Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރަންޔޫބީލަށް ޕޯސްޓުން ސްޓޭމްޕެއް ތައާރަފުކުރުން

ފަތުރުވެރިކަމުގެ ރަންޔޫބީލަށް މޯލްޑިވްސް ޕޯސްޓުން ސްޓޭމްޕެއް ތައާރަފުކުރާނެ ކަމަށް އިއުލާންކޮށްފި

ރާއްޖޭގެ ތާރީހުގައި ފާހަގަކޮށްލެވޭ ކަންތައްކަށް ހާއްސަ ސްޓޭމްޕްތައް ހެދުމަކީ މޯލްޑިވްސް ޕޯސްޓުން އަބަދުވެސް ކުރާ ކަމެއް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 6 ޖުލައި 2021 | އަންގާރަ 02:32
މާލޭގައި ހުންނަ މޯލްޑިވްސް ޕޯސްޓްގެ މައި އޮފީސް

މާލޭގައި ހުންނަ މޯލްޑިވްސް ޕޯސްޓްގެ މައި އޮފީސް

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށް، އެކަން ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ސްޓޭމްޕެއް ނެރެން ނިންމާފައިވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަފީގު މުހައްމަދު ވިދާޅުވެއްޖެއެވެ.

ބެލްޖިއަމްގައި ހުންނަ ރާއްޖޭގެ އެމްބަސީން އިސްނަގައިގެން ފަތުރުވެރިކަމުގެ ރަންޔޫބީލްގެ ލޯގޯ ހިމަނައިގެން ޑިޒައިންކޮށްފައިވާ ސްޓޭމްޕް ލޯންޗުކުރުމަށް ކުރިއަށް ގެންދިޔަ ހަފްލާގައި ވާހަކަދައްކަވަމުން އެމްޑީ ޝަފީގު ވަނީ ސްޓޭމްޕަކީ ގައުމެއްގެ ތާރީހާއި، ސަގާފަތާއި، އާދަކާދަ އަދި ގުދުރަތީ ރީތިކަން ދައްކައިދޭ އެއްޗެއް ކަމަށާއި ރާއްޖޭގެ ތާރީހުގައި ފާހަގަކޮށްލެވޭ ކަންތައްތަކަށް ހާއްސަ ސްޓޭމްޕްތައް ހެދުމަކީ މޯލްޑިވްސް ޕޯސްޓުން އަބަދުވެސް ކުރާ ކަމެއް ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާސަބަތާއި ދިމާކޮށް ސްޓޭމްޕެއް ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، 50 އަހަރު ފުރުމުގެ މުނާސަބަތުގައި ހާއްސަ ސްޓޭމްޕެއް ލޯންޗު ކުރާނެ ކަމަށް އެމްޑީ ވިދާޅުވިއެވެ. އަދި ސްޓޭމްޕްގެ ޑިޒައިނާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީއާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި ސްޓޭމްޕްގެ މަސައްކަތްތައް ނިންމައި ޕްރިންޓްކޮށް ޕްލޭންކުރެވިފައިވާ ގޮތަށް ސްޓޭމްޕް ލޯންޗުކުރެވިގެންދާނެ ކަމަށް ޝަފީގު ވިދާޅުވިއެވެ.

މިހަފްލާގައި ވާހަކަދައްކަވަމުން އެމްޑީ ޝަފީގު ވަނީ ސްޓޭމްޕަކީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ރަމްޒުކޮށްދޭ އެއްޗެއްކަން ފާހަގަކުރައްވާ ރަންޔޫބީލް ލޯގޯ އާއި އެކު ލޯންޗުކުރެވިގެން މިދިޔަ ބެލްޖިއަމްގެ ސްޓޭމްޕަކީ ރާއްޖެއާއި ބެލްޖިއަމްއާ ދެމެދު އޮތް ގުޅުން ވަރަށް ރަނގަޅަށް ރަމްޒުކޮށްދޭ އެއްޗެއްކަން ފާހަގަކުރައްވާފައެވެ. އަދި މިއީ ރާއްޖެއާއި ބެލްޖިއަމްގެ ޕޯސްޓަށް ލިބުނު ކާމިޔާބީއެއް ކަމަށާއި ބައިނަލްއަގުވާމީ މިފަދަ މަސައްކަތްތަކުގެ ފައިދާ ރާއްޖޭގެ ޕޯސްޓުގެ ނިޒާމު ފުޅާކޮށް ހަރުދަނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އެމްޑީ ވިދާޅުވިއެވެ.

މޯލްޑިވްސް ޕސްޓް ލިމިޓެޑްއަހުމަދު ޝަފީގު މުހައްމަދު

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ
27 ސެޕްޓެމްބަރު 2025

ޔުނިވަރސިޓީ އޮފް އޮކްސްފޯޑުން ޕީއެޗްޑީ ހާސިލުކުރެއްވި ފުރަތަމަ ދިވެއްސަކަށް ޝައްފާން

27 ސެޕްޓެމްބަރު 2025
ޔުނިވަރސިޓީ އޮފް އޮކްސްފޯޑުން ޕީއެޗްޑީ ހާސިލުކުރެއްވި ފުރަތަމަ ދިވެއްސަކަށް ޝައްފާން
24 މެއި 2023

ޕޯސްޓް ކްލިއަރެންސް އޯޑިޓާ ގުޅިގެން ފިޔަވަޅު އެޅުމުގެ އިޖުރާއަތަށް ބަދަލެއް

24 މެއި 2023
ޕޯސްޓް ކްލިއަރެންސް އޯޑިޓާ ގުޅިގެން ފިޔަވަޅު އެޅުމުގެ އިޖުރާއަތަށް ބަދަލެއް
28 ޖޫން 2022

ޕޯސްޓުގެ ޚިދުމަތް އިތުރަށް ތަރައްޤީކުރަން މަސައްކަތްތަކެއް

28 ޖޫން 2022
ޕޯސްޓުގެ ޚިދުމަތް އިތުރަށް ތަރައްޤީކުރަން މަސައްކަތްތަކެއް
09 އޮކްޓޯބަރު 2021

ރަށްރަށުގައި ކޮމިއުނިޓީ ޝޮޕްތަކެއް ޤާއިމުކުރުމަށް މިދަނީ މަސައްކަތް ކުރަމުން: ޕޯސްޓް އޮފީސް

09 އޮކްޓޯބަރު 2021
ރަށްރަށުގައި ކޮމިއުނިޓީ ޝޮޕްތަކެއް ޤާއިމުކުރުމަށް މިދަނީ މަސައްކަތް ކުރަމުން: ޕޯސްޓް އޮފީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު