Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕޯސްޓް އޮފީހުން ދެމުންގެންދާ އީ-ޓިކުރީގެ ޚިދުމަތް

އީ-ޓުކުރީގެ މޯބައިލް އެޕްލިކޭޝަން ނޮވެމްބަރ މަހުގެ ނިޔަލަށް ނިމޭނެ

އީ ޓުކުރި ލޯކަލް ޕްލެޓް ފޯމު މެދުވެރިކޮށް މުދާ ގަނެ ވިއްކުމުގެ ޚިދުމަތް ދެމުންގެންދާއިރު ޕޯސްޓް އޮފީސް މެދުވެރިކޮށް އެ މުދާ ޑެލިވަރކޮށްދޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 14 ޖުލައި 2021 | ބުދަ 01:56
މޯލްޑިވްސް ޕޯސްޓް އޮފީސް

މޯލްޑިވްސް ޕޯސްޓް އޮފީސް

މޯލްޑިވްސް ޕޯސްޓު ލިމިޓެޑުން ދެމުންދާ ޚިދުމަތްތަކުގެ ތެރެއިން އޮންލައިންކޮށް މުދާ ގަނެވިއްކުމަށް މަގުފަހިކުރުމަށް އެކުލަވާލާފައިވާ ޕްލެޓް ފޯރމް ކަމުގައިވާ އީ-ޓުކުރީގެ މޯބައިލް އެޕްލިކޭޝަންގެ މަސައްކަތް އަންނަ ނޮވެމްބަރ މަހުގެ ނިޔަލަށް ނިމޭނެކަމަށް މޯލްޑިވްސް ޕޯސްޓުގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އަދުހަމް ވިދާޅުވެއްޖެއެވެ.

ކްލަބް ހައުސް މެދުވެރިކޮށް އެމްޑީޕީ ހަރުގެއިން ކުރިޔަށްގެންދިޔަ ޖަލްސާގައި މޯލްޑިވްސް ޕޯސްޓުން ދެމުންގެންދާ ޚިދުމަތްތަކާއި ކުރިޔަށް ރާވާފައިވާ ކަންކަމުގެ މައުލޫމާތު އަދުހަމް ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން ޕޯސްޓުން ދެމުންގެންދާ ޚިދުމަތްތަކުގެ ތެރެއިން އީ ޓުކުރި ލޯކަލް ޕްލެޓް ފޯމު މެދުވެރިކޮށް މުދާ ގަނެ ވިއްކުމުގެ ޚިދުމަތް ދެމުންގެންދާއިރު ޕޯސްޓް އޮފީސް މެދުވެރިކޮށް އެމުދާ ޑެލިވަރކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އަދުހަމް ވިދާޅުވިއެވެ. މި ޚިދުމަތް އީ ޓުކުރި ޕްލެޓް ފޯމްގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ވިޔަފާރިއަކަށް ވެސް ލިބޭނެކަމަށް އަދުހަމް ވިދާޅުވިއެވެ. އޮންލައިންކޮށް ފައިސާދެއްކުމުގެ އިތުރުން ރާއްޖޭގެ ކޮންމެ ރަށަކަށް މުދާ ޑެލިވަރކޮށްދިނުމާއި ކަސްޓަމަރުންނާ މުއާލަމާތްކުރުމުގެ ކަންކަން މި ޕޯޓަލްގައި ކުރިޔަށްދާނެ ކަމަށް އަދުހަމް ވިދާޅުވިއެވެ.

އަދުހަމް ވިދާޅުވީ މުދާ ޑެލިވަރ ކުރުމުގެ ކަންކަމުގައި ވިޔަފާރިވެރިން އެއްގޮތަކަށް ވެސް ހާސްވާން ނުޖެހޭނެކަމަށާއި އެކަން ޕޯސްޓް އޮފީހުން ކުރަމުންދާނީ ހެޔޮ އަގެއްގައި ކަމަށެވެ.

އަދުހަމް އިތުރަށް ވިދާޅުވީ މިފަދަ ޕްރޮޑަކްޓްތައް ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ޑެލިވަރކޮށްދޭނެކަމަށެވެ. މީގެއިތުރުން ރަށްރަށުގައި އުފައްދާ މިފަދަ ތަކެތި ރާއްޖެއިން ބޭރަށް ވެސް ޑެލިވަރ ކޮށްދޭކަމަށް އަދުހަމް ވިދާޅުވިއެވެ. މި ޚިދުމަތް ޒަމާނީ ވަސީލަތްތަކާ އެއްގޮތަށް ކުރިޔަށް ގެންދިޔުމަށްޓަކައި މޯބައިލް އެޕްލިކޭޝަނެއް ހެދުމުގެ މަސައްކަތްކުރަމުންދާ ކަމަށް އަދުހަމް ވިދާޅުވިއެވެ.

މޯލްޑިވްސް ޕސްޓް ލިމިޓެޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ޕޯސްޓް ކްލިއަރެންސް އޯޑިޓާ ގުޅިގެން ފިޔަވަޅު އެޅުމުގެ އިޖުރާއަތަށް ބަދަލެއް

ޕޯސްޓް ކްލިއަރެންސް އޯޑިޓާ ގުޅިގެން ފިޔަވަޅު އެޅުމުގެ އިޖުރާއަތަށް ބަދަލެއް

24 މެއި 2023
ޕޯސްޓުގެ ޚިދުމަތް އިތުރަށް ތަރައްޤީކުރަން މަސައްކަތްތަކެއް

ޕޯސްޓުގެ ޚިދުމަތް އިތުރަށް ތަރައްޤީކުރަން މަސައްކަތްތަކެއް

28 ޖޫން 2022
ރަށްރަށުގައި ކޮމިއުނިޓީ ޝޮޕްތަކެއް ޤާއިމުކުރުމަށް މިދަނީ މަސައްކަތް ކުރަމުން: ޕޯސްޓް އޮފީސް

ރަށްރަށުގައި ކޮމިއުނިޓީ ޝޮޕްތަކެއް ޤާއިމުކުރުމަށް މިދަނީ މަސައްކަތް ކުރަމުން: ޕޯސްޓް އޮފީސް

09 އޮކްޓޯބަރު 2021
ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތަށް މިއަދު 115 އަހަރު

ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތަށް މިއަދު 115 އަހަރު

09 ސެޕްޓެމްބަރު 2021

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު