Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅާ ވެރިން

ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅާ ވެރިންގެ ލިސްޓުގައި ދެކުނު އޭޝިޔާގެ 4 ގައުމެއްގެ ވެރިން

ރިޕޯޓްގައި ހިމެނިފައިވާ 37 ވެރިންގެ ތެރެއިން 17 ވެރިންނަކީ މުޅިން އަލަށް މިރިޕޯޓުން ޖާގަ ހޯއްދެވި ވެރިން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 6 ޖުލައި 2021 | އަންގާރަ 17:16
ޕްރެސް ފްރީޑަމް ޕްރެޑޭޓަރސް ގެލެރީ

ޕްރެސް ފްރީޑަމް ޕްރެޑޭޓަރސް ގެލެރީ

ކޮންމެ 5 އަހަރަކުން 1 އަހަރު "ރިޕޯޓަރސް ވިތައުޓް ބޯޑަރސް"އިން ނެރޭ "ޕްރެސް ފްރީޑަމް ޕްރެޑޭޓަރސް ގެލެރީ" ނުވަތަ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅާވެރިންގެ ލިސްޓުގައި ރާއްޖެ ހިމެނޭ ދެކުނު އޭޝިޔާގެ 4 ގައުމެއްގެ ވެރިން ހިމެނިއްޖެއެވެ.

"ރިޕޯޓަރސް ވިތައުޓް ބޯޑަރސް(އާރުއެސްއެފް)"އިން މިއަހަރު ނެރެފައިވާ ރިޕޯޓްގައި، ނޫސްވެރިންނަށް ހުރަސްއަޅައި، ނޫސްވެރިކަން ނައްތާލުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންގެންދާ 37 ވެރިއެއްގެ ނަން ވަނީ ހިމަނާފައެވެ. މިރިޕޯޓް ނެރޭތާ ވިހި އަހަރަށްވުރެ ގިނަވެފައިވާއިރު މިއަހަރުގެ ރިޕޯޓްގައި ވަނީ ފުރަތަމަ ފަހަރަށް އަންހެން 2 ވެރިއަކު ހިމެނިފައެވެ. އަދި މިއީ ފުރަތަމަ ފަހަރަށް ޔޫރަޕްގެ ގައުމެއްގެ ވެރިއަކުވެސް މިރިޕޯޓްގައި ހިމެނުނު އަހަރެކެވެ.

ރިޕޯޓްގައި ހިމެނިފައިވާ 37 ވެރިންގެ ތެރެއިން 17 ވެރިންނަކީ މުޅިން އަލަށް މިރިޕޯޓުން ޖާގަ ހޯއްދެވި ބޭފުޅުންނެވެ.

"ހުރިހާ ވެރިންނަކީވެސް ނޫސްވެރިކަމުގެ މިނިވަންކަމަށް ސެންސަރޝިޕްގެ ގޮތުން، ނޫސްވެރިން ހިފާ ހައްޔަރުކޮށް ޖަލަށްލައިގެން ނުވަތަ ނޫސްވެރިން އެހެން ގޮތްގޮތަށް މަރާލުމަށްފަހު އެކަމުގެ ޒިންމާ އެވެރިންގެ ބޮލުގައި އެޅިފައިނުވާ ވެރިން." ރިޕޯޓްގައި ބުނެފައިވެއެވެ.

މިރިޕޯޓުން ޖާގަ ހޯއްދަވާފައިވާ ދެކުނު އޭޝިޔާގެ ވެރިންނަކީ ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާން އަދި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ޙަސީއެވެ.

ސްރީލަންކާގެ ހާލަތަށް ބަލާއިރު އެގައުމުގެ ރައީސްކަމަށް 2019 ވަނަ އަހަރު ރާޖަޕަކްސަ ވަޑައިގެންނެވިފަހުން ސެންސަރޝިޕްގެ މައްސަލަ ވަނީ ބޮޑުވެފައިކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. އޭގެ ސަބަބަކީ މިހާރު ވެރިކަމުގައި ހުންނަވައި ކުރައްވާ ކަންކަމާއި، ކުރިން ކުރައްވާފައިވާ ކަންކަމުގެ ސަބަބުކަމަށް ވެދާނެކަމަށް ބުނެފައިވެއެވެ. އަދި ލަންކާގެ ގިނަ ނޫސްވެރިންނަށް މިހާރު އެމީހުންގެ ފުރާނަ އަތްމައްޗަށް ލައިގެން ނޫސްވެރިކަން ކުރަންޖެހިފައިވާކަމަށް ވަނީ ބުނެފައެވެ. އެމަސައްކަތް ކުރާނީތޯ ނުވަތަ ފުރާނަ ނުރައްކަލަށް ހުށަހެޅުމުން ސަލާމަތްކުރާނީތޯ އެމީހުންގެ ހިތުގައި ސުވާލު އުފެދިފައިވާކަމަށް ވަނީ ބުނެފައެވެ.

އިންޑިޔާގެ ހާލަތަށް ބަލާލާއިރު މޯދީގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް މީޑިޔާ މެދުވެރިކޮށް ފެތުރުމުގައި ބިލިއަނަރުންނާއި ވިޔަފާރިވެރިން އަދި ބޮޑެތި މީޑިޔާތައް މޯދީގެ އަތްދަށަށް ލައްވައިގެން އެސިޔާސަތުތައް ފެތުރުއްވުމަށް މަސައްކަތްކުރާ ކަމަށް ރިޕޯޓްގައި ވަނީ ބުނެފައެވެ. އަދި މޯދީގެ ސަރުކާރަށް ފާޑުކިޔާ ނޫސްވެރިންނަށް ޖަލު ހުކުމް އައިސް، އެފަދަ މީޑިޔާތަކާމެދު ފިޔަވަޅު އެޅުމުގެ ފުރުސަތު ބޮޑުކަމަށް ވަނީ ބުނެފައެވެ. އަދި އެފަދަ ނޫސްވެރިންނަށް ބިރު ދެއްކުމުގެ އަމަލުތައް ހިންގަމުން އަންނަކަން ވަނީ ފާހަގަކޮށްފައެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާ މިރިޕޯޓުން ޖާގަ ހޯއްދެވި މިއީ ފުރަތަމަ އަހަރެވެ. މިރިޕޯޓްގައި ހިމެނޭ އަންހެން 2 ވެރިންގެ ތެރެއިން އެއް ވެރިއަކީ އޭނާއެވެ. 2009 ވަނަ އަހަރުން ފެށިގެން ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުގައި ހުންނަވާ ހަސީނާ މިރިޕޯޓަށް އަރާފައިވަނީ، 2018 ވަނަ އަހަރު އަމަލުކުރަން ފަށާފައިވާ ޑިޖިޓަލް ސެކިޔުރިޓީ ގާނޫނަށް ގެނައި އިސްލާހާއެކުއެވެ. އެއިސްލާހާއެކު މިހާތަނަށް އައިއިރު ބަންގްލަދޭޝްގެ 70ށް ވުރެ ގިނަ ނޫސްވެރިންނާއި ބްލޮގަރސް އަށް ވަނީ ދައުވާ އުފުލާފައެވެ.

ހަސީނާގެ އިތުރުން ދެން މިލިސްޓުން ޖާގަހޯއްދަވާފައިވާ އަންހެން ވެރިއަކީވެސް އޭޝިޔާއަށް ނިސްބަތްވާ ވެރިއެކެވެ. އެއީ ހޮންކޮންގު ގެ ޗީފް އެގްޒެކެޓިވް ކެރީ ލަމްއެވެ. 2017 ވަނަ އަހަރު ހޮންގކޮންގ ގެ ޗީފް އެގްޒެކެޓިވް ކަމަށް ވަޑައިގެން ގެންދަވަނީ ޗައިނާގެ ރައީސް ޝީ ޕިންގގެ ސިޔާސަތުތައް މީޑިޔާ މެދުވެރިކޮށް ފަތުރައްވަމުންނެވެ. އެއާއެކު ކެރީ ލަމް ވަނީ ހޮންގ ކޮންގ ގައި ހިންގަމުން އަންނަ ނޫހެއްކަމުގައިވާ އެޕްލް ޑެއިލީ ބަންދުކޮށް އެ ނޫހުގެ ވެރިޔާ ޖަލަށްލާފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ނަން ރިޕޯޓްގައި ހިމެނޭއިރު އޭނާ ގެންދަވަނީ މީޑިޔާތައް ހިންގުމަށް ހުރަސްއަޅުއްވައި، އެތަންތަން ބަންދުކުރުމުގެ އިންޒާރު ދެމުންކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. އެގޮތުން ޕްރިންޓްކޮށްގެން ބަހަމުންދާ ނޫސް ބެހުން މެދުކަނޑާލަން މަސައްކަތްކުރުމާއި، މީޑިޔާތަކަށް އިޝްތިހާރު ދޭނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންޒާރުދިނުމާއި، ޓީވީ ޗެނަލްތަކުގެ ސިގްނަލް ކަނޑާލުން ފަދަ ކަންކަން ކުރައްވާފައިވާކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

މީގެއިތުރުން ރިޕޯޓް އެކުލަވާލަން ފެށުނީއްސުރެ ރިޕޯޓްގައި ހިމެނޭ ވެރިންތަކެއްވެސް އެބަތިއްބެވެ. އޭގެތެރޭގައި ސީރިޔާގެ ރައީސް ބައްޝާރުލް އަސަދް، އީރާނުގެ ސްޕްރީމް ލީޑަރ ޢަލީ ޚާމަނާއީ، އަދި ރަޝިޔާގެ ރައީސް ވްލަޑްމިރް ޕުޓިން ފާހަގަކޮށްލެވެއެވެ.

އެފްރިކާ ސަރަހައްދުގެ ތިން ވެރިން މި ލިސްޓުގައި ހިމެނޭއިރު، ފުރަތަމަ ފަހަރަށް މިރިޕޯޓްގައި ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ ވަނީ ހިމެނިފައެވެ. އެއީ ކޮވިޑް ޕެންޑަމިކާ ގުޅިގެން އެގައުމުގައި އުފެދިގެން ދިޔަ ހިޔާލު ތަފާތުވުންތަކާއެކުއެވެ. މީގެއިތުރުން ސަޢޫދީގެ ވަލީޢަހުދު ޕްރިންސް މުޙައްމަދު ބިން ސަލްމާންގެ ނަންވެސް ރިޕޯޓްގައި ވަނީ ފުރަތަމަ ފަހަރަށް ހިމެނިފައެވެ.

މިރިޕޯޓްގައި 19 ގައުމެއް ވަނީ ރަތް ކުލައިން ފާހަގަކޮށްފައެވެ. މާނައަކީ އެއީ ނޫސްވެރިކަމުގެ ހާލަތު ގޯސް ގައުމުތަކެވެ. 16 ގައުމެއް ކަޅުކުލައިން ފާހަގަކޮށްފައިވާއިރު އެއީ ނޫސްވެރިކަމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ގައުމުތަކެވެ.

ޕްރެސް ފްރީޑަމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ވެރިކަމަށް އަންނަން މުއިއްޒު ދެއްކުން އޯކޭ. މުއިއްޒު ވެރިކަމުގައި އެހެން މީހުން ދެއްކުން ގޯސް

ވެރިކަމަށް އަންނަން މުއިއްޒު ދެއްކުން އޯކޭ. މުއިއްޒު ވެރިކަމުގައި އެހެން މީހުން ދެއްކުން ގޯސް

20 ސެޕްޓެމްބަރު 2025
މީޑިއާގެ ގާނޫނު އެއްކޮށް ކިޔާފައިވާ އެއްވެސް ނޫސްވެރިއަކާ ދިމާނުވޭ: ރައީސް މުއިއްޒު

މީޑިއާގެ ގާނޫނު އެއްކޮށް ކިޔާފައިވާ އެއްވެސް ނޫސްވެރިއަކާ ދިމާނުވޭ: ރައީސް މުއިއްޒު

20 ސެޕްޓެމްބަރު 2025
ނޫސްވެރިކަން ކޮންޓްރޯލްކުރާ ކޮމިޝަން ބޮއިކޮޓްކޮށް އެމްޖޭއޭއިން އަމިއްލަ ނިޒާމެއް ހަދަނީ

ނޫސްވެރިކަން ކޮންޓްރޯލްކުރާ ކޮމިޝަން ބޮއިކޮޓްކޮށް އެމްޖޭއޭއިން އަމިއްލަ ނިޒާމެއް ހަދަނީ

19 ސެޕްޓެމްބަރު 2025
"ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރި ކޮންމެ ސަރުކާރެއް، ރައްޔިތުންގެ ބާރުގަދަ އަޑުގެ ކުރިމަތީގައި ވަނީ ބަލިވެފަ"

"ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރި ކޮންމެ ސަރުކާރެއް، ރައްޔިތުންގެ ބާރުގަދަ އަޑުގެ ކުރިމަތީގައި ވަނީ ބަލިވެފަ"

18 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު