Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް

ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް ޖެހޭ މިންވަރު ދަށަށް

11 ޖުލައި 2021 | އާދީއްތަ 09:28

ބަލިތައް ޖެހޭ މިންވަރު ދަށަށް ވިޔަސް ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުން މުހިންމު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 11 ޖުލައި 2021 | އާދީއްތަ 09:28
އައްޑޫ ބީޗުގައި އާންމުންތައް

އައްޑޫ ބީޗުގައި އާންމުންތައް

ރޯގާގެ ބަލިތަކަކީ އާންމު ގޮތެއްގައި ރާއްޖެއިން ފެންނަ ބަލިތަކެކެވެ. އަދި އެކި ދުވަސްވަރު ރޯގާގެ އެކި ބަލިތަން އިންތިހާއަށް ފެތެރިގެންދާތަން އަޅުގަނޑުމެންނަށް ފެނެއެވެ. އެހެންނަމަވެސް މި އަހަރު ރޯގާގެ ބަލިތައް ފެތުރޭ މިންވަރު މިވަނީ ދަށްވެފައެވެ. ބަލިތަކުން ރައްކާތެރިވުމަށްޓަކައި މީހުން އިސްނަގާ މިންވަރު ވެސް މި ވަނީ އިތުރުވެފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ އަހަރުތަކުގައި ޑެންގީ ހުން ޖެހިފައިވާ މިންވަރަށް ބަލާއިރު މި އަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު ވަނީ މަދުވެފައެވެ. އަދި 2020 ވަނަ އަހަރުގެ މި ދުވަސްވަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު ވެސް ވަނީ ދަށަށް ގޮސްފައެވެ. މޭމަހު ޑެންގީ ހުން ޖެހިގެން 12 މީހަކު ރިޕޯޓްކޮށްފައިވާއިރު، ޖޫން މަހު ރިޕޯޓުކޮށްފައިވަނީ 7 މީހުންނެވެ.

މި ދުވަސްވަރު މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދު ކަމުގައި ވީނަމަވެސް ޑެންގީ އާއި ޗިކުންގުންޔާ ފަދަ ބަލިތައް ކޮންޓްރޯލް ކުރުމަށާއި ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ބަލިން ރައްކާތެރިވުމަށްޓަކައި އާންމުންނަށް ކުރެވޭނެ ބައެއް ކަންތައްތަކުގެ އިރުޝާދު ވެސް ވަނީ ދީފައެވެ.

މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ އަދި މޮސްކިޓޯ ރެޕެލެންޓް ބޭނުން ކުރުމާއި ފަތިސް ގަޑީގައި އަދި ހަވީރު އިރު އޮއްސޭ ވަގުތު ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމުގެ އިތުރުން ހުސް ފުޅި ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުން ހިމެނެއެވެ.

ބަލިޖެހިއްޖެ ހާލަތެއްގައި ގޭގައި އަމިއްލައަށް ވެސް ފަރުވާ ދެވިދާނެއެވެ. އެގޮތުން ގިނައިން އަރާމުކުރުމާއި ދިޔާ އެއްޗެހި ގިނައިން ބޭނުން ކުރެވިދާނެއެވެ. ދިޔާ އެއްޗެހީގެ ތެރޭގައި ކުރުނބާ ފެން، ލޮނުޕެކެޓް އަދި ސޫޕް ފަދަ އެއްޗިހި ހިމެނެއެވެ. ހުން މަޑުކުރުމަށާއި ގައިގައި ރިއްސުމަށާއި ހުޅުހުޅުގައި ރިއްސުމަށް ޕެރެސެޓްމޯލް ބޭނުން ކުރެވިދާނެއެވެ.

ވޭތުވެދިޔަ އަހަރުތަކުގެ މި ދުވަސްވަރާ އަޅާ ބަލާއިރު މި އަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ ޢަދަދު މަދެވެ. މޭ މަހު އަރިދަފުސް ރޯގާ ޖެހިގެން 12216 މީހުން ރިޕޯޓް ކޮށްފައިވާއިރު ޖޫން މަހު ރިޕޯޓްކޮށްފައިވަނީ 5168 މީހުންނެވެ.

ޢާއްމު އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތަކެއް ވެއެވެ. އެގޮތުން އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކެއްސާ އިރު އަގަމަތީގައާއި ނޭފަތުގައި ކުޑަރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް އެޅުން އަދި ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުމާއި ޢާއްމު ސާފުތާހިރުކަމަށް، ޚާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުންފަދަ ކަންކަމަށް ސަމާލުކަންދިނުން ހިމެނެއެވެ. އަދި ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން، ޚާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުމާއި ރޯގާޖެހިފައިވާނަމަ ކުޑަކުދިންނާ ދުރުހެލިވުން ހިމެނެއެވެ. ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރިކުރުމަށް ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި ބަލި ޖެހުމުން، ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުން އިންފުލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިންޖެހުމާއި އަދި މި ފަރާތްތައް ރޯގާ ޖެހި ހުން އަންނަނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން ހިމެނެއެވެ.

ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލިމީހާ އާ އެކު ވީހާވެސް މަދު މީހުން ހޮސްޕިޓަލަށް ދިއުން، އަދި ބަލިމީހުންނަށް ޒިޔާރަތް ކުރުމަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑުމީހުން ނުދިއުމާއި ކޮންމެހެން ހޮސްޕިޓަލަށް ދާންނުޖެހޭ ހާލަތްތަކުގައި މެނުވީ ހޮސްޕިޓަލަށް ނުދިއުން ވެސް ހިމެނެއެވެ.

ވޭތުވެދިޔަ އަހަރުތަކުގެ މި ދުވަސްވަރާ އަޅާ ބަލާއިރު މި އަހަރުގެ މިހާތަނަށް ބޭރަށް ހިންގުން ޖެހިގެން ރިޕޯރޓްކޮށްފައިވާ އަދަދު މަދު ކަމަށް ފާހަގަ ކުރެވޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެގޮތުން މޭ މަހު ބޭރަށް ހިންގުން ޖެހިގެން 1451 މީހުން ރިޕޯޓް ކޮށްފައިވާއިރު ޖޫން މަހު ރިޕޯޓްކޮށްފައިވަނީ 882 މީހުންނެވެ. ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތަކުގެ ތެރޭގައި ކެއުމުގެ ކުރީން އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުމާއި ފާހާނާ ކުރުމަށްފަހު އަދި ނެޕީ ބަދަލުކުރުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮންނަން ވާނެއެވެ. ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމާއި ރޯ ތަރުކާރީއާއި މޭވާ ރަނގަޅަށް ދޮވެގެން ބޭނުން ކުރުމާއި ގޭގައި ކާބޯތަކެތި ރައްކާކުރާއިރު، އެ ރައްކާކުރާ ތަނަކީ ސާފު ތާހިރު ތަނެއްތޯ ބެލުމާއި ކާބޯތަކެތި ތައްޔާރު ކުރާ ތަންތަނާއި ތަކެތި ރަނގަޅަށް ދޮވެ ސާފުކުރުން ހިމެނެއެވެ. މީގެ އިތުރުން ކާބޯތަކެއްޗަށް ދިރޭ ސޫފާސޫތްޕަށް ނުވަދެވޭނެހެން ރަނގަޅަށް މަތިޖަހާފައި ބެހެއްޓުން ހިމެނެއެވެ. އަދި ކެއުމުގައި ވީހާވެސް ތާޒާ ކާނާ ބޭނުންކުރުމާއި ކާބޯތަކެތި ހަލާކުނުވާނޭހެން ރައްކާކުރުމާއި ކެއްކުމަށާއި ފެން ބުއިމަށް ފުޅީގައި ބަންދުކޮށްފައިވާ ފެން ނުވަތަ ކޮލޮރިނޭޓް ކޮށްފައިވާ ފެން ނުވަތަ ވޯޓާރ ސަޕްލައި ފެން ނުވަތަ ފެން ކައްކައިގެން ބޭނުން ކުރުން ހިމެނެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރު ވައިރަލް ހުމާއި ފާނަ ބަސަންދު އަދި ލޮލު ރޯގާ ފަދަ ބަލިތައް އާންމުކޮށް އުޅޭ މިންވަރަށްވުރެ ވަނީ ދަށްވެފައެވެ. ރޯގާގެ ބަލިތައް ފެންނަ މިންވަރު ދަށްވިޔަސް މި ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަކީ މުހިންމުކަމެކެވެ. ހާއްސަކޮށް ކޮވިޑުގެ މި ޕެންޑަމިކްގެ ތެރޭގައި ބަލިމީހުންނަށް ފަރުވާދިނުމަށް ޑޮކްޓަރުންނާއި ނަރުހުން އުޅޭއިރު ރާއްޖެއިން ރޯގާގެ ބަލިތައް އިންތިހާ މިންވަރަކަށް ފެނިއްޖެނަމަ އެކަމާ ދެކޮޅަށް މަސައްކަތް ކުރުމަކީ ވެސް ބޮޑު ގޮންޖެހުމަކަށް ވެގެންދާނެއެވެ. އެހެންކަމުން ހުރިހާ އެންމެން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ، ބަލިތަކުން ރައްކާތެރިވުމަށްޓަކައި މަސައްކަތް ކުރަން ޖެހެއެވެ.

އިތުރަށް ކިޔާލަން

20 ޖުލައި 2017

ނިމްސް ހޮސްޕިޓަލާއެކު ހެދި ޑީލު ތަހުގީގު ކުރަންޖެހޭ

20 ޖުލައި 2017
ނިމްސް ހޮސްޕިޓަލާއެކު ހެދި ޑީލު ތަހުގީގު ކުރަންޖެހޭ
30 ޖޫން 2017

ކާނަލް ނާޒިމްގެ އާއިލާ އޮހޮރި ކަރުނައިގެ ބަދަލު ދޭންޖެހޭ!

30 ޖޫން 2017
ކާނަލް ނާޒިމްގެ އާއިލާ އޮހޮރި ކަރުނައިގެ ބަދަލު ދޭންޖެހޭ!
28 ޖޫން 2017

މާލޭ ތާރު މަގުގައި ދުވެލި މަޑުކުރަންޖެހޭ!

28 ޖޫން 2017
މާލޭ ތާރު މަގުގައި ދުވެލި މަޑުކުރަންޖެހޭ!
23 އެޕްރީލު 2017

ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!

23 އެޕްރީލު 2017
ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!
12 އެޕްރީލު 2017

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ
31 މާރިޗު 2017

ހަސަދަވެރިކަމަކީ ބައްޔެއްކަން ރައީސް ޔާމިން ދަންނަންޖެހޭ!

31 މާރިޗު 2017
ހަސަދަވެރިކަމަކީ ބައްޔެއްކަން ރައީސް ޔާމިން ދަންނަންޖެހޭ!
08 މާރިޗު 2017

އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

08 މާރިޗު 2017
އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!
01 މާރިޗު 2017

ބޭއިންސާފުން އިބުރަތް ހާސިލް ކުރަން ޖެހޭ

01 މާރިޗު 2017
ބޭއިންސާފުން އިބުރަތް ހާސިލް ކުރަން ޖެހޭ
05 ފެބުރުއަރީ 2017

ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!

05 ފެބުރުއަރީ 2017
ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!
23 ޖެނުއަރީ 2017

ކިތަންމެ އަނިޔާއެއް ކުރިނަމަވެސް ރާއްޖޭޓީވީގެ ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ

23 ޖެނުއަރީ 2017
ކިތަންމެ އަނިޔާއެއް ކުރިނަމަވެސް ރާއްޖޭޓީވީގެ ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް