Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެސްޓީއޯ ސުޕަރމާކެޓް

އެސްޓީއޯ ސުޕަރމާކެޓްގައި ވިޔަފާރިކުރުމުގެ ފުރުސަތު ކުދި ވިޔަފާރިތަކަށް

14 ޖުލައި 2021 | ބުދަ 06:55

ސުޕަރމާކެޓުން ލިބެން ހުންނަ ފްރޯޒެން ގުޑްސް މިހާރު ސަޕްލައިކޮށް ވިއްކާނީ އަމިއްލަ ކުންފުންޏަކުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 14 ޖުލައި 2021 | ބުދަ 06:55
އެސްޓީއޯ ސުޕަރމާކެޓް އަދި ހޯލްސޭލް ސެންޓަރ

އެސްޓީއޯ ސުޕަރމާކެޓް އަދި ހޯލްސޭލް ސެންޓަރ | ރާއްޖެއެމްވީ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ސުޕަރމާކެޓްގެ އެކި ބައިތައް ކުދި ވިޔަފާރިތަކަށް ކުއްޔަށްދެމުންދާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ، އަމްރު ވިދާޅުވީ ސުޕަރމާކެޓްގެ އެކި ބައިތައް މިހާރު ދަނީ ކުދި ވިޔަފާރިތަކަށް ކުއްޔަށް ދެމުން ކަމަށާއި ސުޕަރމާކެޓްގެ ހުރިހާ ފްރީޒަރުތަކެއް މިހާރު ހިންގަމުން ދަނީ އަމިއްލަ ކުންފުންޏަކުން ކަމަށެވެ. އަދި ސުޕަރމާކެޓުން ލިބެން ހުންނަ ފްރޯޒެން ގުޑްސް މިހާރު ސަޕްލައިކޮށް ވިއްކާނީ އެކުންފުނިން ކަމަށާއި އެސްޓީއޯ އިން ފޯރުކޮށްދެނީ ތަނާއި މުވައްޒަފުން ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ ކުދި ވިޔަފާރިތަކުން އެސްޓީއޯއަށް ދައްކަން ޖެހޭނީ ކުޑަ ކުއްޔެއް ކަމަށެވެ. އެސްޓީއޯ ސުޕަރމާކެޓުގައި މިގޮތަށް ތަކެތި ވިއްކުމުން އެސްޓީއޯއަށް ނަގާނީ އެ ވިއްކާ ތަކެއްޗެއްގެ ކުޑަ އިންސައްތައެކެވެ. އެސްޓީއޯއަށް ނަގާ އިންސައްތަ ކަނޑައަޅާނީ އެ ވިއްކާ ތަކެއްޗާއި އެ ތަކެތީގެ ޑިމާންޑަށް ރިއާޔަތްކޮށެވެ. އަމްރު ވަނީ ކޮންމެ ދުވަހެއްގެ ސޭލްސް ނިމުމުން ސޭލްސްގެ މައުލޫމާތު ކުންފުންޏާ ހިއްސާކުރެވޭނެ ކަމަށާއި ތަކެތި ވިއްކާ އިރު، އެކަން ލައިވްކޮށް ކުންފުންޏަށް އެނގޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.

އަމްރު ވިދާޅުވީ އަމާޒަކީ ދާދި އަވަހަށް އެހެން ހުރިހާ ބާވަތްތައް ވިއްކުން އާންމު ވިޔަފާރިތަކަށް ހަވާލުކުރުން ކަމަށާއި އޭރުން އެސްޓީއޯ އިން ހަމަޖައްސައިދޭނީ ތަނާއި މުވައްޒަފުން ކަމަށާއި ވިޔަފާރިތައް ބޭނުންވާ ތަކެތި ވިއްކުމަށް ފިހާރައިގެ ހަރުތައް ދޫކޮށްލާނެކަމަށެވެ.

އަމްރު ވިދާޅުވީ ސަރުކާރުގެ ކުންފުނިތައް ބޮޑެތި ވިޔަފާރިކުރާ ކުންފުނިތަކަށް ބަދަލުކުރުމުގެ ސިޔާސަތުގެ ދަށުން އެސްޓީއޯ އިން ކުރަމުން އަންނަ ވިޔަފާރިތަކުގެ ތެރޭގައި ހިމެނޭ އެސްޓީއޯ ސުޕަރމާކެޓް، އެސްޓީއޯ އިލެކްޓްރޯނިކްސް އަދި އެސްޓީއޯ ހޯމްއިމްޕްރޫވްމެންޓް ފަދަ ވިޔަފާރިތައް ކުދި ވިޔަފާރިތަކަށް ދޫކޮށްލުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން މި މަސައްކަތުގެ ތެރެއިން އެސްޓީއޯ އިލެކްޓްރޯނިކްސް މިހާރު ވަނީ ބަންދުކޮށްފައެވެ.

ސްޓޭޓް ޓްރޭޑިންގް އޯރގަނައިޒޭޝަން (އެސް.ޓީ.އޯ)ހުސެއިން އަމްރު

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2026

ސަރުކާރުން 10 ރިސޯޓު ހަދާ ދިވެހިންނަށް އާމްދަނީ ދޭނެކަމަށް ބުނީ ހެޑްލައިން ހަދަން, ނިންމާފައި ހުރި ފްލެޓަކަށް މީހުން ނުވެއްދުނު ބަޔަކަށް އެކަމެއް ނުވާނެ: އަމްރު

22 ފެބުރުއަރީ 2026
ސަރުކާރުން 10 ރިސޯޓު ހަދާ ދިވެހިންނަށް އާމްދަނީ ދޭނެކަމަށް ބުނީ ހެޑްލައިން ހަދަން, ނިންމާފައި ހުރި ފްލެޓަކަށް މީހުން ނުވެއްދުނު ބަޔަކަށް އެކަމެއް ނުވާނެ: އަމްރު
22 ޖެނުއަރީ 2026

ވައުދުވާ މޫސުން ނިމިއްޖެ، ކައުންސިލް އިންތިޚާބުގައި ރައްޔިތުން ނުކުމެ ވަރަށް ރަނގަޅަށް ސަރުކާރަށް ރިޕޯޓު ދޭން ޖެހޭ: އަމްރު

22 ޖެނުއަރީ 2026
ވައުދުވާ މޫސުން ނިމިއްޖެ، ކައުންސިލް އިންތިޚާބުގައި ރައްޔިތުން ނުކުމެ ވަރަށް ރަނގަޅަށް ސަރުކާރަށް ރިޕޯޓު ދޭން ޖެހޭ: އަމްރު
02 ޖެނުއަރީ 2026

ރައީސް ވިދާޅުވިޔަސް ސީޕްލޭންގައި ފުރޮޅު ހަރުކޮށް ރަށުގެ ބޮޑު މަގަކަށް ބޯޓެއް ނުޖެއްސޭނެ: އަމްރު

02 ޖެނުއަރީ 2026
ރައީސް ވިދާޅުވިޔަސް ސީޕްލޭންގައި ފުރޮޅު ހަރުކޮށް ރަށުގެ ބޮޑު މަގަކަށް ބޯޓެއް ނުޖެއްސޭނެ: އަމްރު
01 ޖެނުއަރީ 2026

ސަރުކާރުން ދަނީ ފްލެޓަށް ވައްދާ ކޮންމެ މީހެއްގެ ވޯޓު ކަށަވަރު ކުރަން މަސައްކަތް ކުރަމުން: އަމްރު

01 ޖެނުއަރީ 2026
ސަރުކާރުން ދަނީ ފްލެޓަށް ވައްދާ ކޮންމެ މީހެއްގެ ވޯޓު ކަށަވަރު ކުރަން މަސައްކަތް ކުރަމުން: އަމްރު
12 ޑިސެމްބަރު 2025

ގައިންގަޔަށް ނާރާ ބަލިތައް ކަންބޮޑުވާ މިންވަރަށް ދަނީ އިތުރުވަމުން، އިމްޕޯޓު ކުރާ ހުރިހާ އެއްޗެއް ޓެސްޓު ކުރެވޭނެ ގޮތަށް ލެބޯޓްރީއެއް ގާއިމް ކުރަންޖެހޭ: އަމްރު

12 ޑިސެމްބަރު 2025
ގައިންގަޔަށް ނާރާ ބަލިތައް ކަންބޮޑުވާ މިންވަރަށް ދަނީ އިތުރުވަމުން، އިމްޕޯޓު ކުރާ ހުރިހާ އެއްޗެއް ޓެސްޓު ކުރެވޭނެ ގޮތަށް ލެބޯޓްރީއެއް ގާއިމް ކުރަންޖެހޭ: އަމްރު
29 ނޮވެމްބަރު 2025

ރައީސް މުއިއްޒު ބާއްވަވާ ބައްދަލުވުންތަކުގައި އެމަނިކުފާނު ކުރައްވާ ކަންކަމުގެ ނަތީޖާއާ ގުޅޭ ގޮތުން ސުވާލު ކުރަން ޖެހޭ: އަމްރު

29 ނޮވެމްބަރު 2025
ރައީސް މުއިއްޒު ބާއްވަވާ ބައްދަލުވުންތަކުގައި އެމަނިކުފާނު ކުރައްވާ ކަންކަމުގެ ނަތީޖާއާ ގުޅޭ ގޮތުން ސުވާލު ކުރަން ޖެހޭ: އަމްރު
19 އޮކްޓޯބަރު 2025

ރައްޔިތުން ބޭނުންވަނީ ރަސްމާލެއެއް ނޫން، ބޭނުންވަނީ ބޯހިޔާވަހިކަމާއި އާމްދަނީ ހޯދޭނެ އިތުރު ގޮތްތަކެއް: އަމްރު

19 އޮކްޓޯބަރު 2025
ރައްޔިތުން ބޭނުންވަނީ ރަސްމާލެއެއް ނޫން، ބޭނުންވަނީ ބޯހިޔާވަހިކަމާއި އާމްދަނީ ހޯދޭނެ އިތުރު ގޮތްތަކެއް: އަމްރު
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
27 ސެޕްޓެމްބަރު 2025

މި ސަރުކާރުން ބޭނުންވެއްޖެނަމަ ވަގުތުން ޑޮލަރުގެ ރޭޓު 15 ރުފިޔާއަށް ދަށްކުރެވޭނެ: އަމްރު

27 ސެޕްޓެމްބަރު 2025
މި ސަރުކާރުން ބޭނުންވެއްޖެނަމަ ވަގުތުން ޑޮލަރުގެ ރޭޓު 15 ރުފިޔާއަށް ދަށްކުރެވޭނެ: އަމްރު
26 ސެޕްޓެމްބަރު 2025

މި ސަރުކާރުގައި އެމްއޭސީއެލް ވަނީ ފެނަކައާ އެއް ދަރަޖައަކަށް ވައްޓާލާފައި: އަމްރު

26 ސެޕްޓެމްބަރު 2025
މި ސަރުކާރުގައި އެމްއޭސީއެލް ވަނީ ފެނަކައާ އެއް ދަރަޖައަކަށް ވައްޓާލާފައި: އަމްރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް