Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެކްސިން ޕްރޮގްރާމް

ހޯމަ ދުވަހު 5،000ށް ވުރެ ގިނަ މީހުން ވެކްސިން ޖަހައިފި

ހޯމަ ދުވަހު އެކަނި 4982 މީހަކު ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 ޖުލައި 2021 | ބުދަ 02:06
ކޮވިޝީލް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް މިހާރު ވަނީ ހުޅުވާލާފައި

ކޮވިޝީލް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް މިހާރު ވަނީ ހުޅުވާލާފައި

ދެވަނަ ޑޯޒް ޖަހަން ފެށި މީހުންގެ އަދަދު އިތުރުވެ ހޯމަ ދުވަހު އެކަނިވެސް 4982 މީހަކު ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ) އިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން، ހޯމަ ދުވަހު 4982 މީހަކު ވެކްސިން ފުރިހަމަކޮށްފައިވާ އިރު، މާލެ ސަރަހައްދުން ދެވަނަ ޑޯޒް ޖެހީ 4174 މީހެކެވެ. އަދި އަތޮޅު ތެރެއިން 808 މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. މިއާއެކު ރާއްޖޭގައި ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު ވަނީ 199،784ށް އަރާފައެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހު 151 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 33 މީހުންނާއި، އަތޮޅުތެރެއިން ވެކްސިން ޖެހި 118 މީހުންނެވެ. މިއާއެކު ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 317،549ށް އަރާފައެވެ.

އެޗްޕީއޭއިން ބުނީ ސިނޮފަރމްގެ ފުރަތަމަ އަދި ދެވަނަ ޑޯޒް ޖެހުމުގެ ކަންކަން ބުދަ ދުވަހު ވެސް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން ސެނަހިޔާ އަދި ޓްރީޓޮޕް ހޮސްޕިޓަލުން ހެނދުނު 9:00ން 11:00ށް ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްދާނެ ކަމަށެވެ.

މީގެ އިތުރުން ކޮވިޝީލް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް އެޕޮއިންޓްމެންޓަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ފެބްރުއަރީ އަދި މާޗް މަހު މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުން އެޕޮއިންޓްމަންޓަށް އެދުމަށް ވަނީ އެދިފައެވެ.

ކޮވިޑް-19 ވެކްސިންކޮވިޝީލްޑް ވެކްސިންކޮވިޑް-19 ވެކްސިން ޖެހުމުގެ ގައުމީ ޕްރޮގްރާމް

އިތުރަށް ކިޔާލަން

13 ސެޕްޓެމްބަރު 2025

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ
19 އޯގަސްޓު 2025

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

19 އޯގަސްޓު 2025
ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި
21 ނޮވެމްބަރު 2022

ކޮވިޑް-19 ވެކްސިންގެ ދެވަނަ ބޫސްޓަރ ޑޯޒް 1391 މީހުން ޖަހައިފި

21 ނޮވެމްބަރު 2022
ކޮވިޑް-19 ވެކްސިންގެ ދެވަނަ ބޫސްޓަރ ޑޯޒް 1391 މީހުން ޖަހައިފި
07 ނޮވެމްބަރު 2022

1381 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި

07 ނޮވެމްބަރު 2022
1381 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި
24 އޮކްޓޯބަރު 2022

1366 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި

24 އޮކްޓޯބަރު 2022
1366 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު