކަމަށް ފެނިވަޑައިގަންނަވާ ކަމަށް މިނިސްޓަރ އަސްލަމް ވަނީ ވިދާޅުވެފައެވެ. އަދި މިހާރުވެސް ކޮންމެވެސް ވަރަކަށް ބިމެއް ހިއްކާފަ އޮތްނަމަވެސް، އެއީ އެންމެ އެކަށީގެންވާ ބިމެއް ނޫންކަމަށާއި، އިތުރަށް ބިން ހިއްކަން ޖެހޭކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ، މިޕްރޮޖެކްޓްގެ ތެރެއިން، މާލޭ ނޯޓު ހާބަރުގައި މިހާރު ދެމުން އަންނަ ޚިދުމަތްތައް ގުޅީފަޅަށް ބަދަލު ކުރެވޭނެ ކަމަށެވެ. އޭގެ ތެރޭގައި ގުދަންތަކާއި ހޯލްސޭލް ފިހާރަތަކަށް ބޭނުންވާ ބިން ހިމެނޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރު އަސްލަމް ވިދާޅުވީ، މި މަސައްކަތްތައް ކުރުމަށް ހަދަންޖެހޭ މާސްޓަރ ޕްލޭން ހެދުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާކަމަށެވެ. އަދި ގުޅީފަޅު ހިއްކުމުގެ ޕްރޮޖެކްޓަށް އެންމެ އަގު ބޮޑު ރޭޓުން ބަލާނަމަ 120 މިލިއަން ޑޮލަރު އަރާނެ ކަމަށާއި، ނަމަވެސް ނަމަވެސް ތަންކޮޅެއް ކައިރިން ވެލި ނެގޭނަމަ 100 މިލިއަން ޑޮލަރަށް އަގުހެޔޮވާނެކަމަށް މިނިސްޓަރު އަސްލަމް މަޖިލީހުގެ ކޮމިޓީގައި މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ގުޅީފަޅުމޯލްޑިވްސް ޕޯޓްސް ލިމިޓެޑްފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުފިނޭންސް މިނިސްޓްރީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

01 ޑިސެމްބަރު 2025
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު

ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު

06 ނޮވެމްބަރު 2025
ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް

ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް

31 އޮކްޓޯބަރު 2025
ބަޖެޓް ހުށަހަޅާ ޖަލްސާ 2:00 ގަައި، އަދިވެސް ބަޖެޓް ފޮތް ޗާޕް ނުވޭ

ބަޖެޓް ހުށަހަޅާ ޖަލްސާ 2:00 ގަައި، އަދިވެސް ބަޖެޓް ފޮތް ޗާޕް ނުވޭ

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު