Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުގްރީން ފަންޑުގައި ހުރި ފައިސާ

އޭޕްރިލް މަހު ފަތުރުވެރިންގެ އަތުން 72 މިލިއަން ރުފިޔާ!

11 ޖުލައި 2021 | އާދީއްތަ 07:46

އޭޕްރިލް މަސް ނިމުނު އިރު ގްރީން ފަންޑުގައި ޖުމްލަ ހުރީ 984.1 މިލިއަން ރުފިޔާ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 11 ޖުލައި 2021 | އާދީއްތަ 07:46
ރާއްޖެ އައި ފަތުރުވެރިންތަކެއް

ރާއްޖެ އައި ފަތުރުވެރިންތަކެއް

މިއޭޕްރިލް މަހު ގްރީން ފަންޑަށް 72 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އޭޕްރިލް މަހުގެ ގްރީންފަންޑު ރިޕޯޓް ދައްކާގޮތުން 72.05 މިލިއަން ރުފިޔާ ގްރީން ފަންޑަށް ވަނީ ޖަމާކޮށްފައެވެ. އެއީ ރިސޯޓްތަކުން ގްރީން ޓެކުހުގެ ގޮތުގައި ލިބުނު 68.05 މިލިއަން ރުފިޔާ އާއި ހޮޓާ ތަކުން ލިބުނު 912,358.56 ރުފިޔާގެ އިތުރުން ގެސްޓް ހައުސްތަކުން ލިބުނު 1.5 މިލިއަން ރުފިޔާ އަދި ސަފާރީތަކުން ލިބުނު 1.6 މިލިއަން ރުފިޔާއެވެ.

ވަކިވަކި އަތޮޅުތަކުން ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އަދަދުތަކަށް ބަލާއިރު، އެންމެ ގިނަ އަދަދެއް ލިބިފައި ވަނީ ކ. އަތޮޅުންނެވެ. އެއީ 24.9 މިލިއަން ރުފިޔާއެވެ. މާލެ ސިޓީން ގްރީން ޓެކުހުގެ ގޮތުގައި ލިބިފައި ވަނީ 537,274.65 ރުފިޔާއެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން އޭޕްރިލް މަހު ސަރުކާރުން ވަނީ ގްރީން ފަންޑުން 9.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އޭގެ ތެރޭގައި އަތޮޅުތެރޭގެ އެކި ރަށްރަށުގެ ފެނާއި ނަރުދަމާ އާއި ތަފާތު އެކި މަޝްރޫއުތައް ހިންގުމަށް ކުރި ޚަރަދު ހިމެނެއެވެ.

އަހަރު ފެށުނު އިރު ގްރީން ފަންޑުގައި 809.6 މިލިއަން ރުފިޔާ ހުރި އިރު، އަހަރުގެ ޖެނުއަރީ މަހު ގްރީން ފަންޑަށް 57.3 މިލިއަން ރުފިޔާ ވަނީ އިތުރުވެފައެވެ. އަދި 12.9 މިލިއަން ރުފިޔާ ވަނީ ފަންޑުން ޚަރަދުކޮށްފައެވެ. ފެބްރުއަރީ މަހު ފަންޑަށް އިތުރުވި 63.5 މިލިއަން ރުފިޔާ އާއި އެމަހު ޚަރަދު ކުރި 58 މިލިއަން ރުފިޔާއާ އެކު ފެބްރުއަރީ މަހުގެ ނިޔަލަށް ގްރީން ފަންޑުގައި ޖުމްލަ ހުރީ 859.6 މިލިއަން ރުފިޔާއެވެ. މާޗު މަހު ގްރީން ފަންޑަށް 93.4 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ އިރު، މިއީ މި އަހަރުގެ މިހާތަނަށް ފަންޑަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ޖަމާވި މަހެވެ. އެމަހު ދައުލަތުން ވަނީ ގްރީން ފަންޑުން 31.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

އޭޕްރިލް މަހު ފަންޑަށް ޖަމާވި އަދަދާއި ފަންޑުން ކުރި ޚަރަދާ އެކު މާޗު މަހު ގްރީން ފަންޑުގެ ބެލެންސްގައި ހުރީ 62.3 މިލިއަން ރުފިޔާއެވެ.

މި އަހަރުގެ ފުރަތަމަ ހަތަރު މަހު ގްރީން ފަންޑަށް ޖުމްލަ 286.4 މިލިއަން ރުފިޔާ ޖަމާވި އިރު، 111.9 މިލިއަން ރުފިޔާ ވަނީ ފަންޑުން ޚަރަދުކޮށްފައެވެ. އަދި އޭޕްރިލް މަސް ނިމުނު އިރު ގްރީން ފަންޑުގައި ޖުމްލަ ހުރީ 984.1 މިލިއަން ރުފިޔާއެވެ.

ގްރީން ޓެކުހަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގާ ޓެކުހަކަށް ވުމުން، ފަތުރުވެރިން އައުން މަަދުވާނަމަ ގްރީން ފަންޑަށް ޖަމާވާ ފައިސާ މަދުވާނެއެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ސަފާރީ، ރިސޯޓް އަދި ހޮޓެލްތަކަށް އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކުހުގެ ގޮތުގައި ދުވާލަކަށް 6 ޑޮލަރު ނަގައެވެ. އަދި ގެސްޓް ހައުސްތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަތުން ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ދުވާލަކަށް 3 ޑޮލަރެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
09 ފެބުރުއަރީ 2017

ޖުމްލަ 3.4 މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް

09 ފެބުރުއަރީ 2017
ޖުމްލަ 3.4  މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
01 ފެބުރުއަރީ 2017

މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ

01 ފެބުރުއަރީ 2017
މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ
30 ޖެނުއަރީ 2017

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި
29 ޖެނުއަރީ 2017

އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި

29 ޖެނުއަރީ 2017
އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި
23 ޖެނުއަރީ 2017

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

23 ޖެނުއަރީ 2017
ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި
23 ޖެނުއަރީ 2017

އޮލަ ވާހަކަ ސްޓިކާތައް 2 މިލިއަން ފަހަރު ބޭނުންކޮށްފި

23 ޖެނުއަރީ 2017
އޮލަ ވާހަކަ ސްޓިކާތައް 2 މިލިއަން ފަހަރު ބޭނުންކޮށްފި
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް