Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕޯސްޓް އޮފީސް

ރަށްރަށުގައި ކޮމިއުނިޓީ ޝޮޕްތަކެއް ޤާއިމުކުރުމަށް މިދަނީ މަސައްކަތް ކުރަމުން: ޕޯސްޓް އޮފީސް

ޝޮޕްތައް ޤާއިމުކުރުމަށް ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް ޓީމުތައް ދަނީ ދަތުރު ކުރަމުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 9 އޮކްޓޯބަރު 2021 | ހޮނިހިރު 12:48
ޕޯސްޓް އޮފީސް

ޕޯސްޓް އޮފީސް

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ އީ-ޓުކުރި ލޯކަލްގެ ތެރެއިން ރަށްރަށުގައި ކޮމިއުނިޓީ ޝޮޕްތަކެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރަމުންދާ ޕޯސްޓް ދުވަހާ ގުޅިގެން ރާއްޖެޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެ ކުންފުނީގެ ޑިރެކްޓަރ މުޙައްމަދު އަޙުމަދު ވިދާޅުވީ ކޮންމެ އޮންލައިން ޝޮޕަކުން ވިއްކާ މުދާ ރާއްޖޭގައި އިޝްތިހާރު ކުރެވޭނެ އަދި ފޮނުވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ފައިސާ ބަލައިގަނެވޭނެ ފުރިހަމަ ގޮތްތަކެއް ވެސް ހޯދަމުންދާ ކަމަށެވެ.  

Advertisement - newsAdvertisement

އެގޮތުން ޝޮޕްތައް ޤާއިމުކުރުމަށް ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް ޓީމުތައް ދަތުރު ކުރަމުންދާ ކަމަށާއި މި ޚިދުމަތް ތަޢާރަފުކުރުމާއެކު ރާއްޖޭގެ އުފެއްދުންތައް މީހުންނަށް އެނގި، އެ އުފައްދާ މީހުންނަށް މަންފާ ލިބި، ރާއްޖޭގެ ޕްރޮޑަކްޓްތައް ދުނިޔޭގައި އިޝްތިހާރު ވެގެންދާނެ ކަމަށް ވެސް މުޙައްމަދު ވިދާޅުވިއެވެ.

އެއްތަނުން އަނެއްތަނަށް ސިޓީ ބަދަލުކުރުމަށާއި މުވާސަލާތު ކުރުމުގެ ޚިދުމަތެއްގެ ގޮތުގައި ޕޯސްޓްގެ ޚިދުމަތް ފެށިގެން އައި ނަމަވެސް މިހާރު މި ޚިދުމަތް ފުޅާވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ވެސް މި ޚިދުމަތްފުޅާވެ، އީ-ކޮމަރސްއަށް އައި ކުރިއެރުންތަކާއެކު ކަސްޓަމަރުންގެ ޑިމާންޑް ބޮޑުވެ، ރާއްޖެއަށް ގެނެވޭ މުދަލުގެ އަގު އެއް އަހަރުން އަނެއް އަހަރަށް އިތުރުވެފައިވާ ކަމަށެވެ.

ޕޯސްޓްގެ ޚިދުމަތް ބިނާވެފައިވަނީ މިހާރު އީ-ކޮމަރސްގެ ޚިދުމަތަށް ކަމަށާއި ޕޯސްޓްގެ ޚިދުމަތްތައް ފުޅާކޮށް ކަސްޓަމަރުންނަށް ފަސޭހައިން މައުލޫމާތު ލިބޭނެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.  

ނެޓްވޯކް ބަރޯސާވެފައި އޮންނަނީ ރާއްޖެއިން ބޭރުން ގެންނަ މުދާތަކަށް ކަމަށާއި ކަސްޓަމަރުންނަށް މުދާ ފޯރުކޮށްދިނުމަށް, ކޮވިޑާއި ގުޅިގެން ދަތިވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ޕެންޑަމިކުން އަރައިގަތުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

އެކި ގޮތްގޮތުން ކަސްޓަމަރުންނަށް ޙިދުމަތްތައް ފޯރުކޮށްދޭކަން ފާހަގަކުރައްވާ މުޙައްމަދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް ޚިދުމަތް ފޯރުކޮށްދެމުންދާ ކަމަށެވެ. އެގޮތުން ސަބް ޕޯސްޓް އޮފީހާއި ޕޯސްޓަލް ނެޓްވޯކްގައި ހުރި އެހެން ވަސީލަތްތަކާއި މާލެއާއި ހުޅުމާލޭގައި ހުރި ޕޯސްޓް އޮފީހުން ޚިދުމަތް ފޯރުކޮށްދޭ ކަމަށެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރަމުންދާ ޕޯސްޓް ދުވަހުގެ ޝިޢާރަކީ "އިނޮވޭޓް ޓު ރިކަވަރ" ކަމަށްވާއިރު މިއަދުގެ ހާލަތާއި ޝިޢާރު ވަރަށް ގުޅޭކަމަށް މުޙައްމަދު ވިދާޅުވިއެވެ. އެގޮތުން އައު އީޖާދީ ގޮތްތައް ދެނެގަންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

1906 ވަނަ އަހަރު ރަސްމީކޮށް ޕޯސްޓްގެ ޚިދުމަތް ފަށާފައިވާއިރު ރާއްޖޭގައި މި ޚިދުމަތް ފޯރުކޮށްދެމުން އަންނަތާ މިވަނީ 115 އަހަރުވެފައެވެ.

މޯލްޑިވްސް ޕސްޓް ލިމިޓެޑް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ
24 މެއި 2023

ޕޯސްޓް ކްލިއަރެންސް އޯޑިޓާ ގުޅިގެން ފިޔަވަޅު އެޅުމުގެ އިޖުރާއަތަށް ބަދަލެއް

24 މެއި 2023
ޕޯސްޓް ކްލިއަރެންސް އޯޑިޓާ ގުޅިގެން ފިޔަވަޅު އެޅުމުގެ އިޖުރާއަތަށް ބަދަލެއް
28 ޖޫން 2022

ޕޯސްޓުގެ ޚިދުމަތް އިތުރަށް ތަރައްޤީކުރަން މަސައްކަތްތަކެއް

28 ޖޫން 2022
ޕޯސްޓުގެ ޚިދުމަތް އިތުރަށް ތަރައްޤީކުރަން މަސައްކަތްތަކެއް
09 ސެޕްޓެމްބަރު 2021

ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތަށް މިއަދު 115 އަހަރު

09 ސެޕްޓެމްބަރު 2021
ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތަށް މިއަދު 115 އަހަރު
14 ޖުލައި 2021

ޚިދުމަތްތައް ފުޅާކުރުމާއެކު އީ-ޓުކުރި ކޮމިޔުނިޓީ ފިހާރަ އޮގަސްޓް މަހު ހުޅުވަނީ

14 ޖުލައި 2021
ޚިދުމަތްތައް ފުޅާކުރުމާއެކު އީ-ޓުކުރި ކޮމިޔުނިޓީ ފިހާރަ އޮގަސްޓް މަހު ހުޅުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު