Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް

މި މަހު ފަހުކޮޅު ތިންވަނަ ޑިވިޝަން ފެށޭތޯ މަސައްކަތްކުރަނީ

7 ޖުލައި 2021 | ބުދަ 14:07

ތިންވަނަ ޑިވިޝަން މެދުކަނޑާލީ މެއި މަހުގެ ތިންވަނަ ދުވަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 7 ޖުލައި 2021 | ބުދަ 14:07
ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މީގެ ކުރިން ކުޅުނު މެޗެއްގެ ތެރެއިން

ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މީގެ ކުރިން ކުޅުނު މެޗެއްގެ ތެރެއިން

މެދުކަނޑާލާފައިވާ މި އަހަރުގެ ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް މި މަހު ފަހުކޮޅު ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

މިދިޔަ މެއި މަހުގެ ތިންވަނަ ދުވަހު އެފްއޭއެމުން ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއުލާންކުރި ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުން ތިންވަނަ ޑިވިޝަން މެދުކަނޑާލާފައެވެ. އެކަމަކު ބުދަ ދުވަހު އެޗްޕީއޭއިން ވަނީ ފިޔަވަޅުތަކަށް ލުއިދިނުމުގެ ގޮތުން މާލޭގައި ކުޅިވަރުތައް ކުޅެން ހުއްދަދީފައެވެ. އެއާއެކު ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ކުޅުންތެރިން ފަރިތަކުރަން މިހާރު ވަނީ ފުރުސަތު ލިބިފައެވެ.

ބުދަ ދުވަހު ރާއްޖޭގެ އޮންލައިން ނޫސް "އަދަދު" އަށް މައުލޫމާތުދެއްވަމުން އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވަނީ ހާއްސަ އުސޫލެއްގެ ދަށުން ތިންވަނަ ޑިވިޝަން ޓީމުތަކަށް ފަރިތަކުރުމުގެ ފުރުސަތު މިހާރު އެބައޮތް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މުބާރާތް ބޭއްވުމުގެ ހުއްދަ އަދި ނެތް ކަމަށާއި، އެކަމަކު މިހާރު މި އޮތް ގޮތަށް ކުރިއަށްދާނަމަ އީދު ބަންދު ފަހުން މި މަހު ފަހުކޮޅު މުބާރާތް އަލުން ފެށޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

މި އަހަރުގެ ތިންވަނަ ޑިވިޝަން މެދުކަނޑާލާފައިވާއިރު، މި މުބާރާތުގެ ކުޅުން ފަށާފައިވަނީ އޭޕްރީލް މަހުގެ 12 ވަނަ ދުވަހުއެވެ. އެ ފަހަރު މުބާރާތުގެ ކުޅުން ފަށާފައިވަނީ ތިން ފަހަރެއްގެ މަތިން މުބާރާތް ފަސްކުރުމަށްފަހުއެވެ. އެގޮތުން އެންމެ ފުރަތަމަ މި މުބާރާތް ފެށުމަށް އެފްއޭއެމުން ތާވަލުކުރީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. އެކަމަކު ފަހުން މި މުބާރާތް ފެށުން އެ މަހުގެ ހަތަރުވަނަ ދުވަހަށް ތާވަލުކުރިއިރު، އަނެއްކާވެސް އެ މަހުގެ 10 ވަނަ ދުވަހަށްވެސް މުބާރާތް ފެށުން ފަސްކުރިއެވެ. ނަމަވެސް ކޮވިޑާ ގުޅިގެން މުބާރާތް ފެށުން ވަރަށް ބޮޑަށް ލަސްވެގެންދިޔައެވެ.

މީގެ ކުރިން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މި ފަހަރުގެ ތިންވަނަ ޑިވިޝަނުގައި މިހާރު ބާކީ އޮތީ މަދު މެޗުތަކެއް ކަމަށާއި، އެހެންކަމުން އެ މުބާރާތް ނިންމަން މަޖުބޫރު ކަމަށެވެ. އެހެންކަމުން ތިންވަނަ ޑިވިޝަން ނިންމާލެވޭނީ ކޮން އިރަކުތޯ ނުވަތަ ފެއްޓޭނީ ކިހާ ހިސާބަކުތޯ ބަލަން ޖެހޭ ކަމަށާއި، އަދި މި މުބާރާތް ނިންމުން މަޖުބޫރުވާ ސަބަބަކީ ދެވަނަ ޑިވިޝަނަށް ޕްރޮމޯޓްވާނެ ޓީމުތައް ކަނޑައެޅިގެންދާނީ ތިންވަނަ ޑިވިޝަނުން ކަމަށްވާތީ ކަމަށްވެސް ވިދާޅުވިއެވެ.

މި ފަހަރުގެ ތިންވަނަ ޑިވިޝަން މެދުކަނޑާލިއިރު، މި މުބާރާތުގައި 14 ޓީމެއް އައީ ވާދަކުރަމުންނެވެ. އަދި މިހާތަނަށް މި މުބާރާތުގައި ވަނީ 12 މެޗު ކުޅެފައެވެ.

ތިންވަނަ ޑިވިޝަން ނިންމަން މަޖުބޫރުކަމަށް ބައްސާމް ވިދާޅުވިއިރު، ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މީގެ ކުރިން އެފްއޭއެމުން ވަނީ މި ފަހަރުގެ ފުޓްބޯޅަ ސީޒަން އަވަހަށް ނިންމާލާފައެވެ. އެ ގޮތުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރާ ހަމައިން ލީގު ނިންމާލިއިރު، އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ނުބާއްވަންވެސް ވަނީ ނިންމާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް