Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއުރީދޫ ފިކްސްޑް ލައިންގެ ޚިދުމަތް

އުރީދޫ ސުޕަނެޓުން މިހާރު ފިކްސްޑް ލައިންގެ ޚިދުމަތް

9 ޖުލައި 2021 | ހުކުރު 07:20

މި ޚިދުމަތް ތައާރަފުކުރީ ގެއިން އޮޕަރޭޓްކުރާ ވިޔަފާރިތަކަށް ހާއްސަ "ބްރޭންޑެޑް" ނަންބަރެއް ދިނުމުގެ ގޮތުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 9 ޖުލައި 2021 | ހުކުރު 07:20
އުރީދޫގެ އޮފީސް

އުރީދޫގެ އޮފީސް

އުރީދޫ ސުޕަނެޓުން، ކަސްޓަމަރުންނަށް ފިކްސްޑް ލައިންގެ ޚިދުމަތް މިހާރު ލިބޭނެއެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އުރީދޫގެ ޗީފް ކޮމަރޝަލް އޮފިސަރ ހުސެން ނިޔާޒު ވިދާޅުވީ އިންޓަނެޓްގެ އަގުތަކަށް ބަދަލުގެނައުމަށް ސަރުކާރުން އިސްނަގައިގެން ކުރެވުނު މަސައްކަތުގެ ދަށުން އުރީދުން ފޯރުކޮށްދެމުން އަންނަ ޚިދުމަތްތައް ފުޅާކުރުމަށް އިތުރު ޚިދުމަތްތައް ތައާރަފުކޮށްފައިވާނެ ކަމަށެވެ. އެގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ މުއާސަލާތީ ޚިދުމަތްތައް ފެށިގެން އައި އިރު، ދެމުންދިޔަ ފިކްސްޑް ލައިންގެ ޚިދުމަތް މިިހާރު އުރީދޫގެ ސުޕަނެޓް މެދުވެރިކޮށް ލިބޭނެ އިންތިޒާމުތައް ހަމަޖައްސައި ތައާރަފުކޮށްފައިވާނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ވަރަށް ގިނަ ވިޔަފާރިތައް ގެއިން އޮޕަރޭޓްކުރާ ކަމަށާއި އެ ވިޔަފާރިތަކަށް ހާއްސަ "ބްރޭންޑެޑް" ނަންބަރެއް ބޭނުންވާކަމަށެވެ. އެހެންކަމުން ފިކްސްޑް ލައިންގެ ޚިދުމަތް މިހާރު ވަރަށް މުހިންމުވެފައިވާކަމަށް ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ މި ޚިދުމަތަކީ ވަރަށް ފަސޭހައިން ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ޚިދުމަތެއް ކަމަށެވެ. އެގޮތުން ލޭންޑް ލައިންގެ ގޮތުގައި ބޭނުންކުރާނެ ފޯނެއް ކަނޑައަޅައި އުރީދޫގެ ސުޕަނެޓް މޮޑެމްއަށް ކަނެކްޓްކޮށް ފިކްސްޑް ލައިންގެ ޚިދުމަތަށް އެދުމުން އެޚިދުމަތް އެކްޓިވޭޓް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. ފިކްސްޑް ލައިންގެ ނަންބަރުތަކުގެ ގޮތުގައި ދޫކުރެވޭނީ 400ން ފެށޭ ނަންބަރުތައް ކަމަށާއި ޚިދުމަތް އެކްޓިވޭޓްކުރުމުން އެފަދަ ނަންބަރެއް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ. ނިޔާޒު ވަނީ ބޭނުންވާ ނަންބަރު އިހުތިޔާރުކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެކަން ފާހަގަކުރައްވާފައެވެ.

އުރީދޫގެ ފިކްސްޑް ލައިންގެ ޚިދުމަތަށް ވަކި ސަރވިސް ޗާޖެއް ނުނަގާނެއެވެ. ކޯލްތަކަށް ޗާޖު ނަގާއިރު، ކޯލްތަކަށް ނަގާ ޗާޖު ހިމެނޭނީ ސުޕަނެޓް ބިލްގައެވެ.

އުރީދޫ މޯލްޑިވްސްގެ ފިކްސްޑް ބްރޯޑްބޭންޑް އަދި ސުޕަރނެޓްގެ ޚިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، ދާދި ފަހުން ވަނީ އުރީދޫ ސުޕަރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 100 އިންސައްތާއާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑް ލިބިގެންދާ ގޮތަށް މިހާރު ވަނީ ހަދާފައެވެ. އަދި ސުޕަރނެޓް ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށް ޑޭޓާ ރޯލް އޯވަރގެ ޚިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާއާ އެއްވެގެންދާނެ އިންތިޒާމުތައް ވެސް މިހާރު އުރީދޫން ވަނީ ހަމަޖައްސާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

21 މާރިޗު 2017

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި
10 މާރިޗު 2017

ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި

10 މާރިޗު 2017
ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި
28 ފެބުރުއަރީ 2017

އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ

28 ފެބުރުއަރީ 2017
އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ
21 ފެބުރުއަރީ 2017

މިހާރު ކޭޝްކާޑު ޓެކްސީތަކުގައި ވެސް ބޭނުންކުރެވޭ

21 ފެބުރުއަރީ 2017
މިހާރު ކޭޝްކާޑު ޓެކްސީތަކުގައި ވެސް ބޭނުންކުރެވޭ
20 ފެބުރުއަރީ 2017

މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

20 ފެބުރުއަރީ 2017
މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި
08 ފެބުރުއަރީ 2017

އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި

08 ފެބުރުއަރީ 2017
އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި
02 ފެބުރުއަރީ 2017

އުރީދޫ ކަސްޓަމަރުންނާއި ތަޖުރިބާކާރުން ގުޅުވާލަދޭ ވަސީލަތެއް ތަޢާރަފް ކޮށްފި

02 ފެބުރުއަރީ 2017
އުރީދޫ ކަސްޓަމަރުންނާއި ތަޖުރިބާކާރުން ގުޅުވާލަދޭ ވަސީލަތެއް ތަޢާރަފް ކޮށްފި
10 ޖެނުއަރީ 2017

75 ޕަސެންޓް ރަށަށް އުރީދޫގެ G4 ނެޓްވާކް ފުޅާކޮށްފި

10 ޖެނުއަރީ 2017
75 ޕަސެންޓް ރަށަށް އުރީދޫގެ G4 ނެޓްވާކް ފުޅާކޮށްފި
07 ޖެނުއަރީ 2017

އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެއްޖެ

07 ޖެނުއަރީ 2017
އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެއްޖެ
06 ޖެނުއަރީ 2017

ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި

06 ޖެނުއަރީ 2017
ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް