Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕޯސްޓް އޮފީހުން ދެމުންދާ ޚިދުމަތްތައް

ޕާރުސަލް ރާއްޖެ އައިކަމުގެ މެސެޖް ޕޯސްޓު އޮފީހުން ކަސްޓަމަރަށް އަންގާނީ އެ ޕާރުސަލެއް ޕޯސްޓް އޮފީހަށް ލިބުމުން

ކޮވިޑް ތެރޭގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ބޭރު ގައުމުތަކުން ލިބެންޖެހޭ ޕާރުސަލްތައް ނުލިބުމުގެ މައްސަލަ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 14 ޖުލައި 2021 | ބުދަ 02:01
މޯލްޑިވްސް ޕޯސްޓް އޮފީސް

މޯލްޑިވްސް ޕޯސްޓް އޮފީސް

ރާއްޖެއިން ބޭރުން އަންނަ ޕާރްސަލް ރާއްޖެއަށް އައިކަމުގެ މެސެޖް ކަސްޓަމަރަށް އެ މުދަލެއް ގަންނަ ފަރާތުން ފޮނުވި ނަމަވެސް ރާއްޖެއަށް ޕާރުސަލް އައި ކަމުގެ މެސެޖް ޕޯސްޓް އޮފީހުން ނުފޮނުވަނީ އެޕާރުސަލެއް ޕޯސްޓް އޮފީހާ ހަމައަށް ނާންނާތީ ކަމަށް މޯލްޑިވްސް ޕޯސްޓުގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އަދުހަމް ވިދާޅުވެއްޖެއެވެ.

ކްލަބް ހައުސް މެދުވެރިކޮށް އެމްޑީޕީ ހަރުގެއިން ކުރިޔަށްގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން އަދުހަމް ވިދާޅުވީ ގިނަ ފަރާތްތަކަކުން އެސުވާލުކުރަމުން އަންނަކަމަށެވެ. ކަސްޓަމަރުންނަށް އެ މެސެޖް ލިބުނަނަމަވެސް ޕާރުސަލް ޕޯސްޓް އޮފީހާ ހަމައަށް ނާންނަނީސް ޕާރުސަލް ލިބުނުކަން އެންގޭނެ ގޮތެއް ނޯންނާނެކަމަށް އަދުހަމް ވިދާޅުވިއެވެ. އަދުހަމް އިތުރަށް ވިދާޅުވީ ކޮވިޑް ތެރޭގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ބޭރު ގައުމުތަކުން ލިބެންޖެހޭ ޕާރުސަލްތައް ނުލިބުމުގެ މައްސަލަކަމަށެވެ. އެހެންނަމަވެސް މިހާރު މަދުމަދުން ޕާރުސަލް ލިބެން ފަށައިފިކަމަށާއި ކުރިޔަށް އޮތްތަނުގައި ބޮޑެތި އެއަރލައިންތަކުގެ ދަތުރުތައް ފެށުމުން މިހާރަށްވުރެ ގިނައިން ޕާރުސަލްތައް ލިބެމުންދާނެ ކަމަށް އަދުހަމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެއިތުރުން ޕޯސްޓު އޮފީހުން ގިނަ ޚިދުމަތްތަކެއް ދެމުންގެންދާއިރު މިހާރު މަސައްކަތް ކުރަމުން އަންނަނީ ސަރުކާރުގެ ހުރިހާ ވުޒާރާތަކުން ދެމުންދާ ޚިދުމަތް ޕޯސްޓް އޮފީހުގެ ތެރެއިން ދެވޭނެ ގޮތެއް ހަމަޖެއްސުމަށްކަމަށް އަދުހަމް ވިދާޅުވިއެވެ. ދެން ކުރަމުންދާ މުހިންމު ކަމަކީ ޕޯސްޓަލް ބޭންކެއް ގާއިމުކުރުމުގެ މަސައްކަތްކަމަށް އަދުހަމް ވިދާޅުވިއެވެ.

އެކަމުގެ ފީސިބިލިޓީ ހެދުމުގެ މަސައްކަތް ކުރިޔަށްދާއިރު މި އަހަރު ނިމެންވާއިރަށް މި ބޭންކުގެ އަމަލީ މަސައްކަތް ފެށޭވަރުވާނެ ކަމަށް އަދުހަމް ވިދާޅުވިއެވެ.

މީގެއިތުރުން 2019 ވަނަ އަހަރަކީ ޕޯސްޓް ލިމިޓެޑަށް ފައިދާވި އަހަރެއްކަމަށާއި ކޮވިޑާ ގުޅިގެން ދިމާވި ދަތިތަކާއެކު ވެސް ދައުލަތަށް ބުރައަކަށްނުވެ ކުންފުނި ހިނގަމުންދާކަމަށް އަދުހަމް ވިދާޅުވިއެވެ.

މޯލްޑިވްސް ޕސްޓް ލިމިޓެޑް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ
24 މެއި 2023

ޕޯސްޓް ކްލިއަރެންސް އޯޑިޓާ ގުޅިގެން ފިޔަވަޅު އެޅުމުގެ އިޖުރާއަތަށް ބަދަލެއް

24 މެއި 2023
ޕޯސްޓް ކްލިއަރެންސް އޯޑިޓާ ގުޅިގެން ފިޔަވަޅު އެޅުމުގެ އިޖުރާއަތަށް ބަދަލެއް
28 ޖޫން 2022

ޕޯސްޓުގެ ޚިދުމަތް އިތުރަށް ތަރައްޤީކުރަން މަސައްކަތްތަކެއް

28 ޖޫން 2022
ޕޯސްޓުގެ ޚިދުމަތް އިތުރަށް ތަރައްޤީކުރަން މަސައްކަތްތަކެއް
09 އޮކްޓޯބަރު 2021

ރަށްރަށުގައި ކޮމިއުނިޓީ ޝޮޕްތަކެއް ޤާއިމުކުރުމަށް މިދަނީ މަސައްކަތް ކުރަމުން: ޕޯސްޓް އޮފީސް

09 އޮކްޓޯބަރު 2021
ރަށްރަށުގައި ކޮމިއުނިޓީ ޝޮޕްތަކެއް ޤާއިމުކުރުމަށް މިދަނީ މަސައްކަތް ކުރަމުން: ޕޯސްޓް އޮފީސް
09 ސެޕްޓެމްބަރު 2021

ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތަށް މިއަދު 115 އަހަރު

09 ސެޕްޓެމްބަރު 2021
ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތަށް މިއަދު 115 އަހަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު