Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހެއިޓީގެ ރައީސް އަވަހާރަކޮށްލުން

ހެއިޓީގެ ރައީސް އަވަހާރަކޮށްލުމާ ގުޅިގެން އެމެރިކާ ސިފައިންގެ އެހީތެރިކަމަށް އެދިއްޖެ

ސަލާމަތާއި އަމަން އަމާންކަން ދެމެހެއްޓުމަށް ބޭރުގެ ސިފައިންގެ އެހީތެރިކަން ބޭނުންވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 11 ޖުލައި 2021 | އާދީއްތަ 07:32
ހެއިޓީގެ ރައީސް އަވަހާރަކޮށްލުމާ ގުޅިގެން ސަލާމަތީ ބާރުތަކުން ތަހުގީގު ހިންގަނީ،

ހެއިޓީގެ ރައީސް އަވަހާރަކޮށްލުމާ ގުޅިގެން ސަލާމަތީ ބާރުތަކުން ތަހުގީގު ހިންގަނީ،

ހެއިޓީގެ ރައީސް ޖޮވެނެލް މުއީސް އަވަހާރަކޮށްލި ހަމަލާއާ ގުޅިގެން އެގައުމުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް އެހީތެރިވެ ދިނުމަށް އެމެރިކާ ސިފައިންނާއި އދ. ގެ ފައުޖުތައް ފޮނުވައި ދިނުމަށް އެދިއްޖެއެވެ.

ހެއިޓީގެ ރައީސް ޖޮވެނަލް މޮއިސެސް އަވަހާރަކޮށްލާފައިވަނީ އެ ގައުމުގައި ސިޔާސީ ހަމަނުޖެހުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ވެރިކަން ކުރާ ރަށުގައި ބޮޑެތި ހަމަނުޖެހުންތަކެއް އުފެދިފައިވާ އިރު މި ހަމަނުޖެހުންތަކުގައި އެތައްބަޔަކު ވަނީ މަރުވެފައެވެ. ސިޔާސީ ހަލަބޮލިކަމުގެ އިތުރުން ކޮވިޑްގެ އާލަމީ ވަބާގެ ސަބަބުން ވެސް އެގައުމަށް އައީ އިތުރު ހަމަނުޖެހުންތަކަކާއި އުނދަގޫތަކެއް ކުރިމަތިވަމުންނެވެ.

ހެއިޓީގެ ބޮޑުވަޒީރު ކްލޯޑް ޖޯސެފްގެ އޮފީހުން އދ.ގެ އޮފީސްތަކަށް ފޮނުވާފައިވާ ޚާއްސަ ސިޓީއެއްގައި ބުނެފައިވަނީ މިދަނޑިވަޅަކީ ވަރަށް ބޮޑަށް އެހީތެރިކަން ބޭނުންވާ ވަގުތެއް ކަމަށާއި، އެގައުމުގެ ސަލާމަތާއި އަމަން އަމާންކަން ދެމެހެއްޓުމަށް ބޭރުގެ ސިފައިންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އެއީ ގައުމުގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށް ބުނެފައިވެއެވެ.

އެމެރިކާގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވަނީ ހެއިޓީއަށް އެމެރިކާގެ ސިފައިން ފޮނުވުމުގެ ވިސްނުން މިވަގުތު ނެތް ކަމަށެވެ. ނަމަވެސް މި ހާދިސާ ތަހުގީގުކުރުމުގައި އެހީވުމަށް އެފްބީއައި އާއި ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމެންޓުގެ އޮފިޝަލުން ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ހެއިޓީން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ބޮއްޗިޓު އެޑްމޮންޑް ވިދާޅުވީ ރައީސް އަވަހާރަކޮށްލި މީހުންނަކީ ބޭރުގެ ސިފައިން ކަމަށް ބެލެވޭ ކަމަށާއި، އެމީހުންނަށް ހެއިޓީގެ އާންމުންގެ ތެރެއިން ބައެއްގެ އެހީތެރިކަން ލިބިފައިވާ ކަމަށެވެ. ސަފީރު މިކަމާ ބެހޭ އިތުރު މައުލޫމާތު ހާމައެއް ނުކުރައްވައެވެ.

ހެއިޓީގެ ރައީސް އަވަހާރަކޮށްލުމާއެކު އެގައުމުގައި ވެރިކަމުގެ ބާރުތަކާމެދު ވެސް ވަނީ ނުތަނަވަސްކަން އުފެދިއެވެ. ގާނޫނު ހަދާ މަޖިލިސް ހުއްޓުމަކަށް އައިސްފައިވާއިރު، އެ ގައުމުގެ ބޮޑުވަޒީރުކަމަށް ދެ މީހަކު ގެންދަނީ ދައުވާ ކުރަމުންނެވެ.

ގާނޫނުގައި ބުނާ ގޮތުން، ރައީސެއް ނެތް ހާލަތެއްގައި ގައުމުގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވާނީ ސުޕްރީމް ކޯޓުގެ ރައީސެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ރައީސް ވަނީ ކޮވިޑްގައި ނިޔާވެފައެވެ.

މުއީސް އަވަހާރަކޮށްލި ހަމަލާއާ ގުޅިގެން މިހާތަނަށް 17 މީހަކު ހައްޔަރުކޮށްފައިވެއެވެ. އަދި އެ މައްސަލައިގައި ތުހުމަތު ކުރެވޭ ބަޔަކާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުމެއްގައި ތިން މީހަކު މަރުވެފައިވާއިރު، އިތުރު 8 މީހަކު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ހެއިޓީގެ ފުލުހުން ބުނެފައިވާ ގޮތުގައި މި ހަމަލާ ދިނުމުގައި ބޭރުގެ 28 ކުލީ ސިފައިން އަމަލީ ގޮތުން ބައިވެރިވެފައިވެއެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
12 ޖެނުއަރީ 2017

ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު

12 ޖެނުއަރީ 2017
ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު
12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު