Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލަންކާއިން ދިވެއްސަކު ހައްޔަރުކުރުން

ކުޑަކުއްޖަކުލައްވާ ހަށިވިއްކުވި މައްސަލާގައި ލަންކާއިން ހައްޔަރުކުރި ދިވެހި މީހާ 10 ދުވަހަށް ބަންދު

ކުޑަ ކުއްޖަކު ލައްވާ ހަށިވިއްކުވާކަމުގެ ތުހުމަތުގައި ޖުމްލަ 32 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވޭ

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު, ރާއްޖެ އެމްވީ | 5 ޖުލައި 2021 | ހޯމަ 14:14
ސްރީލަންކާ

ސްރީލަންކާ

ކުޑަކުއްޖަކު ލައްވާ ހަށިވިއްކުވި ކަމުގެ ތުހުމަތުގައި ލަންކާއިން ހައްޔަރުކުރި ދިވެހި މީހާ މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ބަންދުކޮށްފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާގޮތުގައި 15 އަހަރުގެ ކުޑަ ކުއްޖަކު ލައްވާ ހަށިވިއްކުވާ ކަމުގެ ތުހުމަތުގައި ޖުމްލަ 32 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވެއެވެ. ދިވެހި ފިރިހެން މީހާ ހައްޔަރު ކޮށްފައިވަނީ ކަސްޓަމަރެއްގެ ހައިސިއްޔަތުން އެ ނެޓްވޯކަށް އެހީތެރިވެދޭކަމުގެ ތުހުމަތުގައެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެކަމުގެ ތެރެއިން ހައްޔަރުކޮށްފައިވާ ދިވެހި މީހާއަކީ ކުރިން ސަރުކާރުތަކުގެ އިސްމަގާމުތަކުގައި އުޅުއްވި ބޭފުޅެކެވެ.

ލަންކާގެ ފުލުހުންގެ ތަރުޖަމާނު އެސްޑީއައިޖީ އަޖިތް ރޯހާނާއާ ހަވާލާދީ ލަންކާގެ ނޫހުގައި ބުނެފައިވަނީ, އޮންލައިންކޮށް ހަށިވިއްކުމުގެ ވަގުފާރި ކުރަމުންދިޔަ ނެޓްވޯކެއްގެ މައުލޫމާތު ލިބުމާ ގުޅިގެން ހިންގި ތަހުގީގެއްގެ ތެރެއިން ކަމަށެވެ. މި މީހުން އަތުލައިގެންފައިވަނީ ދިވެހިންގެ މެދުގައި މަޝްހޫރު އެއް ހޮޓެލް ކަމުގައިވާ މައުންޓް ލެވީނިއާގައި މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.

ތަރުޖަމާނު ވިދާޅުވެފައިވަނީ ފައިސާއަށް ކުޑަކުއްޖާ ވިއްކުމުގެ މުއާމަލާތް ކުރަމުން ދިޔަ މައި ވެބްސައިޓުގެ އިތުރުން، އިތުރު 4 ވެބްސައިޓެއް ވެސް މިކަމުގައި ބޭނުންކޮށްފައިވާ ކަމަށެވެ. ހައްޔަރު ކުރެވުނު މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފައިވަނީ ވެބްސައިޓް ހިންގާކަމުގެ ތުހުމަތުގައި އާދިއްތަ ދުވަހުއެވެ. އެމީހާ ވެސް ވަނީ މި މަހުގެ 19ށް ބަންދުކޮށްފައެވެ.

ހައްޔަރު ކުރެވުނު ހަތަރުވަނަ މީހާއަކީ މައުންޓްލެވޭނިއާގެ މެނޭޖަރެވެ. އޭނާ ހައްޔަރުކުރީ މި އަމަލުގައި ކަސްޓަމަރުންގެ ގޮތުގައި ބައިވެރިވާ ފަރާތްތަކަށް ކޮޓަރި ހަމަޖައްސައިދޭތީއެވެ.

ތަރުޖަމާނު ރޯހާނާ ވިދާޅުވީ މި މައްސަލައާ ގުޅިގެން މިހާތަނަށް 32 މީހަކު ހައްޔަރުކޮށްފައިވާ އިރު، ދިވެހި ފިރިހެން މީހާގެ އިތުރުން އެ ކުޑަކުއްޖާގެ މަންމައާއި، އޮޓޯ ދުއްވާ މީހަކާއި، ކާރު ދުއްވާ މީހެއްގެ އިތުރުން ގަހަނާ ވިއްކާ މީހަކާއި ފާދިރީއެއް ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން ބޯޓެއްގެ ކެޕްޓަނާއި، އެ ބޯޓުގެ ފަޅުވެރިންނާއި، މިހިންޓާލޭ ޕްރަދޭޝިއާ ސާބާގެ ޑެޕިއުޓީ ޗެއަރމަން ވެސް ވަނީ ހައްޔަރުކޮށްފައެވެ.

މީގެ އިތުރުން 3 މީހަކު ހައްޔަރުކޮށްފައިވަނީ ވެބްސައިޓުގައި އިޝްތިހާރު ޖެހި މައްސަލައިގައެވެ. މީގެ އިތުރުން ކުޑަކުއްޖާއެކު ބަދު އަޚުލާގީ އަމަލު ހިންގައި، ރޭޕް ކުރި މައްސަލައިގައި އިތުރު 12 މީހަކު ދެނެގަނެވިފައިވާކަމަށް ލަންކާ ފުލުހުން ބުނެއެވެ.

މި މައްސަލައިގައި އެންމެ އިސްކޮށް އުޅުނު މީހާ މިދިޔަ މަހުގެ 7 ވަނަ ދުވަހު ލަންކާ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ 15 އަހަރުގެ އަންހެން ކުއްޖާ 3 މަސް ވަންދެން އެކި މީހުންނަށް ދީގެން ނަޖާއިޒް ފައިދާ ނަގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ސްރީލަންކާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު