Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާރަށުގެ މައްސަލަ

ދައުވާ ކޯޓަށް ވެއްދުމުގެ ކުރިން އިތުރު މައުލޫމާތު އެއްކުރުމުގެ ފުރުސަތު އާރަށުގެ މައްސަލައިގައި އެބައޮތް- ޕީޖީ އޮފީސް

12 ޖުލައި 2021 | ހޯމަ 17:19

މިހާރު ގާނޫނީ އިންޒާރު ދީފައި އޮތްގޮތުން ސުވާލު އުފައްދާނެ ފުރުސަތު އޮވެދާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 12 ޖުލައި 2021 | ހޯމަ 17:19
ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރުކުރުން

ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރުކުރުން

އާރަށުގެ މައްސަލާގައި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ދައުވާކުރަން ކޯޓަށް ވެއްދުމުގެ ކުރިން އިތުރު މައުލޫމާތު އެއްކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.

ރާއްޖެއެމްވީއާ މައުލޫމާތު ދެމުން ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، އާރަށުގެ މައްސަލައާ ގުޅިގެން ރައީސް ޔާމީން ހައްޔަރު ކޮށްފައި ނުވާތީ، މި މައްސަލައިގެ ތަހުގީގަށް ވަކި މުއްދަތެއް ނެތް ކަމަށެވެ. އެހެންކަމުން ތަހުގީގު އިތުރަށް ފުރިހަމަ ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. މިހާރުވެސް އާރަށުގެ މައްސަލައިގައި ދައުވާ ކުރެވޭނެކަމަށް އޮފިޝަލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ބައެއް މައްސަލަތަކަކީ ތަހުގީގަށް ވަކި މުއްދަތެއް އޮންނަ މައްސަލަތަކެއްކަން ފާހަގަކުރައްވަމުން އޮފިޝަލް ވިދާޅުވީ ޓެރަރިޒަމްގެ މައްސަލަތަކުގައި ތަހުގީގަށް މުއްދަތެއް އޮންނަ ކަމަށެވެ. އަދި މި މައްސަލާގައި ރައީސް ޔާމީން ހައްޔަރު ނުކުރާތީ، ތަހުގީގުގެ މުއްދަތެއް ނޯންނާނެކަމަށެވެ. ކޯޓަށް މައްސަލަ ހުށަހެޅުމާ ހަމައަށް ތަހުގީގު ފުރިހަމަ ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރެވޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މިމައްސަލައިގައި ގާނޫނީ އިންޒާރު ދީފައި އޮތީ ޕީޖީން ބޭނުންވާ ފެންވަރަށް ނޫން ކަމަށާއި، އެހެންކަމުން މިހާރު ކުރަމުންދަނީ އެއަށްވުރެ ފުރިހަމައަށް، ގާނޫނުގައި ބުނާ، އަކުރުން އަކުރަށް އެ އިންޒާރު ފުރިހަމަ ކުރުމަށް ކުރަމުން އަންނަ ކަމެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މިހާރު ގާނޫނީ އިންޒާރު ދީފައި އޮތްގޮތުން ސުވާލު އުފައްދާނެ ފުރުސަތު އޮވެދާނެކަަމަށް ބެލެވޭތީ، އެ އިންޒާރު ފުރިހަމަ ނުކޮށް ދައުވާ ކުރުމުން ޝަރީއަތުގެ މަރުހަލާގައި މައްސަލަ ކުރިއަށް ނުގެންގޮސް ބޭރުކޮށްލުމުގެ ޖާގަ އޮންނާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެހެންކަމުން އެކަހަލަ ފުރުސަތެއް ނުދިނުމުގެ މަގްސަދުގައި ކުރިއަށްގެންދާ ކަމެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ތަހުގީގު ނިންމާ ޕީޖީއަށް ފޮނުވާފައިވާ މައްސަލައެއްގެ ތަހުގީގު އަލުން ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ، ހޯމަ ދުވަހު ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ކުރިއަށްގެންދިޔަ ތަހުގީގު މަޖިލީހުން ރައީސް ޔާމީންގެ ގާނޫނީ ޓީމުންވަނީ ތަނާޒުލްވެފައެވެ.

ޕީޖީ އޮފީސްރައީސް ޔާމީންމޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

17 ޑިސެމްބަރު 2025
ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް