Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހައިޓީގެ ރައީސް އަވަހާރަކޮށްލުން

ހައިޓީގެ ރައީސް އަވަހާރަކޮށްލުން: ތުހުމަތުކުރެވޭ 4 މީހަކު މަރާލައިފި

4 މީހަކު މަރާލާފައިވާ އިރު، ތުހުމަތު ކުރެވޭ 2 މީހަކު ވަނީ ހައްޔަރުކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 ޖުލައި 2021 | ބުރާސްފަތި 18:55
ހައިޓީގެ ރައީސް ޖޮވެނެލް މުއީސް- މުއީސް އަވަހާރަވުމުން ގައުމު ހިންގާނެ ފަރާތެއް ނެތި ހައިޓީ ވަނީ ހުއްޓުމަކަށް އައިސްފައި

ހައިޓީގެ ރައީސް ޖޮވެނެލް މުއީސް- މުއީސް އަވަހާރަވުމުން ގައުމު ހިންގާނެ ފަރާތެއް ނެތި ހައިޓީ ވަނީ ހުއްޓުމަކަށް އައިސްފައި

ހައިޓީގެ ރައީސް ޖޮވެނެލް މުއީސް އަވަހާރަކޮށްލި މައްސަލައިގައި ތުހުމަތު ކުރެވޭ 4 މީހަކު މަރާލައިފިއެވެ.

އޮފިޝަލުންނާއި ހަވާލާދީ ސީއެންއެންގައި ބުނެފައިވަނީ ބުދަ ދުވަހުގެރޭ ހިނގި ހާދިސާއާއި ގުޅިގެން އެކަމުގައި ތުހުމަތު ކުރެވޭ 4 މީހަކު، އެގައުމުގެ ސިފައިން މަރާލާފައިވާ ކަމަށެވެ. މީގެ އިތުރުން އިތުރު 2 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

ހައިޓީން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ބޮއްޗިޓު އެޑްމޮންޑް ވިދާޅުވީ ރައީސް އަވަހާރަކޮށްލި މީހުންނަކީ ބޭރުގެ ސިފައިން ކަމަށް ބެލެވޭ ކަމަށާއި، އެމީހުންނަށް ހައިޓީގެ އާންމުންގެ ތެރެއިން ބައެއްގެ އެހީތެރިކަން ލިބިފައިވާ ކަމަށެވެ. ސަފީރު މި ކަމާބެހޭ އިތުރު މައުލޫމާތު ހާމައެއް ނުކުރެއްވިއެވެ.

މޮއިސެސް އަވަހާރަކޮށްލާފައިވަނީ އެގައުމުގައި ސިޔާސީ ހަމަނުޖެހުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އެގައުމުގެ ވެރިކަން ކުރާ ރަށުގައި ބޮޑެތި ހަމަނުޖެހުންތަކެއް އުފެދިފައިވާ އިރު، މި ހަމަނުޖެހުންތަކުގައި އެތައް ބަޔަކު ވަނީ މަރުވެފައެވެ. ސިޔާސީ ހަލަބޮލިކަމުގެ އިތުރުން، އިންސާނީ ކާރިސާއާއި، އަދި ކޮވިޑްގެ އާލަމީ ވަބާގެ ސަބަބުންވެސް އެގައުމަށް އައީ އިތުރު ހަމަނުޖެހުންތަކާއި އުނދަގޫތަކެއް ކުރިމަތިވަމުންނެވެ.

ހައިޓީގެ ރައީސް އަވަހާރަކޮށްލުމާއެކު އެގައުމުގައި ވެރިކަމުގެ ބާރުތަކާމެދުވެސް ވަނީ ނުތަނަވަސްކަން އުފެދިއެވެ. އެގައުމުގެ ގާނޫނު ހަދާ މަޖިލިސް ހުއްޓުމަކަށް އައިސްފައިވާއިރު، ގައުމުގެ ބޮޑުވަޒީރުކަމާމެދު ދެ މީހަކު ގެންދަނީ ދައުވާ ކުރަމުންނެވެ.

އެގައުމުގެ ގާނޫނުގައި ބުނާ ގޮތުން، ރައީސް ނެތް ހާލަތެއްގައި ގައުމުގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވާނީ ސުޕްރީމް ކޯޓުގެ ރައީސެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ރައީސް ވަނީ ކޮވިޑްގައި އަވަހާރަވެފައެވެ.

ހައިޓީގެ ވަގުތީ ބޮޑުވަޒީރު ކްލޯޑް ޖޯސެފް ވަނީ ގައުމު ހުއްޓުމަކަށް އައިސްވައިވާކަން އިއުލާން ކުރައްވާފައެވެ. އަދި މިއާއެކު ގައުމުގެ ބޯޑަރު ބަންދުކޮށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމަވާފައެވެ.

ނަމަވެސް ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ގާނޫނު ހަދާ މަޖިލީހުން އަދި ޖޯސެފް ބަލައިގަނެފައި ނުވެއެވެ. މިދިޔަ އަހަރުން ފެށިގެން ގާނޫނު ހަދާ މަޖިލިސް އެގައުމުގައި ބާއްވާފައި ނުވެއެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު