Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ241 ކޮމިޓީން ކުރިޔަށްގެންދާ އިންކުއަރީ

241 ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީގެ ފުރިހަމަ ރިޕޯޓާ ގުޅޭ މައުލޫމާތު މެންބަރުންނާ ހިއްސާކޮށްފި

7 ޖުލައި 2021 | ބުދަ 15:09

241 ކޮމިޓީން އިންކުއަރީ ފަށާފައިވަނީ މެއި މަހުގެ 24 ވަނަ ދުވަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 ޖުލައި 2021 | ބުދަ 15:09
241 ކޮމިޓީން މެމްބަރުންނާ ބައްދަލުކުރައްވަނީ

241 ކޮމިޓީން މެމްބަރުންނާ ބައްދަލުކުރައްވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީގެ ފުރިހަމަ ރިޕޯޓާ ގުޅޭ މައުލޫމާތު, ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ހިއްސާކޮށްފިއެވެ.

241 ކޮމިޓީން އިންކުއަރީ ފަށާފައިވަނީ މެއި މަހުގެ 24 ވަނަ ދުވަހުއެވެ. ކޮމިޓީން މަސައްކަތްކުރަމުންދިޔައީ ޖޫން މަސް ނިމެންވާއިރަށް އިންކުއަރީ ނިންމާލުމަށެވެ. ނަމަވެސް މަސައްކަތްތައް އަވަސްއަރުވާލައިގެން ރިޕޯޓު އާއްމުކުރުމަކީ މަގުސަދު ނޫން ކަމަށް ކޮމިޓީގެ މުޤައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުޙައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ. ކޮމިޓީން މިހާރު މަސައްކަތްކުރަމުން އަންނަނީ ޖުލައި މަހުގެ 8 ވަނަ ދުވަހު ރިޕޯޓް އާންމުކުރުމަށެވެ.

Advertisement - newsAdvertisement

އެގޮތުގެ މަތިން ކޮމިޓީގެ ފުރިހަމަ ރިޕޯޓާ ގުޅޭ މައުލޫމާތު މެމްބަރުންނާ ހިއްސާކުރުމަށް ކޮމިޓީން މެމްބަރުންނާ ބައްދަލުކޮށްފައިވާއިރު، ބުދަ ދުވަހުގެ ރޭ 9 ޖަހާއިރު މިރިޕޯޓް ފާސްކުރުމަށް ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަސްލަމް ވިދާޅުވެފައިވަނީ މަޝްވަރާގެ ތެރެއިން ރިޕޯޓު އާންމު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި ރިޕޯޓު އާންމުކުރާނީ މެމްބަރުން ހުށަހަޅާ ޚިޔާލުފުޅުތަކުގެ މައްޗަށް ބިނާ ކުރުމަށްފަހު ކަަމަށެވެ. ނަމަވެސް ރިޕޯޓުގައި މާބޮޑު ޚިލާފެއް އުޅޭނެކަމަށް ލަފާނުކުރެވޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މަސައްކަތް ކުރަމުންދަނީ ފުރިހަމަ ރިޕޯޓެއް ނެރުމަށްކަން ފާހަގަކުރައްވައި، ކޮމެޓީގެ ބައްދަލުވުންތައް ސިއްރުކުރިކަމުގައިވީ ނަމަވެސް ރިޕޯޓު އާއްމުކުރާނެ ކަމުގެ ޔަގީންކަން އަސްލަމް ވަނީ ދެއްވާފައެވެ.

މީގެ އިތުރުން، ރިޕޯޓް އެކުލަވާލާއިރު ހާމަނުކުރެވޭނެ ބައެއް މައުލޫމާތުތައް ހުންނާނެކަމަށާއި އެފަދަ މައުލޫމާތުތައް ހާމަކުރުމުގައި އަމަލުކުރާނެ ގޮތަކާމެދު ކޮމިޓީގައި މަޝްވަރާތައް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. ނުހިމަނާ މައުލޫމާތު ނުހިމަނާ އޮތީ ކީއްވެތޯ ރިޕޯޓްގައި ބަޔާންކުރާނެ ކަމަށާއި، ކޮމިޓީގެ ރޫހު ހުރީ ހާމަކުރެވެން ހުރި ހުރިހާ މައުލޫމާތެއް ހާމަކުރުމަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.

241 ކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީގައި 50ށް ވުރެ ގިނަ ބޭފުޅުން ހާޒިރުކޮށްގެން ސުވާލުކޮށްފައިވެއެވެ. މީގެ ތެރޭގައި ފުލުހުންނާއި ސިފައިންގެ އިސްވެރިންގެ އިތުރުން އެކިއެކި އޮފިސަރުންނާއި މިނިސްޓަރުން ވެސް ހިމެނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް