Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންކުއަރީ ރިޕޯޓް ފާސްކުރުމަށް ބާއްވާ ޖަލްސާ

އިންކުއަރީ ރިޕޯޓް ފާސްކުރުމަށް މިރޭ 8 ޖަހާއިރު ޖަލްސާއެއް ބާއްވަނީ

މިއީ ދައުރުގެ ފަހު ޖަލްސާ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 ޖުލައި 2021 | ބުރާސްފަތި 13:17
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މެއި 6ވަނަ ދުވަހު ދިން ހަމަލާއާ ގުޅިގެން ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވާލި އިންކުއަރީ ރިޕޯޓް ފާސްކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ 8 ޖަހާއިރު ޖަލްސާއެއް ބޭއްވުމަށް އެޖެންޑާކޮށްފިއެވެ.

ދައުރުގެ ފަހު ޖަލްސާއަށް މިޖަލްސާ ވެގެންދާއިރު މިޖަލްސާއަށް އެޖެންޑާކޮށްފައިވަނީވެސް މިމަސައްކަތް އެކަންޏެވެ. އިންކުއަރީ ރިޕޯޓް ކޮމިޓީން ހުށަހަޅުމަށްފަހު ރިޕޯޓަށް މެމްބަރުން ބަހުސްކުރައްވާނެއެވެ. އެއަށްފަހު ރިޕޯޓް ފާސްކުރުމަށް ވޯޓަށް އަހާނެއެވެ.

Advertisement - newsAdvertisement

އިންކުއަރީ ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ފަށާފައިވަނީ މެއި މަހުގެ 17 ވަނަ ދުވަހު ބޭއްވި ޖަލްސާގައި މިއިންކުއަރީ ކުރިޔަށް ގެންދިޔުމަށް މުޅި މަޖިލިސް އިގުރާރުވުމާއި ގުޅިގެންނެވެ. އެއާއެކު ކޮމިޓީން އިންކުއަރީގެ މަސައްކަތް ފަށާފައިވާއިރު އިންކުއަރީ ރިޕޯޓް ފާސްކޮށްފައިވަނީ ޖުލައި މަހުގެ 7 ވަނަ ދުވަހުގެ ރޭ ބޭއްވި އެކޮމިޓީގެ ބައްދަލުވުމުގައެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 13 މެމްބަރުންގެ އިއްތިފާގުން މިރިޕޯޓް ވަނީ ފާސްކޮށްފައެވެ.

މި އިންކުއަރީގެ ތެރޭގައި ހިމެނޭ މައިގަނޑު ކަންކަމަކީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާއާ ގުޅޭ އެއްވެސް މައުލޫމާތެއް އޭގެ ކުރިން ސަލާމަތީ ޚިދުމަތްތަކާއި ދައުލަތުގެ އިދާރާތަކަށް ލިބިފައިވޭތޯ ދެނެގަތުމެވެ. އަދި ސަލާމަތީ ބާރުތަކުން ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް އެ ޚިދުމަތް ފޯރުކޮށްދިނުމުގައި ކަނޑައެޅިފައިވާ މިންގަނޑު ތަކަކީ ކޮބައިތޯ ދެނެގަތުން ވެސް މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ. އޭގެ އިތުރުން، ސަލާމަތީ ބާރުތަކުން ރައީސް ނަޝީދަށް ހިމާޔަތް ފޯރުކޮށްދިނުމުގައި އަމަލުކުރަމުން ދިޔަ ގޮތް ބެލުމާއި، ފައިނޭންސް އިންޓެލިޖެންސްގެ މައުލޫމާތު އެއްކުރާ ގޮތާއި މައުލޫމާތު ލިބުމުން އަމަލު ކުރާ ގޮތް ދެނެގަތުމާއި، ޤާނޫނީ އޮނިގަނޑާ އެއްގޮތަށް އަމަލު ކުރަމުންދާ މިންވަރު ދެނެގަތުން ވެސް ހިމެނެއެވެ.

އިންކުއަރީގައި ފުލުހުންނާއި ސިފައިންގެ އެކި ލެވެލްތަކުގެ އޮފިސަރުންނާއި އެކި މިނިސްޓަރުންނާއިވެސް ސުވާލުކޮށްފައެވެ.

ޖުމްލަ 236 ސަފްހާ ހަމައެކަނި ރިޕޯޓްގައި ހިމެނޭއިރު ފެށުމާއި، ތަޢާރަފް އާއި މަގްސަދުތައް މި ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ. މިއީ ގައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތު ހިމެނޭ ރިޕޯޓަކަށް ވާތީ މި ރިޕޯޓްގެ ބައެއް މައުލޫމާތުތަކީ ސިއްރުކޮށްފައިވާ މައުލޫމާތުތަކެވެ. އެހެންނަމަވެސް އިންކުއަރީ ރިޕޯޓްގެ ފުރިހަމަ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރަށް އަރުވާނެކަމަށް އަސްލަމް ވިދާޅުވިއެވެ. މިހާރު ހިނގަމުންދާ ތަހުގީގާ ގުޅޭ މައުލޫމާތާއި ސީދާ ބައެއް ފަރާތްތަކުގެ ނަންތައް ހިމެނޭތީ އާންމުކުރާ ރިޕޯޓްގައި އެތަންތަން ހުންނާނީ އުނިކުރެވިފައެވެ. ނަމަވެސް އެމައުލޫމާތުތައް އުނިކުރެވޭ ސަބަބު ބަޔާންކޮށްފައިވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ރިޕޯޓްގެ 9 ވަނަ ބައިގައި ރައީސް ނަޝީދަށް ހަމަލާދިން ގޮތް ބަޔާންކޮށްފައިވާއިރު ރައީސް ނަޝީދުގެ ޕްރޮފައިލް އަދި ތްރެޓް ހިސްޓްރީ ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން ރައީސް ނަޝީދަށް ހަމަލާދިން ވަގުތު ކަންކަން ހިނގައިދިޔަ ގޮތާއި ލިބިވަޑައިގެންނެވި ޒަޚަމްތައް ވެސް ރިޕޯޓްގައި ހިމަނާފައިވެއެވެ. އަދި ހަމަލާދިނުމުގެ ކުރީގައި ކަންކަން ހިނގާފައިވާ ގޮތާއި އޭގެ ފަހުން ކަންކަން ހިނގާދިޔަ ގޮތްވެސްވެއެވެ. ހަމަލާދިނުމުގެ ކުރިން ހިނގާދިޔަ ކަންކަމުގެ ގޮތުގައި ފަސް ކަމެއް ފާހަގަކޮށްފައިވާއިރު ހަމަލާދިނުމަށްފަހު ކަންކަން ހިނގާދިޔަ ގޮތުގެ 19 ކަމަކަށް އިންކުއަރީގައި ބަލާފައިވެއެވެ.

މީގެއިތުރުން އޭޑީކޭ ހޮސްޕިޓަލްގެ ސެކިޔުރިޓީ ކަންކަމާއި ހޮސްޕިޓަލުގެ ފާހާނާއިން ފެނުނު ފިސްތޯލައާ ގުޅޭގޮތުން 4 ކަމެއް ފާހަގަކޮށްފައިވެއެވެ. އަދި ރައީސް ނަޝީދަށް ސެކިޔުރިޓީ ދޭގޮތާއި ހަމަޖެހިފައިވާ އުސޫލާއި އެ އުސޫލުން ސެކިޔުރިޓީ ފޯރުކޮށްދޭތޯ އިންކުއަރީން ބަލައި އެކަންކަން ވަނީ ރިޕޯޓްގައި ހިމަނާފައެވެ. އެގޮތުން ގޭގައި އުޅުއްވާ ގަޑިތަކާއި ކަނޑުމަތީގައާއި މަގުމަތީގައި އުޅުއްވާ ގަޑިތަކުގެ އިތުރުން ވައިގެ މަގުން ދަތުރުކުރައްވާއިރު ސެކިޔުރިޓީ ފޯރުކޮށްދޭގޮތް ވަނީ ބަލާފައެވެ. މީގެއިތުރުން ރައީސް ނަޝީދުގެ ތްރެޓް ޕްރޮފައިލް އާއި ރައީސް ނަޝީދަށް ސެކިޔުރިޓީ ދޭ ޓީމުގެ ތަޖުރިބާ އާއި ތަމްރީންތަކަށް ބަލާފައިވެއެވެ. އަދި އެސްއޯޕީތަކަށް ފޮލޯކޮށްފައިވޭތޯ އާއި އެކަމާ ގުޅޭ ހޯދުންތައް ރިޕޯޓްގައި ހިމަނާފައިވެއެވެ. މައިގަނޑު 20 ކަމެއް ހިމަނާފައިވާއިރު ރިކޮމެންޑޭޝަންގެ ގޮތުގައި 45 ކަމެއް ވަނީ ހިމަނާފައެވެ. މީގެތެރޭގައި ރައީސް ނަޝީދުގެ ސެކިޔުރިޓީއާ ގުޅިގެން ވަކި ރިކޮމެންޑޭޝަންތަކެއް ވަނީ ހިމަނާފައެވެ.

އިތުރަށް ކިޔާލަން

09 މާރިޗު 2017

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ރިޕޯޓް އަންނަ މަހު ނެރޭނަން: އޭސީސީ

09 މާރިޗު 2017
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ރިޕޯޓް އަންނަ މަހު ނެރޭނަން: އޭސީސީ
07 މާރިޗު 2017

އެމްޑީޕީ ހަރުގެ ބަލާ ފާސްކުރުމަށްފަހު، ގިނަ އަދަދެއްގެ ބެނާތަކެއް ގެންގޮސްފި

07 މާރިޗު 2017
އެމްޑީޕީ ހަރުގެ ބަލާ ފާސްކުރުމަށްފަހު، ގިނަ އަދަދެއްގެ ބެނާތަކެއް ގެންގޮސްފި
01 މާރިޗު 2017

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ
05 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު