Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވަރާން ޔުނައިޓެޑަށް ބަދަލުވަނީ

ޔުނައިޓެޑުން ވަރާންގެ ސޮއި ހޯދުމާ ގާތަށް

ޔުނައިޓެޑް އޮތީ ވަރާންގެ ސޮއި ހޯދުމަށް 35 މިލިއަން ޕައުންޑް ޚަރަދުކުރަން ތައްޔާރަށް

އަތޫފް އާތިފް
އަތޫފް އާތިފް | 13 ޖުލައި 2021 | އަންގާރަ 13:01
ރެއާލް މެޑްރިޑްގެ ޑިފެންޑަރު ރަފައެލް ވަރާން

ރެއާލް މެޑްރިޑްގެ ޑިފެންޑަރު ރަފައެލް ވަރާން

ރެއާލަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ރަފައެލް ވަރާންގެ ސޮއި ހޯދުމާއި ގާތަށް ޔުނައިޓެޑުން ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ފްރާންސްގެ ލެންސްއިން ކެރިއަރު ފެށި ވަރާން ސްޕޭނުގެ ރެއާލާ ގުޅުނީ 2011 ވަނަ އަހަރުއެވެ. އަދި 2017 ވަނަ އަހަރު އޭނާ ވަނީ ރެއާލުގެ އެއްބަސްވުން 2022 ވަނަ އަހަރުގެ ނިޔަލަށް އާކޮށްފައެވެ. ސްޕެއިނުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މި ސީޒަން ނިމުމުން ރެއާލް ދޫކޮށްލަން އުމުރުން 27 އަހަރުގެ ވަރާން ބޭނުންވެއެވެ. އަދި ރެއާލް ދޫކޮށްލަން ވަރާން ބޭނުންވަނީ ކެރިއަރުގައި އައު ތަޖުރިބާއެއް ކުރުމަށް ކަމަށްވެސް ރިޕޯޓުތައް ވަނީ ބުނެފައެވެ.

ރެއާލް ދޫކޮށްލަން ވަރާން ބޭނުންވާތީ، މި އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި އޭނާ ވިއްކާލަށް ރެއާލަށް މަޖުބޫރުވެއެވެ. އެއީ މި ޓްރާންސްފާގައި އޭނާ ވިއްކާނުލެވިއްޖެނަމަ، އަންނަ އަހަރު ހިލޭ ޓްރާންސްފާއެއްގެ ދަށުން ވަރާނަށް ކުލަބު ބަދަލުކުރުމުގެ ފުރުސަތު އޮތުމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ވަރާންގެ ސޮއި ހޯދުމާއި ގާތަށް ޔުނައިޓެޑުން ގޮސްފައިވާއިރު، ޔުނައިޓެޑުން ރެއާލާއިއެކު މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ. ޔުނައިޓެޑުން ވަރާންގެ ސޮއި ހޯދުމަށް 35 މިލިއަން ޕައުންޑު ޚަރަދު ކުރުމަށް އޮތީ ތައްޔާރަށެވެ.

ރެއާލް ދޫކޮށްލަން ވަރާން ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނިއިރު، މިހާތަނަށް އޭނާ ވަނީ ރެއާލަށް 351 މެޗު ކުޅެދީ، 17 ލަނޑު ޖަހާދީފައެވެ. އަދި އެ ޓީމާއެކު ސްޕެނިޝް ލީގު ތިން ފަހަރު، ސްޕެނިޝް ކަޕް އެއް ފަހަރު، ސްޕެނިޝް ސުޕަ ކަޕް ތިން ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު، ޔުއެފާ ސުޕަ ކަޕް ތިން ފަހަރު އަދި ފީފާ ކުލަބު ވޯލްޑް ކަޕް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވެއެވެ.

މީގެ އިތުރުން ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމަށް މިހާތަނަށް 71 މެޗު ކުޅެދީފައިވާ ވަރާނަކީ އެ ގައުމުން 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، އެ ޓީމުގައި ހިމެނުނު މުހިންމު ކުޅުންތެރިއެކެވެ.

ރަފައެލް ވަރާންމެންޗެސްޓަރ ޔުނައިޓެޑްރެއާލް މެޑްރިޑް

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

16 ޑިސެމްބަރު 2025
ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި
15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު