Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުޅަނގު މޫސުން

ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރިއަށް އޮތް 4 ދުވަހު މޫސުން ގޯސްވާނެ - މޫސުމާބެހޭ ގައުމީ އިދާރާ

6 ޖުލައި 2021 | އަންގާރަ 18:46

ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ވައިގަދަވެ ކަނޑުތައް ގަދަވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 ޖުލައި 2021 | އަންގާރަ 18:46
މާދަމާއިން ފެށިގެން ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނޭ

މާދަމާއިން ފެށިގެން ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނޭ

ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރިއަށް އޮތް 4 ދުވަހު މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

އެ އިދާރާއިން ބުނީ ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް 4 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ. އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބެލެވޭއިރު ވިލާގަނޑުގައިގަޑިއަކު 50 މޭލާ 60 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވާނެކަމަށް ލަފާކުރެއެވެ. އަދި ކަނޑުތައް ގަދަވެ ރާޅު ބޮޑުވުމުގެ ސަބަބުން ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން ވެސް އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

Advertisement - newsAdvertisement

އަދި ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން، ވަކިން ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ދަންނަވާ ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑި އިރު ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާ އިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވެއެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށްފައިވެއެވެ.

މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 08 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެން ވެއެވެ.

މީގެ އިތުރުން އުތުރާއި މެދުރާއްޖެތެރޭގައި ކަނޑުތައް ގަދަވާނެކަމަށާއި، އަދި ދެކުނުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ. ރާޅުގެ އުސްމިނުގައި 3-6 ފޫޓު ހުންނާނެ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.

މޫސުންމޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސަސްމެޓް އޮފީސް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

28 ނޮވެމްބަރު 2025

ތޫފާން "ޑިޓުވާ" ދަތުރު ކުރަމުން ދަނީ ރާއްޖެއާ ދުރަށް، އެކަމަކު ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ

28 ނޮވެމްބަރު 2025
ތޫފާން "ޑިޓުވާ" ދަތުރު ކުރަމުން ދަނީ ރާއްޖެއާ ދުރަށް، އެކަމަކު ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ
27 ނޮވެމްބަރު 2025

މުޅި ރާއްޖޭގެ މޫސުން ގޯސް، ބުދަ ދުވަހު އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ އަށް

27 ނޮވެމްބަރު 2025
މުޅި ރާއްޖޭގެ މޫސުން ގޯސް، ބުދަ ދުވަހު އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ އަށް
23 އޮކްޓޯބަރު 2025

ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވަރަށް ވައިގަދަވާނެ، ރާޅުގެ އުސްމިން 8 ފޫޓަށް އުފުލޭނެ: މޫސުމާ ބެހޭ ގައުމީ އިދާރާ

23 އޮކްޓޯބަރު 2025
ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވަރަށް ވައިގަދަވާނެ، ރާޅުގެ އުސްމިން 8 ފޫޓަށް އުފުލޭނެ: މޫސުމާ ބެހޭ ގައުމީ އިދާރާ
17 އޮކްޓޯބަރު 2025

ހޯމަ ދުވަހާ ހަމައަށް މޫސުމް ވަރަށް ބޮޑަށް ގޯސްވާނެ، ސަމާލުވޭ

17 އޮކްޓޯބަރު 2025
ހޯމަ ދުވަހާ ހަމައަށް މޫސުމް ވަރަށް ބޮޑަށް ގޯސްވާނެ، ސަމާލުވޭ
16 އޮކްޓޯބަރު 2025

މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފި

16 އޮކްޓޯބަރު 2025
މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފި
15 އޮކްޓޯބަރު 2025

މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

15 އޮކްޓޯބަރު 2025
މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި
14 އޮކްޓޯބަރު 2025

މޫސުމާ ބެހޭ އޮފީހުގެ އިރުޝާދަށް ވެރިމީހާ ބެލުމެއް ނެތެވެ އެކަމަކު އާންމު މީހާ އެއަށް ތަބާ ވާން ޖެހެއެވެ!

14 އޮކްޓޯބަރު 2025
މޫސުމާ ބެހޭ އޮފީހުގެ އިރުޝާދަށް ވެރިމީހާ ބެލުމެއް ނެތެވެ އެކަމަކު އާންމު މީހާ އެއަށް ތަބާ ވާން ޖެހެއެވެ!
14 އޮކްޓޯބަރު 2025

އޮކްޓޫބަރު 17 އާއި ހަމައަށް މޫސުން ގޯސް، ސަމާލުވެލައްވާ!

14 އޮކްޓޯބަރު 2025
އޮކްޓޫބަރު 17 އާއި ހަމައަށް މޫސުން ގޯސް، ސަމާލުވެލައްވާ!
20 އޯގަސްޓު 2025

ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

20 އޯގަސްޓު 2025
ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި
05 އޯގަސްޓު 2025

ވައިގަދަވެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

05 އޯގަސްޓު 2025
ވައިގަދަވެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް