Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަހުމަދު ޝައްފާން މުހައްމަދު

ޔުނިވަރސިޓީ އޮފް އޮކްސްފޯޑުން ޕީއެޗްޑީ ހާސިލުކުރެއްވި ފުރަތަމަ ދިވެއްސަކަށް ޝައްފާން

އުމުރުން 29 އަހަރުގައި ޕީއެޗްޑީ ތީސީސް ނިންމަވާ، ޝައްފާން އޮކްސްފޯޑުން ގްރެޖުއޭޓްވެފައިވަނީ އުމުރުން އެންމެ 30 އަހަރުގަ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 27 ސެޕްޓެމްބަރު 2025 | ހޮނިހިރު 07:13
ޔުނިވަރސިޓީ އޮފް އޮކްސްފޯޑުން ޕީއެޗްޑީ ހާސިލް ކުރި ފުރަތަމަ ދިވެއްސެއްގެ ޝަރަފް ހޯއްދެވި ޑރ.އަހްމަދު ޝައްފާން މުހައްމަދު

ޔުނިވަރސިޓީ އޮފް އޮކްސްފޯޑުން ޕީއެޗްޑީ ހާސިލް ކުރި ފުރަތަމަ ދިވެއްސެއްގެ ޝަރަފް ހޯއްދެވި ޑރ.އަހްމަދު ޝައްފާން މުހައްމަދު

ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އަދި ގަދީމީ ޔުނިވަރސިޓީތަކުގެ ތެރޭގައި ހިމެނޭ އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް އޮކްސްފޯޑުން ޕީއެޗްޑީ ހާސިލުކުރެއްވި ފުރަތަމަ ދިވެއްސެއްގެ ޝަރަފު، ޒުވާން ގާނޫނީ ވަކީލު އަޙްމަދު ޝައްފާން މުޙައްމަދު ހޯދައިފިއެވެ.

އުމުރުން 29 އަހަރުގައި ޕީއެޗްޑީ ތީސީސް ނިންމަވާ، 30 އަހަރުގައި ގްރެޖުއޭޓްވެވަޑައިގެންނެވި ޝައްފާންގެ ދިރާސާއަކީ ކޮޕީރައިޓް ޤާނޫނުގެ ޖިނާއީ މާއްދާތަކާ ގުޅޭ ދިރާސާއެކެވެ. މި ދިރާސާ މިހާރު ވަނީ އޮކްސްފޯޑް ޔުނިވަރސިޓީގެ ރިސާރޗް އާކައިވްގައި ޝާއިޢުކުރެވިފައެވެ.

ޝައްފާންގެ ތަޢުލީމީ ދަތުރު ފެށުނީ ވަރަށް ފާހަގަކޮށްލެވޭ ގޮތަކަށެވެ. އޯ ލެވެލް އަދި އޭ ލެވެލްއިން ރާއްޖެއިން އެއްވަނަ ހޯއްދެވުމަށްފަހު، 2018 ވަނަ އަހަރު ރައީސްގެ ސްކޮލަރޝިޕްގައި އިނގިރޭސިވިލާތުގެ ކިންގްސް ކޮލެޖުން ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލުކުރެއްވިއެވެ. އެ ކޯހުން އެންމެ މަތީ ދަރަޖަ ހޯއްދެވުމާ ގުޅިގެން 2019 ވަނަ އަހަރު ރައީސް ދެއްވާ ޚާއްސަ އިނާމު ވެސް ޝައްފާން ވަނީ ހާސިލުކުރައްވާފައެވެ.

މާސްޓާސް ފުރިހަމަކުރެއްވުމަށްފަހު، 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު 319 ދަރިވަރުންނާ ވާދަކޮށް، އޮކްސްފޯޑް ޔުނިވަރސިޓީން ޕީއެޗްޑީ ކުރުމުގެ ފުރުސަތު ޝައްފާން ހޯއްދެވިއެވެ. ދުނިޔޭގެ އެންމެ ދުވަސްވީ އަދި އެންމެ ޝަރަފުވެރި އެއް ޔުނިވަރސިޓީން މި މަތީ ސަނަދު ހާސިލުކުރެއްވުމަކީ ދިވެހި ޒުވާނުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއްކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.

މިހާރުވެސް ރާއްޖޭގައި އަމިއްލަ ލޯފާމެއް ހިންގަވަމުން އަންނަ ޝައްފާންއަކީ މަޝްހޫރު ވިޔަފާރިވެރިޔާ، އިނަ މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ފިރާގްގެ ދަރިކަލެކެވެ.

900 އަށްވުރެ ގިނަ އަހަރު ވެފައިވާ އޮކްސްފޯޑް ޔުނިވަރސިޓީ އަކީ، އިޓަލީގެ ޔުނިވަރސިޓީ އޮފް ބޮލޯނިއާ އަށްފަހު ދުނިޔޭގެ ދެވަނައަށް އެންމެ ގިނަދުވަސްވީ ޔުނިވަރސިޓީއެވެ. ޖުމްލަ ތަފާތު 39 ކޮލެޖެއްގެ މައްޗަށް އެކުލެވިގެންވާ އޮކްސްފޯޑް ޔުނިވަރސިޓީ އަކީ މުޅި ދުނިޔެއިންވެސް 3 ވަނައަސް އެންމެ އަގުބޮޑު ޔުނިވަރސިޓީއެވެ.

އަހުމަދު ޝަފީގު މުހައްމަދުޔުނިވަރސިޓީ އޮފް އޮކްސްފޯޑްކޮޕީރައިޓް ޤާނޫނުކިންގްސް ކޮލެޖްމުހައްމަދު ފިރާގުއީނާ މޯލްޑިވްސް

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2025

މަސްތުވާތަކެއްޗާއެކު ކާށިދޫ ވަލުތެރެއިން 2 މީހަކު ހައްޔަރުކޮށްފި

21 ސެޕްޓެމްބަރު 2025
 މަސްތުވާތަކެއްޗާއެކު ކާށިދޫ ވަލުތެރެއިން 2 މީހަކު ހައްޔަރުކޮށްފި
29 ޖޫން 2025

ބެންކޮކް އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނޑާލަނީ

29 ޖޫން 2025
ބެންކޮކް އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނޑާލަނީ
27 ޖުލައި 2022

ވީޑިއޯ ގޭމް ކުޅުމަކުން ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރެއް ނުކުރޭ : އައު ދިރާސާ

27 ޖުލައި 2022
ވީޑިއޯ ގޭމް ކުޅުމަކުން ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރެއް ނުކުރޭ : އައު ދިރާސާ
06 ޖުލައި 2021

ފަތުރުވެރިކަމުގެ ރަންޔޫބީލަށް މޯލްޑިވްސް ޕޯސްޓުން ސްޓޭމްޕެއް ތައާރަފުކުރާނެ ކަމަށް އިއުލާންކޮށްފި

06 ޖުލައި 2021
ފަތުރުވެރިކަމުގެ ރަންޔޫބީލަށް މޯލްޑިވްސް ޕޯސްޓުން ސްޓޭމްޕެއް ތައާރަފުކުރާނެ ކަމަށް އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު