Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ސްޓިމިއުލަސް ލޯން

ސްޓިމިއުލަސް ލޯނަށް ކަނޑައެޅިފައިވާ ލިމިޓަށްވުރެ އިތުރަށް އެޕްލިކޭޝަން ހުށަހަޅައިފި

ލޯނަށް އެދި ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ މި މަހުގެ 17 ވަނަ ދުވަސް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 12 ޖުލައި 2021 | ހޯމަ 08:44
ބީއެމްއެލްގެ މުވައްޒަފުން ވިޔަފާރިތަކަށް މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިން

ބީއެމްއެލްގެ މުވައްޒަފުން ވިޔަފާރިތަކަށް މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިން

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރާ ގުޅިގެން ދޫކުރާ އިކޮނޮމިކް ސްޓިމިއުލަސް ލޯނުގެ ލިމިޓަށްވުރެ އިތުރަށް އެޕްލިކޭޝަން ލިބިފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ދޫކުރާ އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ހާމަކުރައްވާފައި ވަނީ ޖޫން 17 ވަނަ ދުވަހުއެވެ. އެގޮތުން މިނިސްޓަރ ވަނީ ސަރުކާރުން އިއުލާނުކޮށްފައިވާ އައު އިކޮނޮމިކް ރިލީފް ޕެކޭޖަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި, އިޤްތިސާދުގެ ވިލުންވެރިކަން އިތުރުކުރުމަށް ވިޔަފާރިތަކަށް އެހީތެރިވުމަށް ހުޅުވާލައިފައިވާ ސްކީމެއް ކަމަށް ވިދާޅުވެފައެވެ.

ޖޫން 20 ވަނަ ދުވަހުން ފެށިގެން ލޯނަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނަން ފަށާފައިވާއިރު، މި ލޯން ދޫކުރަމުން އަންނަނީ ލޯނަށް އެދި ހުށަހަޅާ ތަރުތީބުން އެންމެ ފުރަތަމަ ހުށަހަޅާ ފަރާތްތަކަށް އިސްކަން ދީގެން ކަމަށް ވެސް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ މި ލޯން ސްކީމް އަކީ ވަކި އަދަދެއް ކަނޑައެޅިފައިވާ ލޯން ސްކީމެއް ކަމަށެވެ. އަދި މިހާތަނަށް ބޭންކުން ބަލައިގެންފައިވާ ލޯން އެޕްލިކޭޝަންތަކުގެ އަދަދު ވެސް ލޯން ސްކީމަށް ކަނޑައެޅިފައިވާ ލިމިޓަށްވުރެ އިތުރުކަމަށާއި، އެހެން ކަމުން މި ލޯނަށް އެދި ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ މި މަހުގެ 17 ވަނަ ދުވަސް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

ބޭންކުން ބުނީ ލޯނަށް އެދި ބޭންކަށް ހުށަހެޅިފައިވާ އެޕްލިކޭޝަންތައް އިވެލުއޭޓްކުރުމަށްފަހު މިފަންޑުގައި ބާކީ ފައިސާ ހުރެއްޖެނަމަ އަލުން ލޯނަށް އެދި ހުށަހަޅެމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ.

މިލޯން ސްކީމަކީ މެއި 27 ވަނަ ދުވަހު ސަރުކާރުން އިއުލާނުކުރި ސްޓިމިއުލަސް ޕެކޭޖްގެ ދަށުން ތައާރަފްކުރެވޭ ލޯން ސްކީމެކެވެ. އެގޮތުން ބަލިމަޑުކަމާ ގުޅިގެން، މާލީ ގޮތުން ގެއްލުން ލިބިފައިވާ ވިޔަފާރިތަކަށް ހުޅުވާލެވިފައިވާ ކޮވިޑް-19 އިކޮނޮމިކް ސްޓިމިއުލަސް ލޯނު މެދުވެރިކޮށް 10 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސަށް އެދި ހުށަހެޅޭނެ ކަމަށާއި، މިއީ ރަހުނަކާ ނުލައި 6 އިންސައްތައިގެ ކުޑަ އިންޓަރެސްޓެއްގައި ދޫކުރެވޭ ލޯނެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި ލޯނަށް އަނބުރާ ފައިސާ ދެއްކުމަށް 4 އަހަރުގެ މުއްދަތެއް ލިބޭ އިރު، ގްރޭސް ޕީރިއެޑްގެ ގޮތުގައި ގިނަވެގެން 12 މަސް ދުވަސް ލިބޭނެއެވެ.

ޖޫން 20 ވަނަ ދުވަހުން ލޯނަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނަން ހަމަޖެހިފައިވާ އިރު، މީގެ ކުރިން ބީއެމްއެލްއިން ވަނީ އިކޮނޮމިކް ސްޓިމިއުލަސް ޕެކޭޖްގެ ދަށުން 585.9 މިލިއަން ރުފިޔާގެ ލޯން ދޫކޮށްފައެވެ.

މެއި 25 ވަނަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ކޮވިޑްގެ ރިލީފް ލޯނުގެ ގޮތުގައި ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ސޮފްޓް ލޯން ވަރަށް އަވަހަށް ދެވިގެން ދާނެ ކަމަށެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ސްޓިމިއުލަސް ލޯން ޕެކޭޖެއް ދިނުމަށް ނިންމާފައި ވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ 20 މިލިއަން ޔޫރޯ ނުވަތަ 375 މިލިއަން ރުފިޔާގެ ފެސިލިޓީއެއް ވަރަށް އަވަހަށް ހަމަޖެހިގެން ދާނެ ކަމަށެވެ. އެހެންކަމުން ޖޫން މަހުގެ ތެރޭގައި ލޯނު ދޫކުރަން ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ސަރުކާރުގެ ކެރި ފޯރުން ތެރިކަން ހުރި މިންވަރަކުން ކޮވިޑުން ސަލާމަތް ވުމަށްޓަކައި ކުރިއަށް އޮތްތަނުގައި އިތުރު އެހީތައް ދެއްވަމުން ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަކު އެންމެ އިސްކަމެއް ދެއްވާނީ ކޮވިޑުން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންތައްތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮވިޑްގެ ހާލަތު ނުރައްކާވެފައިވާ މި ދަނޑިވަޅުގައި ސަރުކާރުން ގެންދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެއާއެކު ނަންބަރުތައް ދަށަށް ދާނެ ކަމަށް ބެލެވުނު ކަމުގައި ވިޔަސް, އެދެވޭ ގޮތެއްގައި ފިޔަވަޅުތަކުގެ ހެޔޮ އަސަރު ފެންނާނީ އާންމުން ވެސް ފަރުދީ ޒިންމާ އަދާކޮށްގެން ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

އިކޮނޮމިކް ސްޓިމިއުލަސް ލޯންބީއެމްއެލް

ކޮމެންޓް

އިތުރަށް ކިޔާލަން

އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!

އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!

03 ނޮވެމްބަރު 2025
ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

02 ނޮވެމްބަރު 2025
ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި

ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި

02 ނޮވެމްބަރު 2025
ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!

ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!

29 އޮކްޓޯބަރު 2025
ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

28 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު